ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ): އޭނާއަށް ނޭނގި އޭނާ ވަނީ ޕީއެންސީއަށް ވައްދާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ޖެނުއަރީ 2025 - 12:19
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގިވަޑައިގަތުމެއް ނެތި، ސަރުކާރު ހިންގާ ޕީއެންސީ އަށް ބަދަލުކޮށްފައިވާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމު ވެސް ފުރުއްވާ ފިއްޓޭ "މިހާރު" އަށް ވިދާޅުވީ، ޕާޓީ ބަދަލުކޮށްފައިވާ ކަން ފާހަގަވީ، ވައިކަރަދޫގެ ގިނަ ބަޔަކަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ބެލި ބެލުމުން ކަމަށެވެ. އެއީ، އޭނާ އަށް އެނގިވަޑައިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފިއްޓޭގެ ކެމްޕެއިން މެނޭޖަރާއި ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބައެއް ހިމެނޭހެން ވައިކަރަދޫން ފަންސާހެއްހާ ފޯމު އެއްފަހަރާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އެ އެންމެންގެ ޕާޓީ ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިއްޓޭ ވިދާޅުވިގޮތުގައި، އެމްޑީޕީން އެހެން ޕާޓީއަކަށް ބަދަލުވުމުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާ އެސްއެމްއެސް ވެސް އޭނާގެ ފޯނަކަށް ނުލިބެ އެވެ. އެހެންކަމުން ބެލެވެނީ ފޯމުގައި ޖަހާފައި ވަނީ އެހެން ނަމްބަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައި ވުމާ އެކު، ފިއްޓޭގެ ގޮނޑި ގެއްލިދާނެ ކަމާމެދު ވެސް ވަނީ މިހާރު ސުވާލު އުފެދިފަ އެވެ.
އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ފިއްޓޭ ވިދާޅުވި ގޮތުގައި މި މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ސަމާލު ކަމަށް މިހާރު ވަނީ ގެނެސްފަ އެވެ.
"އެހެން ގޮނޑި ގެއްލުވާލެވެގެންޏާ ވަރަށް ގިނަ މީހުންގެ ގޮނޑި ގެއްލުވާލެވިދާނެތާ [ނޭނގި ޕާޓީ ބަދަލުކޮށްގެން] ބާރު އޮތިއްޔާ. މިއީ އަސްލު ބިރުގަންނަ ސަބަބަކީ،" ފިއްޓޭ ވިދާޅުވި އެވެ.
އިލެކްޝަންސް މެދުވެރިކޮށް ފިއްޓޭގެ ނަމުގައި ހުށަހެޅި ފޯމު ހޯދައި، ފޯމުގައި ސޮއިކުރި މީހުންގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވި ގޮތުގައި މެންބަރު ފިއްޓޭގެ ފޯމް ކޮމިޝަނަށް ހުށަހަޅާފައިވަނީ ޕީއެންސީގެ ފަރާތުންނެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވެސް ވަނީ މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމަށް ފަހު ގޮނޑި ގެއްލުވާލުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މީގެ ކުރިން ވެސް ފިއްޓޭއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް މި ފަހުން އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ. ފާއިތުވީ ހަ މަސް ތެރޭގައި މިފަދަ 300 މައްސަލައެއް އީސީއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.
މި ފަހުން އެ މައްސަލަތައް އަލުން ފެންމަތިވެފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގުމަށް ފަހު، އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރު ކޮށްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒާން
14 January 2025
ނަދީމް ނިކަން ޚަބަރުގަ އޮތްއެއްޗެއް ކިޔާބަލަ ، އީސީން އެބުނަނީއެއްނުން ފޯމްތައް ވެއްދީ ޕީއެންސީ އިންނޭ ޕީއެންސީ އިން ކަމެއްކޮއްފިއްޔާ އެކަމެއް އެހެންމީހުންގެ ބޮލުގަ އަޅުވާނީ ޕީއެންސީގަ ތިބެނީ ހުސް އަލިފު ތަކެއް
ދުއްރި
14 January 2025
ފަހުންވެއްދި ޕީއެންސީ މީހެއްމީ މަވެސް ވައްދަން ގުޅިމީހާ ބުނީ ފިންގަޕްރިންޓު ބޭނުމެއްނޫނޭ އައިޑިކާޑު ފޮޓޯއަކުން ވާކަމެކޭ. ދެންމިވަރުން ކިހިނެތްމިކަން އިސްލާހުކުރާނީ.
