ކޯލް ސެންޓަރު ހިންގާނެ ވަކި އުސޫލެއް ނެތް. އައިޓީ ސިސްޓަމް ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ވެސް ގާއިމެއް ނުކުރޭ.
ޓްރާންސްޕޯޓް މިނިސްޓްރީން އޮކްޓޫބަރު 2021 ގައި މީހަކަށް ހިދުމަތް ދެނީ: އެ މިނިސްޓްރީން ސެޕްޓެމްބަރު 2021 އާއި އޮގަސްޓް 2022 އާ ހަމައަށް ދީފައިވާ ހިދުމަތްތަކަށް ބަލާއިރު މީހުންގެ އިތުބާރު ކުޑަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނޭ.---ފައިލް ފޮޓޯ: މިހާރު
18 ޖެނުއަރީ 2025 - 18:52
ޓްރާންސްޕޯޓް މިނިސްޓްރީން އާންމުންނަށް ދޭ ހިދުމަތްތައް ލަސް ކަމަށާއި އޭގެ ސަބަބުން ހިދުމަތުގެ ފެންވަރު ދަށްވެ، އާންމުން އެ މިނިސްޓްރީ އަށް ކުރާ އިތުބާރު ކުޑަކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުގެ 2021-2022 ގެ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.
އެއީ ސެޕްޓެމްބަރު 2021 އާއި އޮގަސްޓް 2022 އާ ހަމައަށް އެ މިނިސްޓްރީން ދީފައިވާ ހިދުމަތްތަކާ ގުޅޭ ގޮތުން ހަދާފައިވާ އޮޑިޓެކެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެ މުއްދަތުގެ ތެރޭގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރާ "މެޓްރިސް" ސިސްޓަމުގައި ކޮންޓްރޯލް މައްސަލަތައް ހުރުމުން، އެ ސިސްޓަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި ވުުން ހިމެނެ އެވެ. އޭގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައިވާ ގޮތުން ހިދުމަތް ދިނުމުގައި އިންޓަގްރޭޓް ކޮށްފައިވާ ގިނަ ސިސްޓަމްތަކެއް ބޭނުންކުރަން ޖެހުމުގެ ސަބަބުން ސިސްޓަމްގެ ބޭރުންނާއި މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެ، ހިދުމަތް ދިނުމަށް ނަގާ ވަގުތު އިތުރުވެ އެވެ.
"ސިސްޓަމްތައް ޒަމާނީ ޓެކްނޮލޮޖީ އަށް ފައްތަން ކޮށްފައިވާ މަސައްކަތުން، އަހަރުތަކަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލަތަަކަށް ހައްލެއް ލިބިފައި ނުވުން. އެގޮތުން މިނިސްޓްރީން ފޯރުކޮށްދޭ ކަނޑު އުޅަނދުފަހަރާ ގުޅޭ ހިދުމަތްތަކަށް ހާއްސަ ކޮށްގެން ފަރުމާކުރަން ފެށި ޓޭވީސް ސިސްޓަމް ބޭނުންކޮށްފައި ނުވުމާއި ހިދުމަތްތައް އެއް ސިސްޓަމެއްގެ ދަށަށް ގެނައުމަށްޓަކައި ތައާރަފުކުރި ސިމްސް ސިސްޓަމުން އިންޓަގްރޭޓެޑް ހައްލެއް ލިބިފައި ނުވުން،" މައްސަލައެއްގެ ގޮތުގައި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަން 2023 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ހަފުލާއެއްގައި އޭރުގެ މިނިސްޓަރު އާއިޝަތު ނަހުލާ އާއި ބައެއް މުވައްޒަފުން.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ޓްރާންސްޕޯޓު މިނިސްޓްރީގައި އައިޓީ ސިސްޓަމް ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ވެސް ނެތް ކަމަށެވެ. އަދި އައިޓީ ސިސްޓަމްތައް ހަރުދަނާ ކުރުމަށް މިނިސްޓްރީން ތަންފީޒު ކުރާނެ ދުރުރާސްތާ ޕްލޭނެއް ވެސް ހަދާފައި ނެތް ކަމަށް ބުންޏެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ބުނީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފިޔަވައި އެހެނިހެން ހިދުމަތްތަކާ ގުޅިގެން ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ ތެރެއިން 25،347 އެޕްލިކޭޝަން މީޑިއަމް އެވްރެެޖްކޮށް، 49 ޕަސެންޓް އެޕްލިކޭޝަން ސާވިސް ޗާޓުގައިވާ ހިދުމަތަށް ވުރެ އެ މުއްދަތުގައި ލަސް ކަމަށެވެ. އަދި ކަނޑުދަތުރުފަތުރުގެ ހިދުމަތްތަކުގެ 6،587 އެޕްލިކޭޝަނުގެ ތެރެއިން 43 ޕަސެންޓް ހިދުމަތް ލަސް ކަމަށް ވެސް ބުންޏެވެ.
