24 ޖެނުއަރީ 2025 - 09:48
ދުބާއީގެ ކުންފުނި، ސަމަނަ ޑިވެލޮޕާސް އިން ރާއްޖޭގައި 600 މިލިއަން ޑޮލަރު (9.3 ބިލިއަން ރުފިޔާ) ގެ ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ހއ. މެދަފުށީގައި ހަދާ އެ ރިސޯޓުގައި 190 ވިލާ ހެދުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓަ ވިލާތަކުގެ އިތުރުން ޕޫލްސައިޑް އެޕާޓްމަންޓްތައް ވެސް ހިމެނެ އެވެ.
އެ ރިސޯޓަށް ސީޕްލޭންގައި 45 މިނެޓުން ދެވޭ އިރު ފަސް ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި ހޯރަފުށީ އެއާޕޯޓް އޮވެ އެވެ. އެ ރިސޯޓު ނިންމަން ހަމަޖެހިފައިވަނީ 2029 އަހަރު އެވެ.
އެ ރިސޯޓުގައި ސްޕާ އާއި ވެލްނަސް ސެންޓަރެއްގެ އިތުރުން އަރަބިކް، ޖަޕަނީސް ކުޒީންތަކަށް ހާއްސަ ރެސްޓޯރެންޓްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. ފިޓްނަސް ސެންޓަރުގެ އިތުރުން މުނިފޫހިފިލުވޭނެ އިތުރު ހަރަކާތްތައް އެ ރިސޯޓުގައި ހެދުމަށް ވަނީ ރާވައިފަ އެވެ. އެ ރަށް ތަރައްގީ ކުރަނީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިމެނޭ ހެންނެވެ.
ސަމަނަ ޑިވަލޮޕާސްގެ ސީއީއޯ އިމްރާން ފާރޫގް ވިދާޅުވީ، ދުބާއީގެ ތަޖުރިބާއާ އެކު ރާއްޖެ ފަދަ ގައުމެއްގައި ލަގްޒަރީ ރިސޯޓެއް ހެދުމަކީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ.
ހއ. އަތޮޅުގައި އާ ރިސޯޓެއް އަޅާ އިރު ހދ. އާއި ހއ. ހިމެނޭހެން އެ ސަރަހައްދުގައި މިވަގުތު އޮޕަރޭޓުކުރަނީ ތިން ރިސޯޓެވެ. ރާއްޖޭގައި މިވަގުތު 172 ރިސޯޓުން ހިދުމަތްދޭ އިރު މާލެ ސަރަހައްދުގައި 56 ރިސޯޓު ހިންގަ އެވެ. ދެން އެންމެ ގިނަ ރިސޯޓު ހިންގަނީ އދ. އާއި ބ. އަތޮޅާއި ރ. އަތޮޅުގަ އެވެ. އޭގެއިން ކޮންމެ އަތޮޅެއްގައި ވެސް 17 ރިސޯޓު އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޙްލް
25 January 2025
ހަމަޖެހޭ ވާހަކަ ސަރުކާރުން ދައްކާނަމަދޯ. ފުރަތަމަ ކަމަކައް 190 ވިލާ މެދަފުށީގަ ހެދޭނެގޮތެއްނޯންނާނެ. ތީ ވަރަށްކުޑަ ވެލިގަނޑެއް. ފަޅުގަ ޖާގަ ނޯންނާނެ. ފުން ފަޅެއް. ހެސްކިޔާފަ ރާޅުހުންނަ ފަޅެއް. 190 ވިލާ 600 މިލިޔަން ޑޮލަރުން ހަދަނީ ރަނުންތޯ ސުވާލު އުފެދޭ އަދި މިރޭޓްގަ ހަދާގެން ވިއްކަނީ ކޮންބަޔަކަށް ކޮން އަގެއްގަތޯ ސުވާލުއުފެދޭ. ހަނިމާދޫއިން މެދަފުއްޓަށް އާމުގޮތެއްގަ 40 މިލެޓް ނަގާނެ. ގައްލަންދޫ ކަޑުގެ ގަދަދުވަހެއްގަ90 މިނެޓު ނަގާނެ
ގަރުދުގާނު
25 January 2025
ތިޔަ ހުސް ފޮނި ތި ތަން ލޮލަށް ނުފެންނާނެ ދިހަ އަހަރު ވާ އިރުވެސް ތަން ހުޅުވާއިރު ހަމަ ރާއްޖޭގައި މިހުންނަ އެހެން ރިސޯޓު ކަހަލަ ރިސޯޓެއް ފެންނަން އޮންނާނީ ދިވެހިން ނަށް އެވަރު ވިސްނެން ވާނެ މިހާރު
ޢަސްކަނި
25 January 2025
އެއްވެސް ކަންބޮޑުވުމެއްނެތް 600 މިލިއަށް ޑޮލްރުގެ ތެރެއިން ހޯރަފުށީ އެއަރ ޕޯޓު އިންޓަރނޭޝަލް އެއަރޕޯޓަކަށް ބަދަލް ކުރާގޮތަށް ހަމަޖެހިފައޮތީ އައިހެވަން ވެސް މިހާރު އެއޮތީ ނިމި ބަޖެޓަށް އަހަރަކު 500 މިލިއަށް ޑޮލަރު ވަދޭ ސިންގަޕޫރު ފެންވަރަށް ރާއްޖެ ބަދަލްވެފައި މިއޮތީ މުއީޒު މިގެނެސްދޭ ތަރައްގީ ހެޔޮހިތުން ބަލާގަންނަން !! ސުކުރިއްޔާ ދެރަކަމަކީ އަދިވެސް 19.76 ޑޮލަރު ލިބެން ހުންނާތީ!!
