ހުޅުމާލޭ ހޮސްޕިޓަލް: ފިހުނު ކުއްޖާއަށް އެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން --- ފޮޓޯ/މިހާރު
23 ޖެނުއަރީ 2025 - 14:43
ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް ވިޔަސް، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައި އޮތުމުން މި ވަގުތު ފަރުވާ ދެމުން އަންނަނީ އެޑްމިޓުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފިހުނީ، ގޭސް އުނދުން ޖެއްސުމަށް ފަހު ލައިޓަރުން އުނދުން ރޯކުރި ވަގުތު އެވެ. އޭރު ވަރަށް ބޮޑަށް ގޭސް ލީކުވެފައި ހުރުމުން ބާރު ގޮވުމަކާ އެކު ހުޅު ހިފީ އެވެ.
މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ.
އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ނެތް ކަމަށް އެތަނުން ބުންޏެވެ. އެހެންވެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަންތިބޭ
25 January 2025
ކުއްޖާ 13 އަހަރު ....... ބެލެނިވެރިޔާ ކުއްވެރިވާންޖެހޭ
شفاك الله
24 January 2025
ވަރަށް ހިތާމަވެރި ޙާދިސާ އެކެވެ. އާދައިގެ ގޭބިސީ ތަކުގައި ކަރަންޓުން ކެއްކުން ރަނގަޅު ކަމަށް ފެނެއެވެ. ކެއްކުމަށް ގޭސް ފަދަ ނުރައްކާތެރި ނޫން އެއްޗެއް އުފައްދާނެ ނަމައޭ ހިތަށް އަރައެވެ.
ހޮޓްކިންގ
24 January 2025
މީ ސްކޫލްތަކުން ފެށިގެން ކޮމިޔުނިޓި ފެންވަރުގަވެސް މައުލޫމާތު ދެވެންޖެހޭ ކަމެއް.
ސޭކުސްތާން
23 January 2025
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި
ޒިއްމާ އަދާ ނުކުރެވެނީ
23 January 2025
މިވަރު ގެ ކުޑަ ކުދިން ނަށް މިކަހަލަ ކަންކަމުން ރައްކާ ތެރި ވާނަ ދަސްކޮށް ދޭން ޖެހޭ އަދި ޒިއްމާދާރު މީޖަކު ނެތީސް އަކަނި ގޭސް އުދުނާ ކުލެން ދޫކޮށްލާ ކަށް ނުވާނެ .