މަޑިތަކެއް ކައިރީގައި ބަޔަކު ފީނަނީ.
16 ޖެނުއަރީ 2025 - 22:57
މަޑީގެ ބާވަތްތަކަށް ކާންދޭ މައްސަލަ ބޮޑުވެފައި ވާތީ، އެކަން އެގޮތަށް ނުކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އަންގައިފި އެވެ.
އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އެއީ، އެ ތަކެއްޗަށް ގެއްލުން ލިބޭނެ ކަމެއް ކަމަށާއި، އަދި އެ ތަކެއްޗަށް ކާންދިނުމަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ކުރުން މަނާ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
މަޑީގެ ބާވަތްތަކަށް ކާންދިނުމާއި ކާން އެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ދިރާސާތަކުން ވެސް އެނގޭ ކަމަށް އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ބުނީ މަޑީގެ ބާވަތްތައް ބަލާލުމަށް އެ ތަކެއްޗާ އެކު މޫދުގައި ފީނުމަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ކަމަކަށް ވިޔަސް، އެ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ކަމަށެވެ.
"މިގޮތަށް ކަންތައްތައް ދިމާވާ މައިގަނޑު އެއް ސަބަބަކީ މިފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުމެވެ. މީގެ އިތުރުން މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވެގެންދެ އެވެ،" އީޕީއޭގެ ބަޔާނުގައި ބުންޏެވެ.
މި ކަހަލަ ހާދިސާތައް ރާއްޖޭގައި ގިނަވުމަކީ ޓޫރިޒަމަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ބުނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން މަޑި އާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެހެންވެ، މަޑީގެ ބާވަތްތައް ބެލުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އީޕީއޭ އިން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަ
18 January 2025
ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގަ ދިރޭތަކެއްޗަށް އޮޅުވާލައިގެން އެއެއްޗިސްސަށް ކާންދީ އޮޅުކޮށްގެން ތަނަވަސްކަން ހޯދުމަކީ ހަރާމްކަމެއް. އިގޭ މީހަކު މީގެ ތަފުސީލަށް ދިއުން އެދެން.
އައިސަން
18 January 2025
އަސްލު އެއްވެސް އަސަރެއް ކުރަނީކީ ނޫން. އެހެން އަންނަ ދިހަވަރަކަށް މަޑިއަށް ބަނޑައިދޫކޮޅެއް އަޅާލުމަކީ ކަންޑުގަ އުޅޭ ހުރިހާ މަޑިއެއްގެ ޑައެޓް ހަލާކުވާނެ ކަމެއްނޫން.
ވާނެނުވާނެ
18 January 2025
މިޔަރާ މަޑިއާ ބުޅަލާ އަދި ދެންވެސް ލެއްވިހާ އެއްޗެކަށް މީހުން ކާންއަޅަންވެއްޖެނަމަ އެކަން ކުރަންވާނީ ދާއިމީ ގޮތަކަށްތާ. ހަމައެކަނި ފޮޓޯކޮޅެއް ނަގާލަން އެ ތަކެއްޗަށް ހިތަށް އެރީމަ ކާންދީފަ ފޮޓޯނަގަން ނުދެވުނީމަ ކާންނުދީފަ އެއީ ހަމަޖެހޭ ގޮތެއްތަ. ކާން އަޅަން އާދަކުރުވީމަ ކާން ނޭޅޭ ދުވަހު އެތަކެތި ދެން ފެންނަ މީހުންނާ ދިމާލަށް ގޮސްގެން އެ ދެކެ ބިރުން އުޅޭ މީހުންނާ އެއަށް ގެއްލުންދޭ މީހުންނާ އެ ތަކެތި މީހުންނަށް ގެއްލުންދިނީމަ ޒިންމާ ނަގާނީ ކާކުބާ
ރަށްފުސޮރު
17 January 2025
އަހަރުމެން ވަރަށް ބޭނުން އީޕީއޭ ޖޫރިމަނާކުރަން، ކައެމެން ގިރާ ސަރަހައްދު ހިމާޔަތްކުރަން ހެދި އީއައޭ އޭގެ ސަބަބުން މިއޮއް ނަލަ އަހަރުންގެ ރަަށް މިއޮއް ފުނޑުނީ…މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެއް ކޮންސެޕްޓަކަށް ޕްރޮޖެކްޓުތަކުގެ އީއައިއޭ ހެދުން ކަލޭމެން ހުއްޓާލާނީ އަޅެ ކޮން ދުވަހަކުން!!! މި ހަބަރު ކިޔާލީމަ ހިތަށް އެރީ އަލަށް އީޕީއޭ ސޮރަކަށް ވ އަތޮޅު ކަހަލަ ކޮންމެން ލޯކަލް ޓޫރިޒަމް ރަނގަޅަށް ހިނގާ ރަށަކަށް ދެވިގެންނޭ މިއުޅެނީ..!
ހާސަރު
17 January 2025
ތިޔަ އީޕީއޭ އިން އިންސާނުންގެ ރައްކަލަށް އެންމެ ބަޔާނެއްވެސް ނެރުނުތަ!؟ މިމާލޭގައި އިމާރާތް ކުރުން ހުއްޓުވަން އަޅެބަޔާނެއްނެރެބަލަ. އިންސާނުން އުޅެން ކަމުދާވަރަށް ވައިހުރި އެންމެ ސަރަހައްދެއްވެސް ނެތް! ޢެންމެން އަބަދު ރޯގާޖެހިފަ! އެކަމަކު އީޕީއޭ ތިއުޅެނީ މަޑިއާގެން!
އޮޅިފަތޯ
17 January 2025
ޭެެއީޕީއޭ ގެ ދިގު ނަމަކީ އިންސާނުންގެ ޕޮރޮޓެކްޝަން އެޖެންސީކަން އަދި ކިރިޔާ މި އެނގުނީ.
ރަދީފު ބިން ރަފައިދާ
17 January 2025
ހިޔެއްނުވޭ އެތަކެތި ކާންދޭއަތުގާ ދަތްއަޅާފާނެއެކޭ. އަހަރެމެން ކުޑައިރު މަންމަ ރުޅިއައިސްގެން ވަރަށް ގިނައިން ބުނާނެ ކުކުޅުހާލަށްވެސް އެނގެއޭ އެތަކައްޗެއް ކާންދޭމީހާ.
އަހައްމާދީ
17 January 2025
ބުޅަލައް ވެސް ކާންދިނުން މަނާކުރޭ
ނޫރަންނަހާރު
17 January 2025
މީކީކޭ ކިތާވައެއްތޭ … ބަލަ ޓޫރިސްޓުން އެއަންނަނީ ކާންދީ އޮޅުކޮއްފަ ތިބީމައޭ .. ކާން ނުދޭނަމަ އެ ނާންނާނެ ބީޗަކައް .. އެހެން ނޫނަސް މިކާންދެނީ މިގައުމުގަ ލެއްވިހާ މަޑިއަކައް ނޫން . މޮޔަފުޅުވީތޭ
މަޚްލޫޤް
17 January 2025
މިޔަރަށްކާންދީގެން އެސޮރުމެން އިންސާނުން ކެޔަސް އޯކޭ ދެއްތޯ
އާދަމް ފުޅު
17 January 2025
މާލޭ މަގުމަތީގައި މަސައްކަތެއްނުކޮަށް ސަލާން ޖަހާ މީހުންނަށް ކާން ނުދޭން އިލްތިމާސެއް ނެތްތަ