އޮޑިޓުން ފާހަގަވި އެއް ކަމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތައް ގިނަ ކަމެވެ. ޝަކުވާތަކާއި މައްސަލަތައް ފޯނު ކޯލާއި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ގޮތެއް އޮތަސް، ކޯލް ސެންޓަރު ހިންގާނެ ވަކި އުސޫލެއް ނެތެވެ. އީމެއިލްތަކުން ވެސް ހައްލު ލިބުނުކަން ޔަގީނެއް ނުވެ އެވެ.
މުވައްޒަފުންނަށް އެންގުމަކާ ނުލައި އެ މީހުންގެ މަސްއޫލިއްޔަތުތައް އެހެން މީހުންނާ ހަވާލުކުރުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ތަމްރީނު ޕްރޮގްރާމުތައް ހިންގާފައި ނުވާކަން ވެސް އޮޑިޓު ރިޕޯޓުން އެނގެ އެވެ.
"ހިދުމަތް ފޯރުކޮށްދިނުމުގެ ސާވިސް ޗާޓްތައް 2022 ގައި އާންމުކޮށްފައިވީ ނަމަވެސް ހިދުމަތްތައް ފޯރުކޮށްދެނީ ސާވިސް ޗާޓާ އެއްގޮތަށްތޯ ބެލުމަށް އެސެސްމަންޓެއް ހަދައި، ހިދުމަތް ދިނުމަށް ލަސްވެފައިވާ އެޕްލިކޭޝަންތައް ދެނެގަނެ ހިދުމަތުގެ ދުވެލި އަވަސްކުރުމަށް ފިޔަަވަޅު އަޅަފައި ނުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، އާންމު ރައްޔިތުން މިނިސްޓްރީ އަށް ކުރާ އިތުބާރު ކުޑަވުން،" އޮޑިޓް ރިޕޯޓުގައި ވެ އެވެ.
އެ މައްސަލަތަކާ ގުޅިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުމަށް އިސްލާހު ގެނައުމަށް ލަފާތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އައިޓީ ސިސްޓަމްތައް ބަލަހައްޓާނެ ގޮތުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލައި ހިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކުރެވޭ ގޮންޖެހުންތަކަށް ހައްލު ކުރެވޭނެ ގޮތަށް ވީ އެންމެ އަވަހަކަށް ސިސްޓަމްތައް ގާއިމުކުރުން ހިމެނެ އެވެ.
ސިސްޓަމަށް ބަދަލު ގެނައުމުގެ ޒިންމާ ނަގާ މުވައްޒަފާއި ގެންނަ ހުރިހާ ބަދަލުތަކެއްގެ ތަފްސީލު ސިސްޓަމުން ފެންނާނެ ގޮތެއް ހަމަޖެއްސުމުގެ އިތުރުން މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންނަށް ސިސްޓަމަށް އެކްސެސް ދިނުމަށް ވެސް އޮޑިޓަ ޖެނެރަލް ލަފާ ދެއްވި އެވެ.
ސިސްޓަމްގެ ލޮގްތައް ގަވާއިދުން ރިވިއުކޮށް، މޮނިޓާ ކުރުމަށް ވެސް އޮޑިޓާ ޖެނަރަލްގެ އޮފީހުން ޓްރާންސްޕޯޓު މިނިސްޓްރީ އަށް ދިން ލަފާގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންކާ
19 January 2025
އޮޑިޓު އޮފީސް މީ އޮންނަ ތަނެއްކަންވެސް ހަނދާން ހުންނަނީ އަހަރަކު އެއްފަހަރު ދެފަހަރު. އޮޑިޓަރ ޖެނެރަލް ހުންނަ ގޮތެއްވެސް ނޭގޭ ގިނަ ރައްޔިތުންނަކަށް.
ޑިގު
19 January 2025
ޚިދުމަތް ރަނގަޅުވާނީ ޚިދުމަތެއް ދެވިގެންނޫންތޯ
އޮޑިޓޭ
19 January 2025
އޮޑިޓު އޮފީސް އޮޑިޓް ކުރަން ވެއްޖެ 2022 ގެ ރިޕޯޓު މި އަންނަނީ 2025 ގަ
މޮދެ
19 January 2025
މިހާރުވެސް ޙިދުމަތް ވަރަށް ލަސް. މާމަތީގަ އުޅޭ ބައެއް.
