އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވޯޓާސް ލިސްޓެއް ޗެކްކުރަނީ: އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ވަނީ އަނެއްކާވެސް ބޮޑުވެފައި --- ފޮޓޯ/މިހާރު
15 ޖެނުއަރީ 2025 - 20:53
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ޕާޓީތަކަށް މީހުން ވައްދަން މިހާރު ބޭނުންކުރާ ޕޯޓަލް ބޭނުންކުރުން މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި ޕީއެންސީއަށް އޭނާ ބަދަލު ކޮށްފައިވާ މައްސަލަ ފެންމަތިވުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކަށް މީހުން ވެއްދުމުގެ މަސައްކަތްތަކުގައި އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ފަށައިފަ އެވެ.
އިލެކްޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޕާޓީތަކަށް މީހުން ވެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، ޕާޓީތަކަށް މީހުން ރަޖިސްޓްރީކުރަން މިހާރު ބޭނުން ކުރަމުންދާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދުމުގެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތް މެދުކަނޑާލި ނަމަވެސް، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ޕާޓީތަކުން ވަކިވުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ހަމައެކަނި އީ ފާސް މެދުވެރިކޮށް ހުށަހަޅައިގެން ޕާޓީތަކަށް ވަންނަ ގޮތް ބަދަލު ކުރުމަށެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް މި ފަހުން އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. ފާއިތުވީ ހަ މަސް ތެރޭގައި މިފަދަ 300 މައްސަލައެއް އީސީއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.
މި ފަހުން އެ މައްސަލަތައް އަލުން ފެންމަތިވެފައިވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގުމަށް ފަހު، އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރު ކޮށްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިންމޯޑް
23 January 2025
އެމްޑީފީ އޮފީހުގަ ބޭނުންކުރާ ސޮފްޓްވެއަރ އަކީވެސް ސިއްރު ކުރަން އުޅުނަސް ގިނަ ބަޔަކަށް އިގޭ ބޮޑު ސިއްރެއް، ބާރުވެރިކަމުގައި ތިބިއިރު ޑީއެންއާރުގެ ޑޭޓާބޭސް ވ ނަގައިގެން ހެދި މި ސޮފްޓްވެއަރ ބޭނުންކޮށް އޭގެ ނާޖާއިޒް ފައިދާ ނަގަމުން ގުދޯގުދޯ މި ގޮވަނީ، މިކަން ޑީއެންއާރުގެ ވަރަށްގިނަ ބަޔަކަށް އިގޭ، ވ ފޯމުލީ ކޮންބައެއްކަން މިވަނީ އޮޅޭހިސާބުގަ! ގައިމުވެސް އިގޭ ކަމަކީ ޕީއެންސީ އިން ފިއްޓެގެ ފޯމު ފުރައިގެން އަމިއްލަ ފައިގަ ކަތިވަޅިން ނުޖަހާނެކަން
ޖެއްސު
16 January 2025
ޕީއެންސީ އަށް ބޭނުންވަރަކަށް މީހުން ވައްދާ ނިމިއްޖެ ދެން ބަންދުކުރިޔަސް ވަރިހަމަ. ބޭނުންވެއްޖެއްޔާ އަދިވެސް ވެއްދޭނެ.
އަކްސަމްް
16 January 2025
އަސްލުވެގެން އުޅޭ ގޮތަކީ ޕީއެންސީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީ ވީމާ އެމްޑީޕީއަށް އެކަން ހަޖަމްނުވެގެން މިކަން އަނބުރާލެވޭނެ ގޭމެއް ކުޅެން އަމިއްލަ ޕާޓީގެ އެކްޓިވިސްޓުންނާއި ލީޑަރުން ޕީއެންސީއަށް ވަގަށް ވެއްދީ. ވަރަށް ޑްރާމާވާނެ މި އެމްޑީޕީ ބޮޓުން.
ހައްލެއް
16 January 2025
ޕާޓީތަކަށް ނޭގި ވެއްދުން ހައްލުކުރެވޭނެ ވަރަށް ފަސޭހައިން. އިހުލާން ކުރަންވީ ހުރިހާ ޕާޓީތަކުން ހުށަހަޅައިފައިވާ ފޯމްތައް 3މަސްފަހުން ބާތިލް ވާނެކަމަށް އަދި ބާތިލްވާ މުއްދަތުގެ ތެރޭގައި ވެރިފައިވެފައިވާ އީފާސް އެކައުންޓް މެދުވެރިކޮށް ޕާޓީތަކަށް ވަންނަން ބޭނުންވާ މީހުން ފޯމު ފުރަން ހުޅުވާލަންވީ އޭރުން ލިބޭ ހުރިހާފޯމެއް ހުންނާނީ ވެރިފައިވެފަ ފިންގަރ ޕްރިންޓް ޖަހާކަށް ނުޖެހޭނެ. އެއްވެސް މީހަކަށް ނޭގި އެހެން ޕާޓީއަކަށް ވެއްދުމުގެ މައްސަލައަށް ހައްލެއް
ކުރަގަނޑު
16 January 2025
ތިގޮތެއް ނަހަދާނެ، މި ދަނޑިވަޅުގަ އެހެން ހަދައިފިއްޔާ ޕީއެންސީގަ ތިބޭނީ ވަޒީފާދީފަތިބި ސިޔާސީ ކުދިންކޮޅު އެކަނި.
