އިންތިހާބެއްގެ ވޯޓާސް ލިސްޓެއް ޗެކްކުރަނީ: މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ ގިނަ މައްސަލަތަކެއް ހަ މަސް ތެރޭގައި ވަނީ ފެންމަތިވެފައި --- ފޮޓޯ/މިހާރު
09 ޖެނުއަރީ 2025 - 14:26
މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ވޭތުވެދިޔަ ހަ މަސް ދުވަހު ތެރޭގައި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އީސީގެ ޕޯޓަލްގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ފަހުން މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާ ތެރޭގައި 300 ޝަކުވާއެއް ވަނީ ލިބިފަ އެވެ.
އެއީ މީހުންނަށް ނޭނގި އެ މީހުން ޕާޓީތަކަށް ވެއްދުމާއި ޕާޓީ ބަދަލު ކޮށްފައި ހުންނަ މައްސަލަތައް ކަމަށާއި އޭގެ ތެރެއިން ބައެއް މައްސަލަތައް ފުލުހުން ވެސް ތަހުގީގު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ތަހުގީގުކޮށް އަޅުގަނޑުމެންނަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އަޅުގަނޑުމެން ވާނެ ފިޔަވަޅު ވެސް އަޅާފައި." އޭނާ ވިދާލުވި އެވެ.
އެގޮތުން އެފަދަ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރު ތެރޭގައި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި އަދާލަތު ޕާޓީ އަށް ވެސް ފިޔަވަޅު އެޅި ކަމަށް ހަސަން ވިދާޅުވި އެވެ.
އެފަދަ މައްސަލަތަކުގައި އީސީން އަޅާ ފިޔަވަޅަކީ ޕާޓީގެ ރަޖިސްޓްރާ އާއި އެކަމުގައި ހިމެނޭ ފަރާތްތައް ޖޫރިމަނާ ކުރުމެވެ.
ނަމަވެސް އެފަދަ މައްސަލަތަކަކީ ހުއްދަ ނެތި މީހުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ސޮއި ފަދަ މައުލޫމާތު ފޯޖު ކޮށްގެން ކުރާ ކަމަކަށް ވާއިރު، އެކަންކަމުގައި ޖިނާއީ ތަހުގީގެއް ނުކުރާތީ އީސީއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އޮވެ އެވެ.
މި ފަހުން އެ މައްސަލަތައް އަލުން ފެންމަތިވެފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގުމަށްފަހު އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރު ކޮށްފައި ވަނިކޮށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވާ ޕީއެންއެފްގެ މެންބަރުންނާއި ބައެއް އާންމުން ވެސް ވަނީ އެ މީހުންނަށް ނޭނގި ޕީއެންސީއަށް ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާކޮށް އެ މައްސަލަތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އެހެން ނަމަވެސް ޕީއެންސީން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.
އެފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރެމެޓިކުސް
10 January 2025
ތިހާވަރުންވެސް ތިޕާޓީ ހަމަ ބޮޑުކުރަންޖަހޭތަ؟
އޭނަމީނަ
09 January 2025
ހޯމް މިނިސްޓަރ އިޒް ދަ ނިވް އަދީބް
އަފްރާސިޔާބު
09 January 2025
ބިދޭސީން ވެސް ޕާޓިތަކަށް ވައްދައިފަވާ ކަމަށް އެމީހުންނަށް މެސެޖު އެބަ އާދޭ.
ޢަލީ ކުރުސީ
09 January 2025
ނޭނގި ޕާޓީ ބަދަލުވުމޭ؟ އޮޓޯ އިންވާ ކަމެއްތަ އެއީ؟ އޮޅުވާލައިގެން ވަގަށް ޕާޓީ ބަދަލުކުރުން އެއީ! ގޮޓް އިޓް؟
ހިޖުރަ
09 January 2025
ޕީއެންސީ ވަރަށް އެކްޓިވް ކޮށް އުޅެނީ. މިކަން ކުރާނީވެސް އެ ބޭފުޅުން ކަމުގައިވުން ގާތް،
ސޯބޭ
09 January 2025
ތަކަން ހައްލުކުރުމަށް ޕާޓީއަށް ސޮއި ކުރުވަންވީ ގާޒީ އެއްގެ ހާޒިރުގަ ހުވާލައްވާލަދެންވީ ޕާޓީ އަށް ވަނަ މީހުންނަށް
ހެޕީ
09 January 2025
ހުސް ގޮޑިއެއް ދައްކައިގެން ވެރިކަމައް އައިސް އެހުރީ.ތިވަރު ކަމެއް ވެދާނެ
ކަރީނާ
09 January 2025
ކޮންމެ ކަމަކުން ވެސް ވައްކަން
ޑރ ވާންޗޯ
09 January 2025
600 އަށްވުރެ މާގިނަވާނެ، އެއީ މިގޭންއެކަނިވެސް މަށަށްއެނގިގެން 3 މީހުން. ތިޔަޕޯޓަލްއަކުން މައްސަލަ ހުށައަޅަންނޭގިފަ ކިހާބަޔަކުތިބޭނެ. ތިއޮތީ އެއްލައްކަ ހަމަކޮށްލާފަ.
ކެކެ
09 January 2025
މީ ދެން ޖެހުނު ހިސާބު މުދައްރިސް