ޒައިި24
25 January 2025
ކުރެހުމާ އަނގައިން ތިޔަ ޒާތުގެ ކިތަންމެ ހެވަނެއް އަޅައިފި ޕީޕީ ކުދިން..
އަހުމަދު.
25 January 2025
ތިރިިސޯޓުން ދިވެއްސަކަށް ލިބޭނެ ވަޒީފާއެއް ވެސް ނޯންނާނެ. އަދި ނުވިތާކަށް ރިސޯޓް ސަޕްލައިވެސް ކުރާނީ ބިދޭސީ ކުންފުނި ތަކުން.
ސާޔަން
25 January 2025
އެމީހުން ގަވައިދުން ޑޮލަރުު މާރު ކުރަންޏާ ޑޮލަރުގެ އަގު ތިރިވެ ސަރުކާރާ ރައްޔިތުންނަށް ފައދާ ނުވާނެތޯ؟
ކޮރަލް
25 January 2025
ރިސޯޓް ތަކުގެ ވޯޓާ ބަންގަލޯ ފަދަ މަސައްކަތް ތަކަކީ ދިވެހީން ކުރި މަސައްކަތް ތަކެވެ. އެކަމު މިހާރު މަސައްކަތް ނުލިބެ އެވެ. ބިދޭސީން ބިސިނަލް ވިސާ ގަ އައިސް މަސައްކަތް ކޮށްފަ ދަނީ އެވެ. ރިސޯޓް ތަކުގެ ކޮންޓްރޯލް އިންޑިޔާ ލަންކާ މީޙުންގެ އަތް މައްޗަށް ހިނގައްޖެ އެވެ. އެއީ އިމިގްރޭޝަން އާ ޕޮލިހުންވެސް ޗެކް ކުރާ ތަނެއް ނޫނެވެ. ވޯކް ޕާމިޓް ނެތް މީހުން ފިލަން ވެސް އެތައް ބިދޭސީން އެބަ ދެ އެވެ.
ލަނޑާ ވައްތަރު
25 January 2025
ތިޔަ ކިޔަނީ ދިވެހީން ވާހަކަތާ އަދި ކެނެޑާގައި ވެސް މިހާރު ރީޓޭލް ފިހާރަ ގަނޑަކުންވެސް އެތަނު ދޮންމީހަކަށް ވަޒީފާ ނުލިބޭ ކަމަށް ވަނީ އިންޑިއާ މީހުން ވަޒީފާތައް ދެނީ އިންޑިއާ މީހުންނަށް
ޢަސްލައް
26 January 2025
ޜަނގަޅު ވާހަކައެއް އަސްލަކީ މިހާރު ތިޔަ ވިދާލުވާ ދިވެހި ކުންފުނި ތަކުގައި ކިތައްދިވޭހީން މަސައްކަތް ކުރޭތޯ ބަލާލަބަލަ؟ ޢަދި ތިޔަވިދާޅުވާ ކުންފުނިތައް އަދިވެސް މަސައްކަތް ކުރަނީ ސައިކަލް މަޑިދަށުގައި މިފަދަ އިންޓަރ ނޭސަނަލް ކުންފުނި ތަކުގެ މަސައްކަތް ކުރެވޭ ވަރައް ތަރައްގީވެފައި ވަނީ މަދުކުންފުނިތަކެއް އަދި ދިވެހި ކުންފުނިތައް އުޅެނީ ސަބްކޮންޓަރުންގެ ގޮތުގައި ބޭރުމީހުން ގޮވައިގެން މިއީ އަސްލަކީ
ވެރިޔާ ސައްމޫންއަށް
26 January 2025
އިމިގްރޭޝަން އޮފިސަރުން ވެއްޖެދޯ ރިސޯޓްތައް ރެއިޑްކުރަން، ހާއްސަކޮށް އަލަށް ހަދާރިސޯޓްތައް، ތި ރިސޯޓް އިންޑަސްޓްރީ އަކީ ހުރިހައި ދިވެހިރައްޔިތުންނަށް ވެސް އޭގެ މަންފާކުރަންވާނެ އިންޑަސްޓްރީ އަކަަށްވާއިރު، ހުރިހައި ދިމާލަކުންވެސް ފެންނަނި ބޭރުމީހުން އަތްގަދަކޮށް މި ޤައުމަށް ވަންނަ 95% ޑޮލަރު މިޤައުމުން ބޭރު ކުރާތަން، އެއީ ރިސޯޓް ކޮންސްޓްރަކްޝަންއިން ، ރިސޯޓް ސަޕްލައި، ސީނިއަރ ސްޓާރފުން، ، ޖޫނިއަރ ، ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތައް،
