ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ކުރިން ބޭއްވި އެއްވުމެއް: ދަރިފުޅާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ވަނީ ދޫކޮށްލާފައި.
26 ޖެނުއަރީ 2025 - 16:37
ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަމިއްލަ ދަރިފުޅާއި އިތުރު އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
އެ މީހާއަކީ މީގެ 13 ވަރަކަށް އަހަރު ކުރިން ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހެކެވެ. އެފަހަރު އޭނާއަށް ދައުވާއެއް ނުކުރެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ ދަރިފުޅާއި އިތުރު ކުއްޖަކަށް ބެހުނު މައްސަލައެއް ފަޅާއެރީ "ބައްޕަ ލޯބިން ކުރާ ކަމެއް" ކަމަށް ބުނެ ޖިންސީ ގޯނާގެ ވާހަކަތައް ދަރިފުޅު އެހެން މީހަކަށް ކިޔައިދިނުމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މީގެކުރިން އެތައް ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ.
އޭނާ ހައްޔަރުކުރި އަމުރުގައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާ ހައްޔަރުކޮށްފައި ހުރީ ހެކި ބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖުތަމައުގައި ހިމެނޭ ކުދިންގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ފެންނާތީ އެވެ.
އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮއްވައި އޭނާ ދޫކުރި މައްސަލާގައި "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ދޫކޮށްލީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އޭނާ ދިރިއުޅެނީ ވެސް ދަރިފުޅާ އެއް ގެއެއްގައި ކަމަށް ބުނެ އެ ކުއްޖާގެ ރައްކާތެރިކަމާ މެދު އޭނާ ސުވާލު އުފެއްދި އެވެ.
އޭނާ ބަންދުން ދޫވީ، ސިޔާސީ ބޭފުޅެއްގެ ނުފޫޒުން ކަމަށް މި މައްސަލާގައި "މިހާރު"އަށް ވާހަކަ ދެއްކި މީހާ ތުހުމަތުކުރެ އެވެ.
ކުރިން ވެސް ޖިންސީ ގޯނާގެ ރެކޯޑު އޮންނަ މީހާގެ މައްޗަށް މިފަހަރު ތުހުމަތު ކުރަނީ ދަރިފުޅުގެ އިތުރުން އަވަށްޓެރި ގެއެއްގެ ގްރޭޑް 2 ގައި ކިޔަވާ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.
"މިކަމުގެ ޝައްކު ކުރެވުނު ހިސާބަކީ މި ކުއްޖާ، އެހެން މީހެއްގެ ގެއަކަށް ގޮސް އެގޭގެ ކުދިންނާ އެކު ކޮޓަރި ތެރޭގައި ކުޅެން އުޅުނީ. އެ ގޭގެ މީހާ އޮފީސް ނިންމާފައި އައިއިރު ކޮޓަރި ދޮރު ހުޅީ ތަޅުލާފައި. ޓަކި ޖެހުމުން ތިން ކުދިން އެއް ފަހަރާ ނިކުތީ. ދެން އޭނާ މި އެހީ އޭނާގެ ފިރިހެން ދަރި ކައިރީ ކީއްހޭ ކުރީ. ދެން ބުނި ކަމަށް ވަނީ އެ މީހުން ތިބީ ހަޒްބެންޑް ވައިފް ކުޅޭށޭ." މީގެ ކުރިން އެ ވާހަކަ ކިޔައިދެމުން އޭނާ ބުންޏެެވެ.
އެ ވާހަކަތަކާ މެދު ޝައްކު އުފެދިގެން އަންހެން މީހާ ވަނީ އެ ކުދިންނާ ވާހަކަ ދައްކައިފަ އެވެ. ފަޅާއެރީ އެ ހިސާބުން ކަމަށް ވެ އެވެ.
އެ ކުއްޖާ ލައްވައި ބައްޕަ "ކުރުވާ ހުރިހާ ކަމެއް" އަންހެން މީިހާއަށް ކިޔައިދިން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނީ ބައްޕަ ޖަލަށް ގެންދާނެތީ ކަމަށް ވެސް އެ ކުއްޖާ ބުނި ކަމަށް ވެ އެވެ.
