ހުޅުމާލޭގައި ޓްރެފިކް ބަލަހައްޓަން ފުލުހަކު މިރޭ ހަރަކާތްތެރިވަނީ: ސައިކަލެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ވަނީ ހައްޔަރު ކޮށްފައި --- ފޮޓޯ/މިހާރު
25 ޖެނުއަރީ 2025 - 20:25
ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި އަލިފާން ރޯކޮށްލި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އެ ކޯޓުން މިއަދު ވަނީ ޖަހައިފަ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ ރޯކޮށްލާފައިވަނީ ޖަނަވަރީ މަގު ވެލިގާ ހާޑްވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގަ އެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުގައި، އޭނާ އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސައިކަލުގައި ރޯކޮށްލި ކަމަށް އެ މީހާ އިއުތިރާފުވެ، ކޯޓުގައި ބުނެފައިވާ ގޮތުގައި އެއީ ބަނގުރާ ބޮއެގެން މަސްތުގައި ހާލަތުގައި ހުރެގެން ކުރެވުނު ކަމެކެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ ގެއްލުން ދިން ސައިކަލަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ ކުރީގެ ފިރިމީހާގެ ސައިކަލެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާއަކީ ބަންދު ރެކޯޑް ގިނަ އަދި ކުށްކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީގެ ފިރިމީހާ
26 January 2025
ތިޔަ ވައްތަރުގެ ޒުވާނުންނަށް ބޯކޮށް ލޯބިވެރިން ލިބޭނެ! އަންހެނުންތައް މޮޔަވާނެ މިކަހަލަ ޒުވާނަކު ބަލައިލިއަސް!
މުހައްމަދު 22
26 January 2025
ކީއްކުރާނީ ގިނަ އަންހެން ކުދިންނަށް ކަމުދަނީވެސް މަސްތުގަޖެހި ގޭންގުތަކާ ގުޅުން އޮންނަ މީހުން
ނާޑުވާ
26 January 2025
ދައުވާ ކުރީ ސައިކަލެއްގަ ރޯކޮށްގެން. އެހެންވީމަ ބަނގުރާ ބުއިކަމަށް ކޯޓުގަ ބުންޏަސް އެއަށް ހުކުމެއް ނުކުރެވޭނެ. ޖުޑިޝަލް ޖުހާ ސިސްޓަމް.
ޓަކިރު
26 January 2025
“ކުއްކުރާ ޖަމާއަތަކަށް ނިސްބަތްވާ” … ފުލުހުން މިހާރު “ގޭންގް” ކިޔަން ބޭނުން ނުވަނީތަ؟
އެޑްމުންޑޯ
26 January 2025
ބަނގުރާ ބޮއިގެން މަސްތުގެ ހާލުތަގައޭ ، އެހެންވީމާ ބަނގުރާ މިއި ނުބައި ނުލަފާ ކޮންމެ ކަމެއްކުރަން ބޭނުންކުރާ އެއްޗެއްކަމަށް އެބޯމީހުންވެސް އިއުތިރާފްވޭ ، ވަރަށް ގިނަޒުވާނުން ބަނގުރަލުގެ ވަބާގައި ޖެހިހަލާކުވަމުންދާކަން ފާހަގަކުރެވެނީ
ކަތްދައްަތަ
26 January 2025
“ލޯބިވެރިޔާގެ ވެރިޔާގެ ކުރީގެ ފިރިމީހާ”ދެމީހުންކުރެ އެކަކުގެވެސް ބާރެއް ތިޔަ ލޯބިގަޑަކަށް ނެތެއްނު. ކުރީގެ ފިރިމީހާ އަށް ވީމާ ހުންނާނީ ދޫކޮށްލަފަ ތާއެވެ.
ދައިތަގެ
26 January 2025
ދީނުގަ ވެސް ބޮޑެތި އަދަބު ކަނޑައެޅިފަވާ ކުއްތަށް ތިހިރީ މުދަލަށް ގެއްލުން ދިނުން ބަނގުރާބުއިން ކައިވެނިނުކާށް އުޅުން ހަބަރުގަ ކުށަކަށް ލިޔެފަ އޮތީ މުދަލަށް ގެއްލުންދިނުން އެކަނި ހީވަނީ ދެންހުރީ ހޔސްވެސް ހުއްދަކަންތަށްހެން މި ކީމަ
މަތިކިޅި
26 January 2025
ގޭންގު ނުލިޔަން ވެގެން ނޫސްވެރިޔާ ވެސް މި ލިޔަނީ "ކުށްކުރާ ޖަމާޢަތް" މިހެން. ގޭންބު ލިޔަން ނުކެރިގެން ތަ ތި އުޅެނީ؟
އިހްސާސް
26 January 2025
ބަނގުރާ ބޮއި އަމަލުވެގެންވެސް ގޮސް ހަމަ ސީދާ ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ހޯދާ ރޯކުރަން އެނގިއްޖެ. ބަނގުރާ މިގައުމުގަ ބޮވެނީ ދިވެހި ދައުލަތުން ރާއްޖެއަށް ބަނގުރާ އެތެރެކުރުމުގެ ހުއްދަ ދީފައިވާ މީހުން އަތުން އެލިބިގެން. ބަނގުރާ އެތެރެކުރުން ހުއްޓާލާ..
ޑރ ވާންޗޯ
25 January 2025
މީހުންގެ މުދަލަށް ގެއްލުންދިނުމާ، ބަނގުރާބުއިމާ މިދެކަންތަކަށް ހުކުމް ކޮށްފަ ޖަލުގަބަހައްޓާކަށް ނުޖެހޭބާ؟.