ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި ޓެކްސީތައް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: މިހާރު
11 ޑިސެމްބަރ 2024 - 23:57
ޓެކްސީ ޑްރައިވަރުން މިރޭ ކުރަމުންދާ އިހުތިޖާޖުގައި ދުއްވާ އެއްޗިއްސަށް ހުޅުމާލެ އިން ހައިވޭ އަށް ނޭރޭ ގޮތަށް އަދި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް އެ މަގު ބަންދުކުރި ޓެކްސީތައް ފުލުހުން ޓޯކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުން މިހާރު ވެސް އަންނަނީ ބައެއް ޓެކްސީތައް ޓޯކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި މިހާތަނަށް ވިއްސަކަށް ޓެކްސީ ވަނީ ޓޯކޮށްފަ އެވެ.
ބައެއް ޓެކްސީތަކުން މިރޭ ވަނީ ހުޅުމާލޭގެ ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ސިނަމާލެ ބްރިޖު ކައިރީގައި ޓެކްސީތައް ޕާކްކޮށްފަ އެވެ. އިހުތިޖާޖު ކުރުމުގެ ގޮތުން ޓެކްސީ ޑްރައިވަރުން އެކަން ކުރި ނަމަވެސް އޭގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫވެ، ހުޅުމާލޭގެ ޓްރެފިކަށް ބުރޫއެރި އެވެ.
އެކަން ކޮންޓްރޯލްވީ ފުލުހުން ނުކުމެ، ޓެކްސީތައް ދުރަށް ޖައްސައި ޓޯކުރަން ނިންމި ހިސާބުންނެވެ. ބައެއް ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އެކަމަކު، ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާކުރަމުން ދަނީ މާލެ އާއި ހުޅުމާލޭގައި މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމުގެ ބޭނުމުގައި ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށެވެ. އެކަމަކު، އޭގެ އެއްވެސް އަމަލީ މަސައްކަތެއް ސަރުކާރުން އަދި ނުފަށަ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ޓެކްސީ ޑްރައިވަރުން އެ އިހުތިޖާޖު ފެށީ ދުއްވާ އެއްޗިއްސަށް ހުޅުމާލެއިން ހައިވޭއަށް ނޭރޭ ގޮތަށް އެ މަގު ބްލޮކް ކުރުމަށް ފަހުގަ އެވެ. މަގު ބްލޮކުރީ ޓެކްސީ ޑްރައިވަރުންގެ ކާރުތައް މަގު މެދަށް މަޑުކޮށްގެންނެވެ. ނަމަވެސް، ފަހުން ފުލުހުން ގޮސް ވަނީ ޓެކްސީތައް ދުރަށް ޖައްސުވައި އެ މަގުން ދަތުރުކުރެވޭނެ ގޮތް ހަދައިފަ އެވެ.
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ https://t.co/fZ5r7lHGxy
— Mihaaru (@Mihaarunews) December 11, 2024
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ އެވެ. ޑްރައިވަރުން މި ވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ، ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު އަމީން ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނެ
15 December 2024
ހަފަރާތުން ވެސް ސަރުކާރަށް ތާޢީދު ކުރަން. ތިޔަ ޓެސުކީ ޑްރައިވަރުންނަކީ ނިކަން ރަނގަޅަށް ސައިޒުކުރަން ޖެހިފައިވާ ބައެއް. ދީންވެރި ތަޤްވާވެރި އަޚްލާޤު ރަނގަޅު މާތް ހިތް ހެޔޮ މީހުން އެބަތިބި. އެމީހުންނަށް ދެރަގޮތެއް ނުވާނެ ސަރުކާރާއި ގުޅެންވީ. އިންޝާﷲ.
ކިނާރީ
14 December 2024
ޓެކްސީއަކަށް ، ހުޅުމާލެއަށް ދާން އެރިމީހަކު ބުރިޖް މައްޗަށް ބޭލި ވާހަކަ އަޑު އެހިން ތަ . ސަރުކާރު ޓެކްސީ އަކަށް އެހެން ހަދާކަށް ނުކެރޭނެ . މެދުއުމުރު ގެ އަންހެނަކަށް . އަރާ މީހުން ވެސް އަގަތަޅާ، ޓެކްސީ ޑްރައިވަރުން ނަކީ ވެސް ބޭކާރު ވާހަކަ ދައްކާ ބައެއް . ހިދްމަތް ހޯދަން އަރާ މީހުން ނަށް މަންޒިލަކަށް އަމާން ކަމާއެކު ވާސިލް ކޮށްދިނުން އެއީ އަގު ދައްކައިގެން އަރާ ބަޔަކަށް ކޮއްދޭން ޖެހޭ ކަމެއް .
