އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ހުސައިން މުހައްމަދު ދީދީ، ސްޓެއްލާ/ ޏ. ފުވައްމުލައް
28 ޑިސެމްބަރ 2024 - 20:42
އުމްރާއަށް ދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ޔަލަމްލަމް ގުރޫޕާއެކު މައްކާ އަށް ދިޔަ އުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީ، ސްޓެއްލާ/ ޏ. ފުވައްމުލަކު އެވެ.
ޔަލަމްލަމް ގުރޫޕުން ބުނީ، އޭނާ އުމްރާގެ އަޅުކަމަށް ގޮސްފައިވަނީ އިއްޔެ މެންދުރު ފަހު އުމްރާއަށް ދިޔަ އެ ގުރޫޕުގެ އުމްރާވެރިންނާއެކު ކަމަށެވެ.
އޭނާ ގެއްލިފައިވަނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރިފަހުން ކަމަށް ޔަލަމްލަމް ގުރޫޕުން ބުނެފައިވެ އެވެ.
ހުސައިން މުހައްމަދު ދީދީ ގެއްލުނުއިރު އޭނާ ހުރީ އިހުރާމުގައި ކަމަށާއި ކަރުގައި ޔަލަމްލަމް ގުރޫޕުގެ ފާސް ވެސް އަޅާފައި އޮތް ކަމަށް އެ ގުރޫޕުން ބުންޏެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ނަމަ މައްކާއިން 565836862 966+ / 593709493 966+ ނަންބަރު ނުވަތަ ރާއްޖެއިން ނަމަ 9199919 / 7901612 އިން ނަންބަރަކަށް ގުޅައި ހިއްސާކުރުމަށް އެ ޖަމާއަތުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުއަލޯ
29 December 2024
ޖީޕީއެސް ޓެގު ދީބަލަ...