ތުރުކީގެ ހޮޓެލެއްގައި ހިނގި އަލިފާނުގެ ހާދިސާ: އެ ހާދިސާގައި 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި --- ފޮޓޯ/އޭއެފްޕީ
22 ޖެނުއަރީ 2025 - 15:07
ތުރުކީގެ ހޮޓަލެއްގައި އަލިފާން ރޯވެ 70 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
މި ހާދިސާގައި އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ސާފެއް ނުވި ނަމަވެސް މީޑިއާތަކުން ރިޕޯޓުތަކުގައިވަނީ އަލިފާން ރޯވީ ހޮޓެލްގެ ހަތަރު ވަނަ ފްލޯގައި ހުރި ރެސްޓޯރެންޓެއްގައި ކަމަށެވެ.
މި ހާދިސާ ހިނގިއިރު ހޮޓެލްގައި ތިބި 234 މީހުންގެ ތެރެއިން 76 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އަލިފާން ރޯވުމުން ސަލާމަތްވާން ފުންމާލި ދެ މީހަކު ވެސް ހިމެނެ އެވެ. އަދި އިތުރު 51 މީހަކަށް އަނިޔާވިއިރު، އޭގެ ތެރެއިން 17 މީހަކު ވަނީ ފަރުވާއަށްފަހު ދޫކޮށްލައިފަ އެވެ.
ތުރުކީގެ ކަމާބެހޭ އިދާރާތަކުން ބުނީ އެ މައްސަލާގައި ނުވަ މީހުން ހައްޔަރުކުރި ކަމަށެވެ. އޭގެ ތެރޭގައި ހޮޓެލްގެ ވެރިފަރާތް ވެސް ހިމެނެ އެވެ.
މީޑިއާތަކުގައިވާ ގޮތުން މި ހޮޓެލްގައި ހަރުކުރަން ޖެހޭ އަލިފާން ނިއްވާ ނިޒާމު ހުރީ ގާއިމް ނުކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދަ
22 January 2025
އިޒުރޭލަށް ސަމާލުވޭ
ރޯނު
22 January 2025
މިހެންވެ މަ ބުނީ އެމެރިކާގެ އަލިފާންގަޑު ފެތުރުނީމަ އަތް ނުޖަހާށޭ.
މުންނާރު
22 January 2025
ރާއްޖޭގައި ދައުލަތުގެ 3 އިދާރާ އަދާއަޅިއަށްވެ އެތައް މުހިއްމު ލިޔެކިޔުންތަކެއް ގެއްލިގެން ދިޔައިރުވެސް ޒިންމާވާނެ މީހަކު ނުވި،