މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ހުރަސްކުރާއިރު، ކާރުތަކެއް ދުއްވާފައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 ޖެނުއަރީ 2025 - 16:40
މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފި އެވެ.
މެޓުން ބުނީ ބޭ އޮފް ބެންގަލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އެ ކޮޅިގަނޑު ހުޅަނގަށް ޖެހި އޭގެ އަސަރު ރާއްޖެއަށް މާދަމާއިން ފެށިގެން ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.
އެ ވިއްސާރަ ހަ ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
އެ ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
މި އަހަރު ފެށުނީއްސުރެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން މި މަހުގެ ތިން ވަނަ ދުވަހު މާލެ ސަރަހައްދަށް ވެހުނު ވާރޭގައި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިިބިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.
އެ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ހަތް ގެއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނެވެ.
މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު ފެންގަނޑު
13 January 2025
އެފެންތައް ދޯ އައި·ޖީ·އެމް·އެޗް ކައިރީ މ އޮންނަނީ?
ސަހަރޯއި
12 January 2025
މިދިޔަހަފްތާގައި ދިން ވެލިަސްތާތަށްކޮބާ؟ އަބަދު ބޭނުންވާކަން އެނގޭއިރު އުކާނުލާ ބަހައްޓަންވީނު ދޮރާށިކައިރި.
ލަމީބާ
12 January 2025
ކޮބާ އާޒިމާ ޝުކޫރު؟ ކޮބާ ގަނބޫޓު އަދި އަގުބޮޑު ކޯޓު ތުރުކުރައްވާ ފޮޓޯގުރާފަރުން ގޮވައިގެން ނިކުތް ރައީސް؟ އަވަހަށް އެކްޓު ކުރަން ތައްޔާރުވޭ!
ޙަސަން އަޙްމަދު
12 January 2025
މާލެ ސަރަހައްދޭ ކިޔާ އިރު ހުޅުމާލެއާ ވިލިނގިލީގަ ފެންބޮޑުވިތަ؟
މުލޭ
12 January 2025
ވިލިނގިލި އަދި ހުޅުމާލޭގައި ވެސް ފެން ބޮޑުވި.
ހުޅުމާލެ މީހެއް
12 January 2025
ލައްބަ. ހުޅުމާލޭގައި ފެން ބޮޑުވި. ވިލިނގިލި ގޮތެއް ނޭނގޭ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
12 January 2025
ވިއްސާރަ މޫސުމުގައި ފެން ހިންދުމަށް މަސައްކަތް ކުރާ މީހުންގެ ހުށިޔާރުކަން ހުންނަ ގޮތުން އެންމެ ފުރަތަމަ މަގުތަކުގައި 2 ފޫޓަށް ނުވަތަ 3 ފޫޓަށް ފެން ބޮޑުވަންދެން މަޑު ކުރުމަށްފަހު ދެން ފެން ހިންދަން މަސައްކަތް ފަށާ. މިއީވެސް މިސަރުކާރުން އެކަން ކުރަން އަންގާފަ އޮންނަ ގޮތް ކަންނޭންގެ. އޭރުންނެއްނުން ރައްޔިތުންނަށް އުނދަގޫ ނުވާނީ!!
ސާޖިމެޑަމް
12 January 2025
މެޓު އޮފީހުން ދައްކާ ވާހަކައިގެ 0.1 ވެސް ދިމާނުވާނެ
ސަނަމް
12 January 2025
މިހާރުއްސުރެ ކުރިން ފެންބޮޑުވި ގޭތަކަށާއި ވިޔަފާރިތަކަށް ކުރީބައިގައި ކަމާބެހޭފަރާތުން ބޭނުންވާ އެހީފޯރުކޮށްދޭން ފަށަންވީނުން. ބުނެއެއްނުން ތައްޔާރުވެ ތިބިއްޔާ ދަތުރެކޭ. ހުރިހާ ސަލާމަތި ފިޔަވަޅުތަކެއް އަޅައިގެން ތިބުންދޯ ބުއްދިވެރިގޮތަކީ. އެކަމަކު މިގައުމަކީ ދިވެހިރާއްޖެ ވީމާ ކޮރަޕްޝަންނޫން ހުރިހާކަމެއް ބަރާބަރަކަށް ނުދޭ.
ކޮރަލް
12 January 2025
ކުއްލި ހާލަތު ތަކުގަ އިދާރާ ތަކާ ރަށްރަށު ކައުންސިލްތައް އޮންލައިން ކޮށް ވަގުތުން މަސައްކަތް ކުރަން ވީ އެވެ. ފޮޓޯ އާއި ވީޑިއޯ އިދާރާތަކަށައި މީޑިޔާ އަށް އެއްފަހަރާ ފޯރު ކޮށް ދެވޭނެ ސޯސަލް މީޑިޔާ އެއް ބޭނުން ކުރަން ވީ އެވެ.
އަންނިބެ
12 January 2025
މޫސުމީ ނުރައްކާ އެއީ ހަގީގަތެއް ކަމަށް ޤަބޫލުކުރަން މަޖުބޫރު ވެއްޖެދޯ މިހާރު
އިނބިރާ
12 January 2025
ހިތާމައަކީ މޫސުމާއި ބެހޭއިދާރާއިން ކިތަންމެ ކުރިއަށް ލަފާކޮށް މޫސުން ގޯސްވާނެ ކަމަށް ބުންޏަސް އެކަމަށް ތައްޔާރުވާންޖެހޭ ކަމާބެހޭ އިދާރާއެއް ނެތީމަ. ވެލި ބަސްތާއެއްވެސް ލިބެނީ ގެތަކަށްފެންވަދެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންވާފަހުން. އޭގެ ކުރިން އެވިދާޅުވާ މަޝްހޫރު އެމްއެންޑީއެފެއް އަނެއް އެފެއް އޮޅިގެންވެސް ނުފެނޭ. ބަލަންތިބޭ މާދަންވެސް ވާރޭވެހެންފަށައިފިއްޔާ އެމީހުންނުން އެހެން ހުރިހާ މީހުން އަވަދިނެތި އުޅޭތަން ފެންނާނެ!
މުލޭ
12 January 2025
ތިމާމީހާގެ ފަރުުދީ ޒިންމާއެއް ވެސް ނެތްކަހަލަ.
ޑެބީ
12 January 2025
ވިޔަފާރިތަކުންވެސް ތައްޔާރުވެބަލަ. އަބަދު ސަރުކާރުންތަ ޖެހެނީ ވެލި ބަސްތާގެނެސް ޖަހައިދެން.