އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ހުސައިން މުހައްމަދު ދީދީ، ސްޓެއްލާ/ ޏ. ފުވައްމުލައް
28 ޑިސެމްބަރ 2024 - 23:35
އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ހުސައިން މުހައްމަދު ދީދީ މިރޭ ސްޓެއްލާ/ ޏ. ފުވައްމުލަކު ފެނިއްޖެ އެވެ.
އިއްޔެ މެންދުރު ފަހު އުމްރާގެ އަޅުކަމަށް ދިޔަ ހުސައިން މުހައްމަދު ދީދީ ގެއްލިގެން ހޯދަން ފަށާފައިވަނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރަމުން ދަނިކޮށެވެ.
ޔަލަމްލަމްގެ ހަވާލުގައި އުމްރާއަށް ދިޔަ ހުސައިން މުހައްމަދު ދީދީ ފެނުނީ ހެޔޮ ހާލުގައި ހުއްޓާ ކަމަށް އެ ގުރޫޕުން މިރޭ ބުންޏެވެ.
އެ ގުރޫޕުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy