26 ޖެނުއަރީ 2025 - 21:21
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ފުޅާކޮށް ވަރުގަދަ ކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެއް ވިސްނުމެއްގައި ހުންނެވި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އުފެދިފައި އޮތް ގާތް ރަހުމަތްތެރި ގުޅުން ބިނާވެފައި އޮތީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ގަދަރާއި އިތުބާރުގެ މައްޗަށެވެ.
އެއާ އެކު، ދެ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި، މި ގުޅުން މި ސަރުކާރުގައި ވެސް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އިންޑިއާ ސަރުކާރަށް އަރުވައިފަ އެވެ.
ރައީސްގެ އެ ޕޯސްޓާ ގުޅިގެން، މޯދީ ޝުކުރު އަދާކުރައްވައި ޖަވާބުގައި ކުރެއްވި ޕޯސްޓްގައި ވަނީ، ދެ ގައުމުގެ ގުޅުމާބެހޭ ގޮތުން ރައީސް މުއިއްޒު ފާޅުކުރެއްވި ޝުއޫރުތައް ހިއްސާކުރައްވައި، އެއް ވިސްނުމެއްގައި ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
Thank you President @MMuizzu for your wishes on India’s Republic Day. I fully share your sentiment regarding the long standing partnership between India and Maldives. We are committed to deepen these bonds of friendship and cooperation. https://t.co/HDb0An1oTy
— Narendra Modi (@narendramodi) January 26, 2025
"މި އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ފުޅާކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" މޯދީ ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަސްކޮޅު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، ދެ ސަރުކާރުން ވެސް މަތީފަންތީގެ ބައްދަލުވުންތަކާއި ދަތުރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކުން އެ ގުޅުން މިހާރު ވަނީ އަލުން އިޔާދަކޮށްފަ އެވެ.
މިގޮތުން، ރައީސް މުއިއްޒު ވެސް ވަނީ މިދިޔަ އަހަރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި އޭގެ ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ވެސް ވަނީ ރަސްމީ ދަތުރުތައް އިންޑިއާއަށް ކުރައްވައިފަ އެވެ.
މީގެއިތުރުން، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ވެސް މިދިޔަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.
އެ ދަތުރުތަކުގެ ތެރެއިން، މަތީފަންތީގެ މަޝްވަރާތައް ބާއްވައި، އިންޑިއާ އިން ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް ދެމުންދާ އެހީތައް ވެސް އިތުރުކޮށްފަ އެވެ.
މިގޮތުން، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް، އިންޑިއާގެ އެސްބީއައި އިން ގަނެފައިވާ ޓީ-ބިލުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ އިތުރުން، 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާއިލްް
27 January 2025
އިތުރު ވިޔަފާރި އިތުރު ފަތުރުވެރިން އިތުރު އެކުވެރިން ގުޅިގެން ނޫޅެންވީ ސަބަބެއް އެބައިންތަ؟
ހައްސާންް
27 January 2025
ލީޑަރުން ގުޅިގެން މަސައްކަތް ކުރާތަން ފެނުމަކީ ވަރަށް ހިންހަމަ ޖެހޭ ކަމެއް
ޝިފާޒްް
27 January 2025
އިންޑިޔާ އައުޓް ކެމްޕޭނަކީ ޔާމިން އެކަމަށް ޒިންމާވާންޖެހޭ ކަމެއް. އަދިވެސް އޭނަ އެކަމުން އަރައިނުގަނެގެން އެއުޅެނީ.
ނުނން
27 January 2025
ކޮބާ އަޒާން ......
ބަޑިތަކުރު
27 January 2025
ކަމެއް ދަމެއް ބޮޑުވީމާ އެންމެ ފަސޭހައިން އެންމެ އަވަހަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީހަދާފައިވާ އެންމެގާތް އަވަށްޓެރިންނާ މޫނުކަނޑައިގެން ނޫޅެވޭނެއެވެ. މިއަދު އެކަން ވިސްނުނީތީ އުފާކުރަމެވެ.
