ޔުނައިޓެޑް ވިކްޓަރީ އަށް އެންމެ ފަހުން ކުޅުނު ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ކޮރޮއޭޝިއާގެ އީވާން އާއި ސާބިއާގެ މިލޯސް: އެ ކްލަބަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ވިސާގެ މައްސަލާގައި 30،000ރ. ދައްކަން ސިލިލް ކޯޓުން ވަނީ ހުކުމްކޮށްފަ
12 ޖެނުއަރީ 2025 - 09:41
ޓޫރިސްޓް ވިސާގައި ބިދޭސީ ކުޅުންތެރިންގެނެސް ގަވާއިދާ ހިލާފުވި މައްސަލައިގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 30،000ރ. ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ބިޒްނަސް ވިސާގައި ބިދޭސީ ކުޅުންތެރިން އެ ކްލަބަށް ގެނައުމަށް ފަހު، އެ ވިސާގެ މުއްދަތު ހަމަވި އިރު ވެސް ވިސާ އާކޮށްފައި ނުވާ ކަމަށެވެ. އަދި ވިސާގެ މުއްދަތު ހަމަވި ފަހުން ވެސް އެ ކުޅުންތެރިން ރާއްޖެއިން ފުރުވާލާފައި ނުވާކަމަށް ވެސް އިމްގްރޭޝަނުން ކުރި ދައުވާގައި ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އެބައޮތް ކަމަށް ވެސް ދައުވާގައި ބުނެފައި ވެ އެވެ.
އެކަމަކީ ރާއްޖޭގެ އިމްގްރޭޝަން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަށް ވުމުން ޔުނައިޓެޑް ވިކްޓަރީން 30،000ރ. އިމްގްރޭޝަނަށް ހުކުމްކުރީ އެވެ.
އިއުލާނުކޮށް އަދި ރަތްޗިޓް ނެރެގެން ވެސް ޔޫވީން ކޯޓަށް ހާޒިރު ނުވުމުގެ އެ ކްލަބުގެ ޣައިރު ހާޒިރުގައި މި މަހުގެ ނުވަ ވަނަ ދުވަހު ކުރި ހުކުމުގައި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައި ވެއެވެ.
ސިވިލް ކޯޓުން ބުނީ ދައުވާ ފޯމުގައި ހިމަނާފައިވާ ދާއިމީ އެޑްރެހުގައި، ކޯޓަށް ހާޒިރުވުމުގެ ރަތް ޗިޓް ތަތްކުރުމުން ވެސް އެ ކްލަބްގެ ވެރިން ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ ކްލަބްގެ އިތުރު އެޑްރެހެއް ވެސް ލިބިފައިނުވާ ކަމަށް ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ބުނެފައި ވެ އެވެ. ކޯޓަށް ހާޒިރުވުމަށް އާންމުކޮށް އަންގާ އިއުލާން ކުރުމުން ވެސް ހާޒިރުވެފައި ނުވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
12 January 2025
ތިޔަތަންތަނުގެ ޖޫރިމަނާއަށް ޒިންމާވާނީ ކާކުބާ ދެން؟ ތިޔަލާރި ނުދައްކާ ތިޔަ ނަމުގަ ކުލަބަށް ކުޅިވަރުގަ އުޅެވިގެންނުވާނެ. އެކަމު އެހެންވެސް މިރާއްޖޭގަ ނުވާނެ. އެހެނީ އެންމެ ފައިސާ ނުދައްކާ މީހުންގެ ކުންފުނިތަކަށް ސަރުކާރުގެ ބިޑްތަކާ ރަށްތައްވެސް ލިބޭ.
ފލޖހއގނކޔނއއޗއކޔނވ
12 January 2025
އަހަރުމެން ބަލަން މިތިބީ ތިބުނާ ބަޔަކު ތި ޖޫރިމަނާއެއް ދައްކާތޯ އަދި ނުދައްކައިފިނަމަ އެމީހުނާ މެދު އިދާރާތަކުން ކަންތައްކުރަނީ ކިހިނެއްތޯ