ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު ހދ. ހަނިމާދޫގައި.-- ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
16 ޑިސެމްބަރ 2024 - 11:13
ރާއްޖޭގައި ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ހދ. ހަނިމާދޫގައި ލެބޯޓަރީއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ މި އަހަރު ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ރުކުމަޑީގެ ބާވަތެއް ކޮންޓްރޯލް ކުރުމަށް ތިމާވެއްޓާ ރައްޓެހި، އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެހީތެރިކަން ދިނުން ކަމަށެވެ.
ރާއްޖޭގެ ރުއްތަކަށް ގެންލުންދޭ ސޫފާސޫފީގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ސޫތްޕަކީ ކޮކޮނަޓް ހިސްފިޑް ބީޓްލް ނަމަކަށް ކިޔާ ރުކުމަޑީގެ ބާވަތެކެވެ.
ޗައިނާ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ބާވަތުގެ ރުކުމަޑިއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ހާއްސަ ލެބޯޓަރީއެއް ހަދާނެ އެވެ. އަދި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށްދިނުމަށް ހާއްސަ މަޝްރޫއެއް ހިންގަން ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް)އާ ޗައިނާގެ ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Experts from the Chinese Academy of Tropical Agricultural Sciences (CATAS), in collaboration with the Ministry of Agriculture and Animal Welfare (MOAAW), visited HA. Maafahi Island to explore efforts in establishing a biological control program to combat the Coconut Hispid… pic.twitter.com/G2PcrolsZd
— Ministry of Agriculture and Animal Welfare (@MAAWmv) December 14, 2024
މިނިސްޓްރީން ބުނީ އެ އިންސްޓިޓިއުޓްގެ ހަތަރު ޕްރޮފެސަރުން މިދިޔަ ބުދަ ދުވަހު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
އެ ދަތުރުގެ މަގުސަދަކީ، މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ހެދުމުގެ އެންމެ ފަހުގެ ދިރާސާތައްކޮށް، ލެބޯޓަރީ ހަދަން ކަނޑައަޅާ ސަރަހައްދު ބަލައި، އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އަދި ވީހާ ވެސް އަވަހަކަށް މަސައްކަތް ފެށުމަށް ތައްޔާރުވުމެވެ.
ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު ހދ. ހަނިމާދޫގައި.-- ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
މި ލެބޯޓަރީ ހަނިމާދޫގައި ހަދަން ނިންމީ އެ ރަށުގައި ހުންނަ އެގްރިކަލްޗަރަލް ސެންޓަރުގައި މި ލެބޯޓަރީ ހަދާނެ ޖާގަ އޮތުމާއި މި ވަގުތު މި މަސައްކަތް އެންމެ އަވަހަށް ފެށޭނީ އެތަނުގައި ކަމަށް ފެންނާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު މިހާރު ތިއްބެވީ ހަނިމާދޫގަ އެވެ.
"މި ޓީމުން ހަނިމާދުއަށް ކުރާ މި ދަތުރުގައި މިއަދު ވަނީ ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލްތަކާއި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާ ބެހޭ މުހިންމު ފަންނީ މައުލޫމާތުތަކެއް މިނިސްޓްރީގެ ފަންނީ މުވައްޒަފުންނާއި ހިއްސާކުރައްވައިފަ އެވެ،" މިނިސްޓްރީން ބުންޏެވެ.
ކަޓާސްގެ މާހިރުންނާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ފަންނީ މުވައްޒަފުން ވަނީ ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާ ހއ. މާފައްސަށް ވެސް ވަޑައިގެންފަ އެވެ. އެއީ، ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް މާފަހީގައި މިހާރު ފަށާފައިވާ ބަޔޮލޮޖިކަލް ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތް ބަލައި މައުލޫމާތު ބަދަލުކުރުމަށް ކުރި ދަތުރެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަސަލަސް
16 December 2024
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައިނހައްދާ މޭވާކޮޅު ވަގަށް ކާންއުޅޭ ވާލު މަދުކޮށްދެބޭނެ ސަރުކާރަކަށް މިސަރުކާރު ވާނެކަމަށް ހީކުރަން ފޯއްމުލަކުގައި ވާލު ގިނަވީމާ ކޮންޓްރޯލު ކޮށްދެއްވި ގޮތަށް ހުރިހާ ރަށެއްގައި މި ޕްރގުރާމް ހިންގަން ޖެހޭ
ފެސިލިތީ
16 December 2024
ކޮބާތޯ ރުކުމަޑީގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމުއްޔާތައް.... ރުކުމަޑި ފެސިލިޓީއެއް ހަދަމާހިގާ
ވާންޝޭ
16 December 2024
ރުކުމަޑި އުޅެންވާނެ ، އެސޮރުމެނަށް ގޯނަ ނުކުރާތި ، ކަލޭމެން އެކަނިތަ މި ދުނިޔޭގަ އުޅެންވީ ؟
އޮނަރަބްލް އަފީފު ދީދީ
16 December 2024
އަސްތާ..!! ކީއްވެގެންތޯ ތިތަން މާތްވެގެންވާ މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލޭގައި ނުހެދީ!؟ ވެދާނެ ލެބޯޓަރީގެ ނަންބޯޑު ހަނިމާދޫގައި ބަހައްޓާފައި ހުރިހާ މެޝިން ތަކާއި މުވައްޒިފުން އަދި ލެބޯޓަރީގެ މަސައްކަތް ވެސް ކ.މާލޭގައި ހުންނަ ތަނަކުންނކުރާގޮތަށް ތިކަން ކުރަނީ ކަމަށްވެސް. އޭރުން ހަނިމާދޫ ރުކުގައި އޮންނަ މަޑިގެ ސާމްޕަލް ނަގައިގެން އެރަށަށް ފޮނުވީމާ ކ.މާލޭގައި ހުންނަ ލެބޯޓަރީން ޓެސްޓް ހަދާގޮތަށް ކުރިކަމަކަށް.
ހަމްދާ
16 December 2024
ކީކޭދެން ބުނާނީ
ހެކިނެސް
16 December 2024
ރައްކުމަޑި ކޮންޓޯލް ކުރަން ތިޔަ ފެލިލިޓީއަށް ފޮނުވަންތަ ޖެހެނީ. ދަބަރަށް ވާން އަނެއްކާވެސް ފެސިލިޓީއެއް އަޅާލީދޯ. ބަންކަރިން ފެސިލިޓީއަށް ވީގޮތަށް
ރާވެރިބޭ
16 December 2024
ރުކުމަޑި؟ މިހާރު މަޑި ނޫޅޭދެއްތޯ. މިހާރު އާންމު އުނދަގުލަކައްވެ ކޮންޓްރޯލްކުރަން ޖެހިފައިވަނީ ޑްރަގް ވަބާ ދުންފަތް ވައްކަންކުރުން މަކަރާއިހީލަތުން މިސްތަކުންގެ އެކައުންޓްގައި ހުންނަ ފައިސާ ފޭރުން ދައުލަތުގެ ފައިސާއާއި މިލްކިއްޔާތުން އެކިގޮތްގޮތުން ހިޔާނާތްތެރިވުން، މިހިރަ ބޮޑަތިކަންކަން ތިޔަބައިމީހުންގެ ކެމެރާއަށް އަރާނީ ކިހިނެއް ހެދީމައި. ރުކުމަޑިކޮންޓްރޯލްކުރުން އެއީ ބައެއް ރައްޔަތުންގެ ބޮލަށް ޖަހާ ސިޕެއްހެންހީވަނީ