ލ. އަތޮޅުގައި މިހާރު ހިންގާ ހަމައެކަނި ރިސޯޓް ސިކްސް ސެންސް ލާމް: އެ އަތޮޅުގައި އިތުރު ދެ ރިސޯޓް ތަރައްގީ ކުރަން މިހާރު ވަނީ ހުޅުވާލާފައި.
13 ޖޫން 2016 - 20:41
ބޭރުގެ ކުންފުނިތަކުން މިއަހަރު ރާއްޖޭގައި 339.2 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) އިންވެސްޓްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން މަހަކު އެއް ފަހަރު ނެރޭ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކުންފުނިތަކުން ރާއްޖޭގައި ކުރި އިންވެސްޓްމަންޓްގެ އަގު އުޅެނީ 323.9 މިލިއަން ޑޮލަރުގަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެ އަދަދު އުޅެނީ 333.4 މިލިއަން ޑޮލަރުގަ އެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިޒަމް ދާއިރާ އެވެ.
ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި އެމްއެމްއޭ ބަލަނީ ރާއްޖޭގައި އިންވެސްޓްކުރާ ކުންފުންޏެއްގައި ބޭރު މީހެއްގެ މަދުވެގެން ދިހަ ޕަސެންޓް ހިއްސާއެއް އެކުލެވޭނަމަ އެވެ.
ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ގިނައިން އިންވެސްޓްކުރަމުން އަންނަނީ ޓޫރިޒަމް ދާއިރާގަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ތެރޭގައި ދިހަ ވަރަކަށް ރިސޯޓް އަލަށް ހުޅުވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފ
14 June 2016
ބޭރުގެ އިންވެސްޓުތަކުން ރާއްޖެޔަކަށް ރައްޔިތުންނަކަށް މާބޮޑު ފައިދާއެއްނުވޭ، އަތުގަ ހޭކެންޏާ ދަތުގައިވެސް ހޭކޭނެ ބީދައިން އެތިކޮޅެއް ފަހަރުގައި ބަޔަކަށް ލިބިދާނެ މާބޮޑު ފައިދާއެއްނުވޭ!
ކޮލަމާފުށި
14 June 2016
ތީގެ ދެބައިކުޅައެއްބައި ކާާލާ....
އިބޫ
14 June 2016
ބޭރުގެ %10 ހިއަސާ އޮތުން އެއީވެސް ދެން ބޭރުގެ އިންވެސްޓްމެންޓްތަ؟
ޝިފާގު
13 June 2016
ތިޔަބުނާ 300 މިލިޔަން ޑޮލަރަކީ ފޮރިން އިންވެސްޓްމަންޓެއް ނޫން. އެއީ ފޮރިން އިންވެސްޓްމަންޓެއް ރަޖިސްޓަރީ ކޮށްފައި ދިވެހި ކުންފުނިތަކުން ދަރަންޏަށް މުދާނަގައިގެން ފައިސާ ނުދައްކާ ރިޒޯޓު ހަދައިގެން ހިންގާ ޖަރީމާ. ހެހެހެ. މަހީހީހީ ހަލާކު
އުމަރު
13 June 2016
އުއްމީދުކުރަނީ އެކަމަކު ރާއްޖެ އޮތީ ދުނިޔޭގެ ހުރިހައި އިންޝުއަރެންސް ކުންފުނިތަކާއި ބެންކުތަކުގައި ބުލަކް ލިސްޓުވެފައި، ތިވާނީ ސަރުކާރުން ގެރެންޓީދީގެން ޗައިނާއިން ސަރުކާރުގެ ވެރިންނާއި ގުޅިގެން ހިންގާ ޕްރޮޖެކްޓްތަކަކަށް
އިބްރާހީމް
14 June 2016
ތިބުނާ ހުރިހާ ބްލެކްލިސްޓެއްގެ ތެރެއިންވެސް މިފަދަ އިންވެސްޓްމަންޓްތައް އައުމުން އެނގެނީ މިޤައުމު ވަނީ އަމިއްލަ ފައިމައްޗަށް ހިންދެމިލާފަކަން. އަސަރުކުރޭތަ؟