ވޯލް
24 January 2025
މި ރާއްޖެ ރީތިކޮށް އޮތިޔަ ނުދަެތި:
ކަޑޫފާތރެއިން
24 January 2025
ދ އަތޮޅުން ސިޔާމަށް ދޭނެ ރަށެއް ނެތްތަދެން
ބީތާޔާ
24 January 2025
ހއ. މެދަފުއްޓާ ކައިރީ އެއޮތީ ހޯރަފުށީ އެއަރޕޯޓް. 5 މިނެޓުން ދެވޭ. ދެން ކޮން ހަނިމާދޫ އެއަރޕޯޓަކަށް ދާކަށް
ފުތާބެ
24 January 2025
އެމީހުން އެހާ ބޮޑު އިންވެސްޓް މެންޓެއް ކުރަން އެއުޅެނީ ވެސް ހަނިމާދޫ އެއާ ޕޯޓަށް އެއަންނަ ތަރައްގީ އަށް ބަލާފަ ދުބާއީ އިން ސީދާ ދަތުރުތަށް ކުރެވޭނެ ކަމަށް ބަލާފަ. މި ސަރަހައްދަށް ޓޫރިސްޓުން ގެންނަށް ޑޮމެސްޓިކު ފުލައިޓަކުން އިތުރު ދިގު ދަތުރެއް ކޮއްފަ އައުމަކީ އެތަށް ވަގުތެއް ދަތުރު މަތީގަ ހޭދަ ކޮށްފަ އަންނަ ބަޔަކަށް ފަސޭހަ ކަމެއްނޫން. އެހެންވެ އަސްލު އިންވެސްޓަރުން ވެސް ޝައުގުވެރިކަން ކުޑައީ މި ސަރަހައްދުގަ އިންވެސްޓް ކުރަން.
ބަލާތި
24 January 2025
ދުބާއީ މީހުން ހަދާ ރިސޯރޓް ހަދައިގެން ދިވެހިންނަށް އެހާ ބޮޑު ނަފާ އެއް ނުލިބޭ އެމެން ކޮންޓްރެކްޓް ދޭނީ ވެސް ލަންކާ އަދި އިންޑިއާ ބަޔަކަށް ދިވެހި ޑިޒައިން އިންޑަސްޓްރީ ބައިވެރި ނުކުރާނެ އަދި ދިވެހިންނަށް އެއްވެސް ކޮންޓްރެކްޓެއް ނުދޭނެ ކަން މިހެން ހުރުމުން ދުބާއީ އަދި ސިންގަޕޯރ ކުންފުނި ތަކުން ރާއްޖޭގައި ކުރާ އިންވެސްޓްމެންޓް އިން އެއްވެސް ފައިދާ އެއް ދިވެހިންނަށް ނުުކުރެއޭ މީ ފެންނާން ހުރި ހަގީގަތަކީ ބަލަންތިބޭތި މިކަންވާނީ މިހެންނޭ ބަލާތި
ސާޔަން
25 January 2025
ރިޝޯޓު ތަރައްގީކުރަން ދިވެހިކުންފުންޏަކަށް ދިނަސް މަސައްކަތްކުރުވާނީ ބޭރުމީހުންލައްވާ ދެއްތޯ
ހޯރަފުށީ ޗާލުނަޔާ
24 January 2025
ދުބާއީގެ ކުންފުނި، ސަމަނަ ޑިވަލޮޕާސް އިން ހއ މެދަފުށީގަ 600 މިލިއަން ޑޮލަރު (9.3 ބިލިއަން ރުފިޔާ) ގެ ރިސޯޓެއް ތަރައްޤީކުރަންނިއްމުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 52އަހަރު ވެގެންދިޔައިރު އެއްމެ ރިސޯޓަކާ އެކު އިޤްތިސޯދީ މާބޮޑު ހަރަކާތްތަކެއް ނެއް ރާއްޖޭގެ އެއްމެ އުތުރުގެ ރައްޔިތުންނަށް ޙާއްސަކޮށް ޒުވާނުންނަށް ލިބިގެން ދިޔަ އުފާވެރިޙަބަރެއް.މިކަންހަޤީގަތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރަން.
އަހުމަދު.
25 January 2025
ވަޒީފާ ތަކަށް ނަގާނީ ބޭރުމީހުން.