އާސަންދަ ކުންފުނީގެ އެމްޑީ ޒީނިޔާ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ .---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
26 ޖެނުއަރީ 2025 - 12:58
އާސަންދަ ކުންފުނީގެ ކޭސް ޕްރޮސެސިން ޑިޕާޓްމެންޓު އަންނަ މަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަން އިއުލާން ކުރުމުން އެކަމާ ދެކޮޅަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ރައީސް އޮފީހާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
އާސަންދައިގައި މަސައްކަތް ކުރާ ފަންސާއެއްހާ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި ވާ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގެންނަން ނިންމާފައިވާ މި ބަދަލުތަކުގެ ސަބަބުން އެ ކުންފުނީގައި މަސައްކަތް ކުރާ 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި ކުންފުނީގެ މަސައްކަތްތަކަށް އަސަރު ކުރާނެ އެވެ.
ޕެޓިޝަނުގައިވާ ގޮތުގައި، ކޭސް ޕްރޮސެސިން ޔުނިޓާއި ސުޕަވައިޒަރުންގެ މަގާމުތައް އުވައިލުމަށް ފަހު، އޭގެ ބަދަލުގައި ކޮންމެ ޝިޕްޓަކަށް އިންޗާޖެއް ލާން ނިންމި ކަން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އިއުލާނު ކުރައްވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
މި ނިންމުމާ ގުޅޭ ގޮތުން ޒީނިޔާގެ ބަހެއް މިހާތަނަކަށް ނުލިބުނެވެ.
މުވައްޒަފުންގެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުން އެ ނިންމުމާ އެކު، އާސަންދަ ކުންފުނީގައި އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރަމުން އައި މުވައްޒަފުންގެ މަގާމުތައް އުވި، އެ މީހުންގެ މަސައްކަތުގެ ތަޖުރިބާ އާއި ތަމްރީނާ ނުގުޅޭ މަސައްކަތްތައް ކުރަން މަޖުބޫރު ވާނެ އެވެ.
ކުންފުނިން މި ބަދަލު ގެނައީ މުވައްޒަފުންނާ އެއްވެސް ގޮތަކަށް މަޝްވަރާ ކުރުމެއް އަދި އޭގެ މުހިންމުކަން ސާފުކޮށް ބަޔާންކޮށްދިނުމެއް ނެތި ކަމަށާއި އޭގެ ސަބަބުން މުވައްޒަފުންގެ އަގު ވަޒަން ނުކުރެވުމުގެ އިހުސާސްވެ، މުވައްޒަފުން ޑީމޯޓުވެފައިވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
- ކޭސް ޕްރޮސެސިން ޑިޕާޓްމެންޓު ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ދިނުން.
- ސުޕަވައިޒަރުންގެ މަގާމުތައް އިއާދަކުރުން.
- މުވައްޒަފުންގެ އިތުރު ޑިއުޓީތަކާއި އިތުރު މަސްއޫލިއްޔަތުތަކަށް ދެމުން އައި 1،000 ރުފިޔާގެ ސުޕަވައިޒަރީ އެލަވަންސް އަލުން ދޭން ފެށުން.
- މަސައްކަތުގެ ވޯކްލޯޑް ހަމަހަމަކުރުން
- މުވައްޒަފުންނާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ ގޮތަށް މަޝްވަރާއާއެކު ކަންކަން ކުރުން
މުވައްޒަފުންގެ ޕެޓިޝަނުގައި ވަނީ ކުންފުނީގެ މެނޭޖްމަންޓުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ވަޒީފާ މަތިން ފޫހިވެ، ބައެއް މުވައްޒަފުން ވަޒީފާއިން ވަކިވެފައިވާ ކަން ވެސް ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން މިހާރު ތިބި މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިވެ، މެނޭޖުމަންޓަށް އިތުބާރު ކުޑަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބޭ.
28 January 2025
އާސަންދައިން ދޭ ޚިދުމަތަކީ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރަނގަޅަށް ދެވޭ ޚިދުމަތަކަށްވުން ތޯ ނޫނީ ތިޔަ ބުނާ 50 މީހުން ލައިގެން ހަމަ އެގޮތަށް ކުރިއަށް ގެންދަންވޫތޯ ? ޑިޕާރޓްމަންޓް އުވާލަން ޖެހުނީ ހެޔޮ ބަދަލެއް ގެންނާން. ބަދަލަށް ހޭނޭ މިންވަރު ސުމެއްނު.
ދިރާސާވެރިޔާ
27 January 2025
އާސަންދަ އުވާލައި ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު 200،000ރ ގެ ކަވަރޭޖު ހެލްތު އިންޝުއަރެންސް ޕެކޭޖެއް ދައުލަތުގެ އިންޝުއަރެންސް ކުންފުނި އެލައިޑުން ހަމަޖައްސަންވީ .. އަހަރީ ޕްރީމިއަމް 5000ރ އަށް ވުރެ ކުޑަ އަދަދެއް ކަނޑައަޅައި ޕްރީމިއަމްގެ 40%ޕަސެންޓް ރައްޔިތު މީހާ ދައްކައި ބާކީ 60% ޕަސެންޓް ދައުލަތުން ދައްކަން ޖެހޭ ގޮތަށް ހަދަންވީ .. ދިވެހިން އެމީހުންގެ ސިއްޙީ ފަރުވާއަށް ކޮންމެވެސް ވަރަކަށް ޒިންމާދާރުކަމެއް ބަހައްޓަން ޖެހޭ..
