އިސްކަންދަރު ސްކޫލްގެ ކުދިން ޓެސްޓް ހަދާއިރު، ހޯލްގައި އިމްތިހާނު ކުރިއަށްދާ ކަން އަންގަން ބޯޑެއް ބަހައްޓާފައި.---ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޖެނުއަރީ 2025 - 18:56
އޭ ލެވެލް އިމްތިހާނުގެ ދިވެއްސާއި އިސްލާމް މާއްދާގައި ގުރޭޑްތައް ކަނޑައަޅާފައިވާ ގޮތުގެ މިންގަނޑު (ގުރޭޑް ތްރެޝްހޯލްޑް) އާންމުކުރަން ފަށައިފި އެވެ.
މީގެ ކުރިން ރާއްޖޭގައި އެ ނަތީޖާ އާއްމެއް ނުކުރެ އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން މިއަދު ދޫކުރަން ފެށި މިދިޔަ އަހަރުގެ އޭލެވެލް ނަތީޖާއާ އެކު ވަނީ 2017 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ހުރި ގުރޭޑް ތްރެޝްހޯލްޑްތައް އާންމު ކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ މީގެ ކުރިން އެ ނަތީޖާއަކީ ގެންގުޅެފައި ވަނީ ވަރަށް ސިއްރުން ކަމަށެވެ.
— Department of Public Examinations (@dpemv) January 16, 2025
ނަމަވެސް މިނިސްޓަރު ގަބޫލު ކުރައްވަނީ އެ ނަތީޖާ އަކީ ރާއްޖޭގައި ހަދާ އެހެނިހެން އިމްތިހާން (ކެމްބްރިޖް އަދި އެޑެކްސެލް) ތަކުގެ ނަތީޖާއެކޭ އެއްގޮތަށް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އޮންނަން ޖެހޭނެ އެއްޗެއް ކަމަށެވެ.
"ކެމްބްރިޖް އަދި އެޑެކްސެލް އިން މި ގެންދަނީ އެ މާއްދާތަކުގެ ތްރެޝްހޯލްޑްތައް އިއުލާން ކުރަމުން. އެހެންވެ ދިވެހި/އިސްލާމުގެ ވެސް އަޅުގަނޑު ގަބޫލު ކުރަނީ ހަރުދަނާ ބީދައަކުން ހަމަ އިއުލާން ކުރެވެން ޖެހޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"ގުރޭޑް ތްރެޝްހޯލްޑާއެކު ކިޔަވާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދެން އެނގޭނެ ގްރޭޑް ތަކުގެ ލޯވާ އެންޑް އަޕާ ބައުންޑްރީސްތައް."
އިސްމާއިލް ވިދާޅުވީ ދެން ކޮންމެ އަހަރެއްގައި ވެސް އޭލެވެލްގެ ދިވެހި/އިސްލާމުގެ ގުރޭޑް ތްރެޝްހޯލްޑް އާންމު ކުރާނެ ކަމަށެވެ. މި އަހަރު މޭ/ޖޫންގައި އޮންނަ އޯލެވެލް އިމްތިހާނުގެ ނާތީޖާއާ އެކު ދިވެހި/އިސްލާމުގެ ގުރޭޑް ތްރެޝްހޯލްޑްތައް އާންމު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަޔަ
18 January 2025
އޭލެވެލްގެ ތްރެޝްހޯލްޑް އަބަދުވެސް އާންމު ކުރޭ އެޑެކްސެލްއިން. ތިޔަށް ކިޔަނީ އެޗް.އެސް.ސީ އިމްތިހާނު. ރަނގަޅުކޮށްލާ
އޭލެވެލް ގެ އެއް ނޫން! އެޗް އެސް ސީ އިމްތިޙާން!
17 January 2025
އޭ ލެވެލް އާއި އެއްކޮށް ހެދިއެއް ކަމަކު ދިވެހި އަދި އިސްލާމް ޓެސްޓަކީ އޭ ލެވެލް އިމްތިޙާން ގެ މާއްދާ ތަކެއް ނޫނެވެ. އެއީ 11، 12 ގެ ކުދިންނަށް ދެވޭ ދިވެހިރާއްޖޭގެ އިމްތިޙާނެކެވެ. އޭލެވެލް އާއި ގުޅޭ ކަމެއް ނޫނެވެ.
ނަންބަ
18 January 2025
އޭލެވެލް ނަހަދާ މީހަކު ލިޔުނީމަ ވާނީ އެހެން.
ޓަކާން
16 January 2025
ޝުކުރިއްޔާ އިސްމާލު.