އެ މައްސަލާގައި ޖެންޑާ މިނިސްޓްރީން ވެސް އެރަށަށް ދިޔަ އެވެ. އަދި އެ ކުދިންގެ މެޑިކަލް ޓެސްޓް ހެދި ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
27 January 2025
ތިޖެންޑާ މިނިސްޓަރީ އުފާލަން ފެނޭ. އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫން. މީގެ 2 އަހަރު ކުރިނ ޖިންސީ ފުރައްސާރާގެ މައްސަލައެއް އެތައް ފަހަރަކު ރިޕޯޓު ކޮށްގެންވެސް އަޅާވެސް ނުލި. މިއަދާ ހަމައަށް ވެސް
ހަސަންރަހާ
27 January 2025
%100 ސުންނީން މުސްލިމުން؟ ރިއަލީ؟؟؟
ބަޑިތަކުރު
27 January 2025
ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް އައުމުން ވީ ފައިދާއަކީ މިއީ ބާވައެވެ. ސިޔާސީ މީހުން ބޭނުންވީމާ ކުށްވެރިން ފަސޭހަކަމާއެކު މިނިވަން ވަނީއެވެ. އޮޑިފަހަރަށް މަހަށް ނުފުރޭވަރަށް ފެނަކައާއި ތަންތަނުން ސިޔާސީ މީހުން ރުއްސަން ވަޒީފާދެނީއެވެ. ފެންވަރަކަށް ތަޖްރިބާއަކަށް ބެލުމެއްނެތެވެ. ދައުލަތަށް ލިބޭހާ ފައިސާއިން މީހުންގެ މުސާރަ ދީފައި ބާކީއެއްނުވެއެވެ. ތަރައްގީގެ މަޝްރޫޢުތައް ހިންގަން ޖެހެނީ ލޯނުންނެވެ. އަންނަ އަހަރު ލޯނު ދައްކަން ބިލިޔަން ޑޮލަރު ދައްކަންޖ
އިސްމާލި
27 January 2025
ކުޑަކުދިންނަށް ޖިންސީ ގޯނާ މީހުނަށް ނިކަން ޚާއްސަ ނަޒަރަކުން ބެލިއްޖެ އުތަ؟ ދެ ވަނަ ފަހަރަށް ތިންވަނަ ފަހަރައްވެސް ހައްޔަރުކޮއްފައި ދޫ.
މުރާސިލް
27 January 2025
ތިއީ ޖަނަވާރުންވެސް ނުކުރާ ކަންކަމެވެ. ތިމާގެ އަމިއްލަ ދަރިންނާއި ބެހި، ޖިންސީ ގޯނާ ކުރުމަކީ އެއްވެސް ބުއްދިއެއް ނެތް ޖަނަވާރުންވެސް ނުކުރާ ކަމަކަށްވާ އިރު، ބުއްދި ސަލާމަތުން ތިބި އިންސާނުން މިފެންވަރަށް ވެއްޓުނީމައި ހޭ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
އަސަދަދ
27 January 2025
މިރާއްޖޭގާ ދެން މިހާރު ހުރިހާ ކަމެއްވެސް މިއޮތީ ބޮއްސުންލާގެ ގޮއްސަ
ގެދާނޯމޮސް
27 January 2025
އުމުރުން 18 އަހަރު ގެ ކުޑަކުދިން ތިބޭނަމަ ގާނޫނު ހިންގާނެއެވެ. މިވާ ގޮތަކީ 18 ވުމުން ވޯޓް ލެވޭ މީހާ ކުށްވެރި ނުކުރަނީ އެވެ! ގާނޫނީ ބާރުދީގެން ކުކުޅު ކޮށިހަދައިގެން ސްޓާފުން ގެންގުޅޭ ޖެންޑާއަކީ ރައީސް ޑރމުއިއްޒުގެ ސަރުކާރުގެ ހަމައެކަނި ބަލިފަޔެވެ!
އެންމެން ހެޕީ
26 January 2025
އެނިމުނީމު އެކަން.
އިހްސާސް
26 January 2025
ސިޔާސީ މީހެއްގެ ނުފޫޒުން ދޫކުރީއޭ؟ ތިޔަހެންވިއްޔާ ހަމަ ގައިމުވެސް ޕއނސ ދޯ؟
ދިވެހިބިން
26 January 2025
ދިވެހިންގެ ރާއްޖެކަމަށްހީކޮށް މިދެވުނީ މިނިކާރާއްޖެއްތާ!
މުޖުތާޒު
27 January 2025
މިނިކާ ރާއްޖެއަށްވުރެ މިރާއްޖޭގެ ކަންތައްބޮޑުވެއްޖެނޫން ވަހުށީވެގެންގޮސް ކުޑަކުޑަ އަމިއްލަ ދަރިޔާބެހޭނީ ހައިވާނަކައްވީމަ