ޖޭޑްސްކް
12 December 2024
2- ގިނަ ޑްރައިވަރުން ދެކެނީ ޕަސިންޖަރުންނަކީ އަޅުންކަމަށް. ދަތުރު މެދުން، ދަތުރު ނަގަނީ ހިތު ހުރި ގޮތަކަށް. 3- ދަތުރު ރޭޓް ސަރުކާރުން ކަނޑައެޅިޔަސް ރޭޓްތައް ބޭނުން ވަރަކަށް ޗާޖް އެބަކުރޭ. ޚާއްސަކޮށް ބޭރު މީހުންނާއި ހުޅުލޭ ދަތުރުތަކަށް ވަރަށް ތަފާތު ރޭޓްނަގާ. 4- ބައެއް ކާރުތައް ބާކަމުން އަދި ނުތާހިރުކަމުން އިންތިހާ. ވާދަވެރިކަން އައުމުން އެކަން ރަނގަޅު ކުރަން މަޖުބޫރުވޭ. 5- މީ 2024، ޔުނިފޯމް ޑަރައިވާރސް އޭއެކު އެޅި ސްޓޭންޑާރޑް ޓެކްސީ ބޭނުންވޭ
ޖޭޑްސްކް
12 December 2024
މިނޫސް ކޮންފަރެންސް ލައިވްކޮށް ބެލިން. "ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ" މިހެން ބުނި. އެކަމަކު އެއްވެސް ތަފްސީލެއްނުދެވޭ؟ ފާހަގަ ކުރެވޭ ބައެއްކަންކަން. 1- ޓެކްސީ އިތުރު ކުރުމަކުން މާލޭ ސަރަހައްދުގައި ޑްރައިވަރުން ދަރުރު ނުލިބިގެން ތިބެން ނުޖެހޭހާ ބޮޑު ޑިމާންޑް އެބައޮތް.
އަދުރެމެޓިކްސް
12 December 2024
ސަރުކާރުން ވަޔާ ކަނޑާ އެއްގަމު ދަތުރުފަތުރުކުރޭ. ތެލާ، ފެނާ، ކަރަންޓާ، ކާބޯތަކެތީގެ ވިޔަފާރިވެސް ކުރޭ. ސަރުކާރުން ކުރާ ވިޔަފާރިތައް ކުރާ އަމިއްލަ މީހުން އެމީހުންގެ ރިޒުގު ބަންދުވެދާނެތީ މަގުމައްޗައް ނުކުމެ ރައްޔިތުންނަށް ޖެއްސުމެއް ނުކުރޭ. ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމަކީ މިހާރު ޓެކްސީ ކުރާ މީހުން އިހުތިޖާޖުކޮށް އެހެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަންޖެހޭ ކަމެއް ނޫން. ޓެކްސީ ކުރާ މީހުންނަކީ މިހާރުވެސް ހިތުހުރިގޮތަކަށް އެޅޭ ބައެއް.
ކިބަޅި ތޮށިގަޑެއް
12 December 2024
ސަރުކާރުންވެއްޖެ ޓެކްސީތަކުގެ ފެންވަރުވެސް ކަޑައަޅަން. ބާވެގެންގޮސް ކިބަޅިވެފާހުންނަ ޓެކްސީތަކަށް ނުދުއްވޭގޮތްވެސް އެބަޖެހޭ ހަމަޖައްސަން. މާލެއިން-ހ2ކަށް ދާންވީމަ އަންނާނީ ބާވެ އެތެރޭގެ ސީޓުތައް ދާވެގެން ތަތްތެޅިފަ ހުންނަ ޓެކުސީއެއް. ދެންޖެހޭނީ ކެއްކޮށްލައިގެން އިންނަ 20މިނަޓުވަންދެން.
ތަކުރު ...
12 December 2024
ޓޯކުރުމުގެ އިތުރުން ލައިސަންސްވެސް 2 ހަފްތާއަށް ހިފަހައްޓަންވީ.
