08 ޖެނުއަރީ 2025 - 18:11
ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި ތިބޭނެކަމުގެ ޔަގީންކަން އިންޑިއާ އިން ދީފި އެވެ.
އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާ މިއަދު ބައްދަލުކުރައްވައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގް ވިދާޅުވީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.
މިގޮތުން، އެމްއެންޑީއެފް ގާބިލުކަން އިތުރު ކުރުމަށްޓަކައި ތަމްރީނުގެ ފުރުސަތުތަކާއި އަސްކަރީ އާލަތްތައް ޒަމާނުއްސުރެން ފެށިގެން އިންޑިއާއިން ފޯރުކޮށްދެމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ބާރުމިނުގައި ކުރިއަށް ދިޔުމަކީ ވަރަށް ވެސް މުހިންމު ކަމެއް. އިންޑިއާއިން ރާއްޖެ އަދި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގައި އެކި މަޝްރޫއުތަކާއި އާލަތްތަކާއި ތަމްރީނުގެ ހަރަކާތްތަކުގެ ތެރެއިން އެއްބާރުލުން ދެމުން ގެންދާނެ،" ސިންގް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން. --ފޮޓޯ: ޑިފެންސް މިނިސްޓްރީ
އަސްކަރީ ދާއިރާގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ވެސް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ޣައްސާން އިންޑިއާ އަށް ވަޑައިގެން އަސްކަރީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާތައް ކުރައްވާފައި ވާއިރު، މި ސަރުކާރުގެ ވައުދާ އެއްގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ވަނީ ފޮނުވާލައިފަ އެވެ.
މިއީ ސަރުކާރުގައި ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ރާއްޖެ އާއި އިންޑިއާގެ މަޝްވަރާތަކުގައި، އެއްބަސްވެފައި ވަނީ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިންގެ ބަދަލުގައި އެ އުފެއްދި ކުންފުނީގެ މުވައްޒަފުން ގެނައުމަށެވެ. އެ ހެލިކޮޕްޓަރުތައް ހަދާފައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސަރުކާރުގެ ކުންފުންޏަކުންނެވެ. އެހެންވެ، ދެ ގައުމުން އެއްބަސްވި ގޮތަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމަށްޓަކައި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ކުންފުނީގެ މުވައްޒަފުންނެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގަތްފާނު
08 January 2025
ނަމަނަމަ ހެލިކޮޕްޓަރެއް ދިނަސް ނާތުލާތި.
ސަނާ11
08 January 2025
ކޮބައިތަ ސަނާކިޔާ ކުރުކޮމެންޓްތައް ކުރަން އިންނަ ބޮޓު. އަދި ޚަބަރެއް ނުވޭ.
ރާވެރިބެ
08 January 2025
އެހެންވީމަ އިންޑިއާއާ ދުރަކަށް ދުވަހަކު ވެސް ނުދެވޭނެ ކަން ދަންނަން ޖެހޭ. އިންޑިއާ އެއީ ބެސްޓް ފްރެންޑް އެންޑް ވައިފް. އެހެން ފަރާތަކަށް މިހެން ބަލާލެވުނަސް އެގެން ޖެހޭނެ އިންޑިއާ އާ މަސްއަލަ ޖެހިގެން ނުވާނެ ކަން.
ޙުސޭނުބެއްޔާ
08 January 2025
ދިވެހި ރައްޔިތުން ތިޔަ ބޭނުނެއް ނުވޭ! އިންޑިޔާގެ މަކަރުވެރި ރޭވުން އެންމެނަށް އިނގޭ!
ޖޒބސވ
08 January 2025
ބޭނުމެއްނޫން އަލުން ފައިދަށުވާކަށް. އަދިކިރިތާ ތިޔަ ހެލިކޮތަޅަކުން މިސަލާމަތްވެވެނީ...30 އަހަރު. ދެންގެންނަންވާނީ އަމިއްލަ މިނިވަންކަން އޮންނަގޮތަށް
ގުނބޯލުން
08 January 2025
"ރާއްޖެ އާއި އިންޑިއާގެ މަޝްވަރާތަކުގައި، އެއްބަސްވެފައި ވަނީ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިންގެ ބަދަލުގައި އެ އުފެއްދި ކުންފުނީގެ މުވައްޒަފުން ގެނައުމަށެވެ. އެ ހެލިކޮޕްޓަރުތައް ހަދާފައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސަރުކާރުގެ ކުންފުންޏަކުންނެވެ." ދެން ދިވެހި ރައްޔިތުންނަކީ ގުނބޯލުންތޯ؟
ސަސި
08 January 2025
ޤާޢުމު ކުޑަޔަސް ބުލީއެއް ނުކުރެވޭނެ
ބީޖޭޕީޕީއެމް
08 January 2025
އިން އައުޓް.
ރަދީފު ބިން ރަފައިދާ
08 January 2025
މިތަނުގެ ސަލާމަތަށްޓަކާ ޔުނަިފޯމު ބޭލި ސިފައިންކޮޅެއްވެސް ބޭނުން. އަދި އަޑިނުފެންނަ ގިނަ ޑީލުތަކެއްވެސް ހެދުން މުހިއްމު.