ޓްރާންސްޕޯޓް މޭން
19 January 2025
އެއްވެސް ސާވިސް ސްޓޭންޑަޑް އެއް ނެތް ކަމަށް ފާހަގަ ކުރެވޭނީ، ކުރިން ފޯމު ހުށަހަޅާ ވަގަުތު ފައިސާ ބަލައިގަނެ ވެރިފިކޭޝަން ވަގުތުން ނިންމާފައި 4 ވޯކިން ޑޭސްގައި އައު ރަޖިސްޓްރީ ލިބޭ، މިހާރު އޮލައިކޮށް ހުށަހަޅާފައި 3-4 ދުވަސް ވެރިފިކޭޝަންގައި، ދެން ޑޮކިއުމަންޓްތައް ހުށަހަހަޅާ ދުވަހު ވެިރފަރާތް ވެރިފިކޭޝަން ހަދައި ފައިސާ ދައްކަން 2-3 ދުވަހުގެ ތެރޭގައި އަންގާ، ދެން ފައިސާ ދައްކާފައި އަނެއްކާ ހިރިނުލާ 2-3 ދުވަހުހޭދަވެގައި ޕޮރޮސެސިންގ އަށް ސްޓޭޓަސް
ގުދޯގުދޯ
19 January 2025
2022 ގެ ރިޕޯޓެއް ނެރެވުނީ 2025 ގައި. 3 އަހަރު ފަހުން. އެހެންމީހުންގެ މަސައްކަތް ލަހޭ ކިޔާފަ ރިޕޯޓު ނެރުނު މީހުންގެ މަސައްކަތް މިވަނީ 3 އަހަރު ލަސްވެފައި. މިގޮވަނީ އަސްލު ގުދޯގުދޯ. ދެން ތި އޮޑިޓް އޮފީހުގެ މަސައްކަތް ބަލާނެ ފުރުޞަތު އަހަރުމެންނަށް ދީބަލަ. އޭރުން ހަމަ ތިޒާތުގެ ރިޕޯޓެއް ލިޔެ މާ އަވަހަށް ނެރޭނަން.
ައަދުރޭ
19 January 2025
ރިޕޯޓު ނެރުން ލަސްވަނީ، މުސާރަކުޑަކަމުންނާ ބޮޑު އޮފީހެއް ނެތުމުންނާ މުވައްޒަފުންނަށް ބިރުދައްކާތީޔޯ
ސަރގް
19 January 2025
ހުރިހާތަނެއްގެ ހާލަތު، ގިނައޮފީސްތަކުގެ ވެރިންނަށް ހީވަނީ ޓެކްނީޝަނެއް ހުރީމައި ނިމުނީކަމަށް، ރާއްޖޭގައި ކަންކަން ތަރުތީބުކުރެވެނީ ޑޮކްޓަރުންނާއި، ސލާމަތީބާރުތަކާއި ސިޔާސީމީހުންގެ ފައިދާއަށް، ކިތައް މުއައްސަސާގަތޯ ނެޓްވަރކް، ސައިބަރ ސެކިއުރިޓީ، ޑިވެލޮޕަރުން ސްޕެސަލިސްޓުން މިނިވަންކަމާ، ރަގަޅުމުސާރައަކާއި ތައުލީމާއި ތަމްރީންފޯރު ކޮއްދީގެން ގެންގުޅެނީ، ނުވިތާކަށް އޮފީސްތަކުގައި މަޖާނެގުމާއި ބޭކާރު ކަންކަމަށް ބަޖެޓްކުރާއިރު އައިޓީއަށް ބަޖެޓެއްނޯވޭ
ވިސްނާށޭ
19 January 2025
މުޅި ސަރުކާރުގެ ޚިދްމަތުގެ ދުވެއްޔާއި އަދި އުފެއްދުންތެތިކަން މިވަނީ 2009 ވަނަ އަހަރުން ފެށިގެން އިންތިހާ އަށް ދަށަށްގޮސްފައޭ ބަލަގަ ތިޔާ ބުނާ ބުޅާ ތަކެއް ކޮއްޓަކަށް ލާން މާލެ ސިޓީ ކައުންސިލާއި ސަރުކާރު އުޅޭތާ 2 އަހަތުވަނީ ޚަރަދުކޮށްފި 200 މިލިއަން ރުފިޔާ އެތަން މިހާރު ވީރާނާ ވަނީ އެންމެ ބުޅަލެއް ވެސް ނުގެންދެވޭ މާލެ ސިޓީ ކައުންސިލް އެއީ ވެރިކަން ކުރާ ރަށަށް ބޭނުންވާ ބައެއް ނޫނޭ އެއީ މަގުވިއްކާ ކަޓްކާން ތިބޭ ބަޔެކޭ މީ ހަގީގަތަކީ ވިސްނާށޭ ވަގުންނޭ
ގައުމް
19 January 2025
ގައުމުގައި އޮތް އެންމެ ކަޑަ މިނިސްޓްރީ. ހުސް މުސްކުޅިން ކައުންޓަރުގަ. ރަނގަޅަށް ވާހަކަދައްކަން ނޭނގޭ މީހުން.