އަލީ ބަލީ
13 January 2025
މިދިޔަ އަހަރު އީސީ ގެ ފަރާތުން ޓީވީ އިންޓަވިޔު އެއްގަ ބުނި ފޯމް ބަލައިގަންނަނީ ފޯމްގެ ވެރިމީހާ އާ ގުޅާފައޭ. ފިއްޓޭ ގެ ފޯރމް ލިބުމުން ފިއްޓޭއާ ގުޅިނަމަ ގައިމު ތިމަސްއަލައެއް ނުނިކުންނާނެ.
ޚައްޒާބު
13 January 2025
ކީއްކުރަންޖަހާ ފިންގަރ ޕްރިންޓެއްތަ. ކާކުގެ ފިންގަރ ޕްރިންޓެއް ކަމެއް އެނގެނީއެއް ނޫން ވިއްޔާ. މިގައުމު ނޫނީ އެއްގަނޑުން ތަހުޒީބު ވާ ގައުމެއް ނެތް. މިއޮއްފަދަ ޒަމާނު ފިންގަރޕްރިންޓު ވެރިފައި ނުވޭ ވިއްޔާ.
ޚައްޒާބު
13 January 2025
މި ސަރުކާރުން ވައްކަން ނުކުރާނީ ކޮން ތާކުން ކޮން އެއްޗަކުންތޯ ވެސް ހިތަން އަރާ؟ ވައްކަން ނުކުރާ ދިމާލެއް ތަނެއް ނެތް. މިއޮތީވާ ސަރުކާރެއް.
ޕާޓީ ރަޖިސްޓްރާ
13 January 2025
މައްސަތައް: ފިންގަރ ޕްރިންޓްގެ ސައްހަކަން ދެނެގަނެވޭނެ ގޮތެއް ނޯވޭ. ފޯން ނަންބަރަކީ ފޯމު ގައިވާ ފަރާތުގެ ނަމުގައި އޮންނަ ފޯނު ނަންބަރަކަށް ވުން ލާޒިމުކުރާންޖެހޭ. އީފާސް މެދުވެރިކޮށް ޕާޓީ ރަޖިސްޓަރީގައި ޖެއްސޭގޮތަށް/ނުކުމެވޭ ބޭންދުން. އެއްޕާޓީގައި އިންދާ ވަކިވާން ނުއެދި އަނެއް ޕާޓީއަށް ނުވެއްދުން )މިހާރު އޮޓޯއިން އެއްޕާޓީން ކެނޑި އަނެއް ޕާޓީއަށް ވަދެވޭ(. މިކަންކަން ބަދަލުކުރުމުންވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ.
ޔައުޔާނު
13 January 2025
މޮޅު ޑްރާމާއެއް ކުޅެލީދޯ ފިއްޓޭވެސް. ލޮލް.
ޖައުފަރުު
13 January 2025
ބަލަ ޒިޔާދުގެ ފިނގާ ޕްރިންޓް ލިބޭނީ އޭނަ ދިނީމައެއްނުން. ދެން އޭނަ އަމިއްލައަށް ވަނުން އެއީ ޕީއެންސީން ކުރާ ކަމެއް ނޫނެއްނުން.
ނާޑުވާ
13 January 2025
ކަލޭ އޭނަގެ ފިންގަރޕްރިންޓް ވެރިފައި ކުރީތަ?
ަައަމޭ
13 January 2025
ޖައުފަރުމެން ނިކަން އާ ދޯ މިކަމަށް. ޖައުފަރުގެ ނަމުގައި އައިޑީކާޑާ، އެފްބީން ފޮޓޯއަކާ ލަނިކޮށް މިކަން ވެދާނެ. ފޯމުގައި ވާއެއްޗެއްގެ ސައްޙަކަން ދެނެގަނެވޭނެ ގޮތެއް އީސީގައި ނެތް.
ފިންގަރ
13 January 2025
ފިންގަރ ޕްރިންޓު ވެރިފައިއެއް ނުޖުރޭ ހުރިހާ ފޯމެއްގަ އެއް ބަލްކުކޮށް ހުށަހަޅާއިރު.. ރެންޑަމްކޮށް ޗެޖުކުރަނީ.. ފަހުން ބެލިއިރު ފިންގަރ ޕްރަިންޓު ދިމާ ނުވާތީ ފޯމު ބާތިލުކުރީ
ނަދީމުު
13 January 2025
ފިއްޓޭ އަމިއްލައަށްވެސް ތިކަން ކޮއްފާނެ ހަބަރެއް އުފައްދަން.
ކުރަގަނޑު
13 January 2025
އިލެކްޝަން ކޮމިޝަނުގެ ރައީސާ، ނައިބްރައީސް އައްޔަންކުރަނީ ރައީސް. ދެން މިކަހަލަ ވައްކަން ކުރިޔަސް އޯކޭވާނެ. ތި ފެންނަނީ ކުޑަ މިންވަރެއް.