މީހަކު ހައްޖަށް ފުރުމުގެ ކުރިން އެއާޕޯޓްގައި އާއިލާއާ ބައްދަލުކުރަނީ: މި މަސް ތެރޭ 5،000 އަށްވުރެ ގިނަ މީހުން އުމްރާއަށް ފުރާ - ފޮޓޯ: ނިޝާން އަލީ / މިހާރު
15 ޑިސެމްބަރ 2024 - 11:55
ފަހުގެ ތާރީހެއްގައި އުމްރާގެ އަޅުކަމަށް ރާއްޖޭން އެންމެ ގިނަ މީހުން ފުރާ އެއް މަހަށް މި ޑިސެމްބަރު ވެއްޖެ އެވެ.
"މިހާރު" އަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާ ހަމައަށް ރާއްޖޭން 5،796 މީހުން އުމްރާއަށް ފުރާނެ އެވެ.
ޑިސެމްބަރު މަހުގެ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އުމްރާއަށް ދެ އެވެ. މީގެ ކުރިން ބައެއް މަސްމަހު 4،000 އަށް ވުރެ ގިނަ މީހުން ވެސް އުމްރާއަށް ގޮސްފައިވެ އެވެ. އެކަމަކު މި މަހުގެ އަދަދު އާންމުކޮށް ދާ އަދަދަށް ވުރެ ގިނަ އެވެ. އެހެންވެ މިއީ ރެކޯޑް އަދަދެކެވެ.
ވެލާނާ އެއާޕޯޓުން އުމްރާވެރިން ފުރުމުގެ ތާވަލުން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ފުރާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު ހަތް ފްލައިޓުން 1،243 މީހުން ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭން މީހުން އުމްރާއަށް ގެންދަން ގިނަ ގްރޫޕްތަކަކުން ހިދުމަތް ދެމުންދާއިރު، ދިވެހި ޒުވާނުން އުމްރާއަށް ދާ މިންވަރު މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އުމްރާގެ ދަތުރުތަކުގެ އަގު މިހާރު ނިސްބަތުން ބޮޑެއް ނޫނެވެ. ގިނަ ކުންފުނިތަކުން ޑިސެމްބަރުމަހު 15 ދުވަހުގެ އުމުރާ ދަތުރަކަށް މީހަކަށް އެވްރެޖުކޮށް 29،500ރ. ނަގާއިރު މި އަގު ރޯދަ މަހު ބޮޑުވެ އެވެ.
ކުޑަކުދިންނަށް ހާއްސަ އަގުތައް ވެސް އެކި ގްރޫޕްތަކުން ހަމަޖައްސާފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސާނާ
16 December 2024
މިއަށް ވުރެ މާ ގިނވާނެ ދާ އަދަދު
ސުރިމް
16 December 2024
ޑޮލަރު މައްސަލަ ހައްލު ވޭތޯ ގެފުޅަށްގޮސް ދުއާކުރާތި!
ދަލޭކަ ދައިތަ
15 December 2024
އަޅުކަން ކުރާމީހުންވެސް ވަނީ ގިނަ، ހަރާމެއްހަލާލެއް ނުބަލައި ކާމީހުންވެސް ވަނީ ގިނަ. ކިހިނެއްބާ މިވަނީ؟ މުސްލިމުންނަށް ހެޔޮއެދި އާދޭސްކުރާމީހުންވެސް މަދެއްނޫން. މަދުންނޫނީ ނުފެނޭ އާއިލީ ގުޅުމާ މައިންބަފައިންނަށް އަޅާލާ ބަޔަކު؟ ކިހިނެއްބާ މިވަނީ؟؟
މަބުނޫ
15 December 2024
ގްރޫޕަށް ދައްކާ 30ހާސްރުފިޔާއާ ކޮންމެ މީހަކަށް ކޭޝް 500އާ އެކު ބޮލަކަށް 2500 ޑޮލަރު. 14 މިލިއަނެއްހާ ޑޮލަރު ބޭރުވީ. ޑޮލަރުނެތީ ދައުލަތުގަ. އާއްމުންއަތުގައި ހުރީ.
ސައުޑީ
15 December 2024
ސައުދީ އާއި އެއްކޮށް ރުފިޔާ ދީގެން އުމްރާއަށް ދެވޭގޮތް ހަދަން ޖެހޭ! އެ މީހުން މިހާުރު އެކަން ކުރަނީ ބޮޑު ވިޔަފާރިއެއްހެން، ގެފުޅު ވަށައިގެން ހުސް ފިހާރަތައް
ވާންޗޯބެ
15 December 2024
މިކަން އެބަޖެހޭ ހުދޫދެއްގެ ތެރޭ ގެންގުޅެން ، އެކަކު ހަރަކު 20 ފަހަރު އެބަދޭ ސައުދީ އަށް އުމްރާޢޭ ކިޔާފަ.
ބާބް
15 December 2024
ތިހާ ގިނަބަޔަކު ދާއިރު ސަރުކާރުން ކޮންމެ ފަސިންޖަރަކަށްދޭ 500 ޑޮލަރު ހޯދަން ގަނަތެޅެން ޖެހެނީ. މާލޭގެ 2 ބެންކާއި ހުޅުމާލެ ބެންކާއި ވިލިމާލެ ބެންކުން ޑޮލަރު ދޫކުރެޔޯ. މިއަދުވެސް 9 ޖެހިއިރު ބަލާލިއިރުވެސް ހުރިހާ ތާކުންވަނީ ނަންބަރު ހުސްވެފައި. އަހާލީމަ ބުނަނީ 40 ނަމްބަރޯ ދުވާލަކު ދޫކުރަނީ. ޑޮލަރު ނަގަން ދީފައި އޮންނަނީ މާދިގު މުއްދަތަކަށް ނުވުމުން ގިނަބަޔަކު މިތަކްލީފުގައި އެބައުޅޭ. ތަންކޮޅެއް ގިނަ ނަންބަރު މިދުވަސްވަރު ދޫކުރިޔަސް ފާފަވެރި ނުވާނެ.
އައިސަން
15 December 2024
ބަލަ އެއީ މުބާރާތެއްތަ؟
ތެދު ޓެކް
15 December 2024
އުމްރާ އައް ދާން ހާދަ ލާރި އެކޭ ގުރޫޕު ތަކުން އެ ނަގަނީ.
ބަރަދު
15 December 2024
ކުރަން ޖެހޭ ޙަރަދު އިނގިލައްވާތޯ؟
ތެދު ޓެކް
15 December 2024
ލައްބަ އެގޭ.
އަމިއްލައަށް
16 December 2024
ދެކޮޅު ޓިކެޓްގެ އަގު ލައިގެން ރަގަޅު ޙޮޓެލްގައި ހުރެ އުމުރާގެ އަޅުކަން އަދާކުރަން އަތުން ދިޔައީ ޖުމުލަ 14649ރ . އަމިއްލައަށް ދިއުމަށް އަޅުގަނޑު ޒުވާނުންނަށް ގޮވާލަން!
ކޮސް
15 December 2024
ބޯކޮށް ޑޮލަރު ލިބެންފެށީތާ!
ޖުބި
17 December 2024
ސައުދީއަށް ލިބޭ