ތަކުރު ގޯތީ ބަކުރު
12 December 2024
ރަނގަޅު ވާހަކައެއް. އާއްމުންނަށް ދަތިވާގޮތަށް ގަސްތުގަ އިޖްތިމާއީ މިންގަނޑާ ޚިލާފު ކަމެއް ކުރުމުން އަދަބުދެވެންޖެހޭނެ.
ދޮހޮއްތުބެ
12 December 2024
ވަރައްވެސް ރަނގަޅު ކަމެއް .. މިއީ ސަރުކާރުން ރަނގަޅު ފެންވަރެއްގެ ޓެކުސީ ހިދުމަތް ފަށަނަވީ ވަގުތު
ތުނޑުހަސަނު
12 December 2024
އަމާންކަން ނަގާލައި އެހެން ރައްޔިތުންގެ ޙައްގުތަކަށް އަރައިގަނެފައި އެކަމުގެ ނަތީޖާއާ ކުރިމަތިލާން ނުޖެހޭނެކަމަަށް އެއްވެސް މީހަކަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެއް. ތިމާއަށް ލިބިފައިއޮންނަ މިނިވަންކަން ބޭނުންކުރަންވާނީ އަނެކާގެ މިނިވަންކަމަަށް ހުރަސް ނޭޅޭގޮތަށް. އިޙްތިޖާޖުކޮށް މުޒާހަރާ ކުރުމާއި އަމަންނަގާލައި އެހެން މީހުންގެ މިނިވަންކަމަށް ހުރަސް އެޅުން ތަފާތު. މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި މިކަހަލަކަންކަމުގައި ފިޔަވަޅުއަޅަންވާނެ.
ވެންގަބޯ
12 December 2024
ކަލޯ. ޓެކު ސީ. ދެންނުކުންނާނީ މިއައްވުރެ ވަރުގަދަކޮށް އަމީނު އަނގައިން ސަރުކާރުން މިކަން ހުއްޓާލައިދީމޭ ބުނަންދެން ކޮންމެ ރެއަކުވެސް ކުރިޔަށް ގެންދާނެ ޓެކްސީ ޑްރައިވަރުން ނާ ކުޅެންޏާ ސަރުކާރު ދާނީ ބަލިކަށި ވަމުން ޓެކްސީ އާއިލާއަކީ ބޮޑުއާއިލާއެއް އަހަރަމެންނާ ކުޅެން ނޫޅޭތި.
އަހްމަދީދީ
12 December 2024
އަހަރުމެން ރައްޔިތުން ވެސް ކަލޯ މެނާ ދެކޮޅަށް ނިކުންނާނަން. މި ފަހަރު ހުއްޓާލާނީ ކަލޯމެން ސައިޒުކޮށްފަ
ސޮލިހު!!
12 December 2024
އާންމު އުދަގުލެ ތީ!!
އަދިރި އަދިރިން
12 December 2024
ޓެކްސިޑުރައިވަރުންތަ ނޫނީ އާއްމުންތަ ގިނައީ؟؟ އުދަގޫކޮއްގެންނުވާނެ ކިތައްމެ މިހުން ގިނަވިޔަސް
ޏުވާނެ
12 December 2024
ނުވާނެ ނުކުރެވޭނެ. އައިލާކިޔާނަމަ ރާއްޖޭގައި ޖުމްލަ އޮތީ މައިގަނޑު 1200 ވަރަކަށް އާއިލާ. ބަލާ އޭގެ ތެރެއިން 200 އާއިލާއަކީ ޑްރައިވާރސް އާއިލާކަމަށް. ތިމީހުންގެ ހައްގުގަ ބާކީ 1000 އާއިލާ މިސަރުކާރުން ގުރުބާން ނުކުރާނެ.
ދަލޭކަ ދައިތަ
12 December 2024
ކަލޯ ހަމައިން ނެއްޓުނީމަ ކިޔޭ ނުކިޔޭ ނޭނގޭނޭ މީހުންބުނޭ، ހޭވެރިކަންވީމަ ކިޔުނު މޮޔަހީވާނެޔޯ!! ހަމައިގަ ހުރެ ކޮމެންޓް ކުރާނީ. ނޫނީ ކޮމެންޓް ފޮނުވާ ނުލާ މަގުމަށްޗަށް ފޯނު ހޫރާ ލެވިދާނެ.