ކަރީނާ
16 January 2025
ވަގަށް ވެއްދި މީހުންގެ ފޯމްތައް ބާތިލް ކުރޭ.
އޮނަރަބަލް ސިންގާ
16 January 2025
ފަޅާ އަރާތީ ޕޯޓަލް ބަންދުކުރަނީ .
ޖައުފަރްް
16 January 2025
ކޯޗެއް ފަޅާއަރާތީ. އަމިއްލަ އަށް އެމްޑީޕީ މީހުން ޕީއެންސީއަށް ވެއްދީ. ފަޅާއަރަންޏާ އަރާނީ އަމިއްލަމީހާ. ފައްޔާޒްމެން ކުޅޭ ޗައްކަރެއް މިވެސް.
ބޮޑުސުވާލޭ
16 January 2025
މީހަކަށް ފަހަރަކު ހުރެވެނީ އެންމެ ސިޔާސީ ޕާޓީއެއްގައި ކަމަށްވާއިރު، އީސީ ގެ ޕާޓީ ތަކުގެ ޑޭޓާބޭސް ގައި، އެއް ޕާޓީ ގައި ރަޖިސްޓަރީ ވެފައިވާ މީހާ އެހެން ޕާޓީއެއް ގައި ރަޖިސްޓަރީ ނުކުރެވޭ ގޮތަށް ވެލިޑޭޝަން އެއް ލުމަކީ، 2 މިނެޓްހައި ވަރުގެ ކަމެއް. މިއަދާ ހަމައަށް ވެސް އީސީ އިން އެކަން ނުކޮށް އޮންނަ އޮތުމާއި ދޭތެރޭ ސުވާލު އުފެދޭ. އެކްސެލް ގައި ލިސްޓް ހަދައިގެން ގެންގުޅޭނަމަ ވެސް ރިޕީޓެޑް އައިޑީ ހައިލައިޓް ވާނެ ގޮތް ހަދާލެވޭނެ ސުކުންތެއް ތެރޭގައި.
ހައްލު2
16 January 2025
ތެދެއް. އެކްސެލްގައި ފަސޭހައިން ހެދޭނެ....އީސީގައި އައިޓީމީހުން ތިބެނީ ކީއްކުރަންބާ....އަދި އީ ފާސް މެދުވެރިކޮށް ފޯމް ފުރައި އަދި ފޯމް ބަލައިގަންނަށްވީ... އޭރުން ހަގީގަތުގައި ތިޕާޓީ ތަކުގައި ހިތުން ރުހުމުން މެންބަރުންނަށް ވެފައިތިބީ ކިތައް މީހުންކަން އެގޭނީ. އެކަމަކު ހިޔެއް ނުވާ އީސީއިން އެހެން ހަދާނެހެން..އެއީ މަކަރު ނެހެދޭނެތީ... ދައުލަތުން ފާޓީތަކަށް ފައިސާ ދެނީ މީހުންގެ ފަގުފޯމްތައްވެސް ހިމަނައިގެން
ޙުއްބު
15 January 2025
ޕީއެންސީއަށް ފުދޭވަރުވީ ދެއްތޯ
ހާސަރު
15 January 2025
ގޯސްކޮށް ކަންހިގާކަން އެގުނީމަވެސް އިތުރު 15 ދުވަސް ފަހުންތަހުއްޓާލަނީ!؟ ޕީއެންސީގެ ވަގުފޯމްތައް އެއްކޮށް އެންޓަރ ވާނީ 15 ދުވަހުންތަ؟!
އަސްލު.....
15 January 2025
ބަލަ މިއަދުނަފެށިގެން ހިއްޓާލަންވީނުން، ކީއްވެގެން 30 އަށް ލަސްކުރަންވީ؟ ޕީއެންސީ އަށް 100 ތައުސަން ހަމަވަންދެންތަ، ތީއެއްވެސްވަރެއްގެ އިތުބާތެއްކުރެވޭތަނެއް ނޫން.....
ޝުއާއުު
16 January 2025
އިތުބާރު ކިތަންމެހާވެސް އެބައިން. ވަގަށް ފޯމް ލަނީ ކިޔައިގެން ބުނާއިރު ހުރީ އެމްޑީޕީ އެކްޓިވިސްޓުންނާއި ލީޑަރުން. އެމީހުން އެކަނިތަ ވަގަށް ލާންވީ. އަޖައިބެއް