އ. މާއްޓޭ
27 January 2025
އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން ހުރި ގައުމަކަސް މި ގައުމުގެ މައްޗަށް އަތް ފޯރުވާ ނުހެދޭނެ. ގުޅީގެން ކުރިޔަތް ދާން ވިސްނުން ހުރީމަ މި ގައުމުންވެސް އެފުރުސަތު ދޭނެ އެންމެނަށްވެސް. ސާފު؟
ކޯރޭ
27 January 2025
މީގެން ލިބޭ ފިލާވަޅަކީ ސައިޒް ބޮޑުކޮށްފައި ބަސްބުނުން. ރާއްޖޭގެ އަސްލު ސައިޒަކީ 1.2 މިލިއަން ގުނަކުރަން މަދުވެގެން 1000 ޑޮލަރު. އެ ރާއްޖެއަށް ނުވައްދާ ރިސޯޓްތައް ގެސްޓްހައުސް ކުދިންނަށް ދޭން ރައްޔިތުން ވަރަށް ތާއީދު. އެސޮރުމެން އެކައުންޓުވެސް ހުޅުވަނީ ސީދާ ރާއްޖެ ބޭންކްތަކުގައި. އަދި ހަލާލް!
ރާވެރިބެ
27 January 2025
މިވެރިކަން ފެށިގެން އައިގޮތާ އިންޑިއާއާއި ދޭތެރޭ ކަންކުރި ގޮތުން އެގައުމުން މިސަރުކާރަށް އިތުބާރު ކުރާނެހެން ހީނުވޭ. އެކަމަކު ގުޅުން ދެމެހެއްޓުން މުހިއްމުވީމަ އެކަން ދަމަހައްޓާނެ. މިހާރު މިއޮތީ ކުރީ ސަރުކާރުގަ އޮތްގޮތަށް ހުރިހާ ކަމަކަށް އިންޑިއާ އަށް ބަރޯސާވެފަ. އެހެންވީ ޗައިނާ އިން ހީކުރި އެހީ ނުދިނުމުން. ޗައިނާ ވެސް މިސަރުކާރަށް އިތުބާރު ކުރާހެން ހީނުވޭ. ކުރިޔަށް ދަނީ ހަމަ ކޮރަޕްޟަން އެކަނި.
ހުމާމް
27 January 2025
ޔާމީން މެންނަކަށް ހަޖަމްއެއް ނުވާނެ މި މަންޒަރެއް. އިންޑިއާ މިގައުމާ ދޭތެރޭ އޮތް ހުރިހާ މައްސަލަތަކަށް ވަނީ ދާއިމީ ހައްލެއް ލިބިފަ، ދެން މިކަމާ ނޫޅުނިއްޔާ ރަނގަޅުވާނީ
އާދަމް ހުސައިން.
27 January 2025
ކޮބާ ފެނޭ؟ މިފެންނަނީ މުއިއްޒްގެ ހާރިޖީ ސިޔާސަތުގެ މޮޅުކަން. ގައުމަށް ބޮޑު ފައިދާ ހޯދަން ގުޅިގެން ކުރިޔަށް ދާތަން. މިއީ ހުރިހާ ގޮތަކުން ބެލިޔަސް ގައުމަށް އެއްމެ ފައިދާހުރި ގޮތް.
ޝަހުމް މުހައްމަދު
27 January 2025
މީ އެމްޑީޕީ ކުދިންނަށް އަޑު އަހަން ނިކަން އުދަގޫވާނެ ހަބަރެއް. އެމީހުން ހީކުރީ މިސަރުކާރާ އިންޑިޔާ ގުޅުން ރަނގަޅު ނުވާނެއޭ. ހެހެ
ޙަސަން އަޙްމަދު
27 January 2025
ކޮންމެހެން އެމްޑީޕީ ކުދިން އެހެން ހީކުރީއެއް ނޫން. މުޢިއްޒު ވެރިކަމަށް އައީ ވެސް އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން. މުޢިއްޒު ސަރުކާރު ސްޓޭޓް މިނިސްޓަރުން ވެސް އެހެން ހީކޮށްދޯ މޯދީއާ ލެޑިގަތީ؟ ދެން ކޮން އެމްޑީޕީ ހީކުރީއެކޭ ތި ކިޔަނީ؟ ލަދެއް ނެތީމާ ނުވަތަ ބުއްދިއެއް ނެތީމަ ތިކަހަލަ ކޮމެންޓު ކުރާނީ.