ސިމާދްް
27 January 2025
ޝަކުވާ މަދުކޮށް ވެރިޔާގެ އަމުރަށް ތަބާވެބަލަ. ގައިމު ކަންކަން ރަނގަޅުނަމަ ތިކަހަލަ ބަދަލުތަށް ނުގެންނާނެދޯ.
ޙަމަހަމަ
27 January 2025
ތިޔަ ވިދާޅުވާ ޑިޕާޓްމަންޓް އުވާލާފަ ތަނުގެ ހިންގުން ހަރުދަނާ ކުރަން ވެފައި އޮތީ. ކުރިން ކަންތައް ވަމުން އައީ މުއްސަނދި މީހާ އަށް އާސަންދަ ލިބިފައި ފަގީރު މީހާއަށް ނުލިބުން. މިކަން ބަދަލުވާން އެބަ ޖެހޭ. ބަދަލުވާނީ ތިޔަ މުއައަސަސާ ހަރުދަނާ ގޮތެއްގައި ރިފޯމްވެގެން.
ރަމަ
27 January 2025
އުވާލާފަ ތިކުރަންއުޅޭކަމެއް ކުރެވޭނެގޮތައް އިތުރު ބަދަލުތަކާއިކު އެކުލަވާލާ މިސަރުކާރުގެ މައިގަނޑު އަމާޒަކީ ލިބުނުއެއްޗެއް އަތުޖެހުނުތަނަކުން ހޯދުން. ޕާރޓީ ކުދިންވެސް ބޭނުންވާނެ ފައިސާ.
ދެރަސޮރު
27 January 2025
ސާބަހޭ، އާސަންވެސް އުވާލާފަ، ސިޓީ ހިފައިން ރިޔާސީ ގަނޑުވަރު ދޮށަށް ސަލާމް ޖަހަން ދާގޮތަށް ހަދަނީ، އަހަރެމްންނަށް ވާނޭ ކިޔާފަ އައިސް ރައްޔިތުން ގަނަތަޅުވަނީ، އަދިވެސް ތިބޭ ބާރަށް އަތްޖަހަން ދުވަސްވީމުންގެ އެލަވަންސް ކަނޑާލަި، އާސަންދަ ކަނޑާލައި، ޓެކްސް ބޮޑުކޮށް، ޑިއުޓީ ބޮޑުކޮށް، ޕްރޮޖެކްޓް ތަށް ހުއްޓާލާ، ކުޑަސިޓީ، ކުޑަސިޓީ، ކުޑަކުދިންދޭ ކުޑަނޯޓަށް ބަޖެޓް ހުސްކޮށްލާ.... ސާބަހޭ ސާބަހޭ ތިޔަކުރެވެނީ މޮޅުވެރިކަމެއް
އެނދިމަރިޔަނބު
27 January 2025
އޮފީސް އޮފީހުގަ އުޅޭ މުވައްޒަފުންނަށް ހީވާކަހަލަ ޕްރައިމަރީ ގޯލް އަކީ އެމީހުން ރުއްސައިގެން އެމީހުން ހިތް އެދޭ ގޮތައް ހުރިހާ ކަމެއް ބައްޓަން ކުރުމޭ. ފުރަތަމަ ކަމަކީ އެ އޮފީހަކުން ދޭ ޚިދުމަތެއް ރައްޔިތުންނަށް ދިނުން، މަގާމު ހަދާނީވެސް އުވާނީވެސް އެ ވިސްނުމުގައި، އެއީ މީހާ ރީތިވެގެން އެމީހާއަށް ދޭން ހަދާ އެއްޗެއް ނޫން.
މިނދބދނދ
27 January 2025
މީދޯ މި ވާގޮތަކީ. ވަރަށް ދުވަސް ވެެއްހެ އެންސްޕާ އަށް ލައިގެން އެމީހުން ޕްރޮސެސް ނުކޮށްދީގެންއުޅޭތާ
ދޮންބެއްޔާގެދަރި
27 January 2025
ކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަަވަޅެއް އަޅާނެ. އަހަރުމެން 10 އަހަރު މިވަނީ ކިޔަވައިގެން ހުރި ދާއިރާއާ ނުގުޅޭ އެޑްމިން މަސައްކަތް އޮފީހެއްގައި ކުރާތާ. މިޤައުމުން ވަޒީފާ ހޯދުމަކީ ފަސޭހަކަމެއް ނޫން. ޝަކުވާއެއް ނުކުރަން ތިފާޑަށް. މުސާރަކޮޅު ލިބުނީމަ ޝުކުރުކޮށްގެން އުޅެނީ. ކިޔަވައިގެން ހުރި ދައިރާ ނޫންދާއިރާ ތަކުގައި މަސައްކަތް ކުރާ ސަރުކާރުގެ އެތައް ހާސް މުވައްޒަފުންޏެއް އުޅޭ. ތިފާޑަށް އުޅެގެން ދުވަހަކުވެސް ރަނގަޅު ވަޒީފާއެއްގައި ނޫޅޭވޭނެ.
އިދާރާ
27 January 2025
ތިޔަ ހުރިހާ މުވައްޒަފުންނާ ނުލައި ކުންފުނީގެ މަސައްކަތް ވާނެކަމަށް މެނޭޖްމަންޓުން ބުނަންޏާ މުވައްޒަފުންތައް ބައިތިއްބައިގެން އޯވަރހެޑްސް ބޮޑުކުރުމުގެ ބޭނުމެއް ނެތް. ހަރަދުކުޑަކުރަން ޖެހޭ. ރައްޔިތުން އިސްކޮށް، ކުންފުނި އިސްކުރަންޖެހޭ.