ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް.-- ފޮޓޯ: މިހާރު
27 ޖެނުއަރީ 2025 - 15:10
ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏަށް އެންމެ ފަހުގެ މުއްދަތު މިއަދު ދީފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ "ދަ ގާޑަން" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް، އެ މުއްދަތުތަކުގެ ތެރޭގައި މިއަދާ ހަމައަށް ހަމައަށް ވެސް އެޕާޓްމަންޓުތައް ނިންމާފައިނުވާތީ އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދޭން ބޯޑުން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެންމެ ފަހުގެ ނޯޓިސްކަމުގައިވާ 45 ދުވަހުގެ ތެރޭގައި ޖާހު ކުންފުނިން މަސައްކަތްތައް ނުނިންމައިފިނަމަ އެ ކުންފުނީގެ އަތުން ޕްރޮޖެކްޓު އަތުލަން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މި ކުންފުނިން މި އެޅި ފިޔަވަޅު އަޅާފައިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓުތައް ހަވާލުކުރެވޭނެ މަގު ފަހިކުރުުގެ ބޭނުމުގައިކަން މި ކޯޕަރޭޝަނުން ފާހަގަކުރަމެވެ،" އެޗްޑީސީން ބުންޏެވެ.
މި ފްލެޓްތަކުގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމަން 2017 ގައި ހަވާލުކުރި ނަމަވެސް ހަތް އަހަރު ވި އިރު ވެސް ނުނިންމަ އެވެ.
ޖާހު ފްލެޓުތައް ނިންމަން އެންމެ ފަހުގެ ނޯޓިސް ދިންއިރު، ނުނިމި ލަސްވަމުންދާ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ ހަފުތާގައި ވަނީ "ބޮޑު" ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
އެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ލޯ ފާމް، ޝުނާނާ އެންޑް ކޯ އިން ރައީސަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިހުމާލުތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
ފްލެޓުތައް ވިއްކަން ބޮޑެތި އަދަދުން ފައިސާ ނަގާފައިވާއިރު، އާއްމުންނަށް ގެއްލުން ނުވާނެ ގޮތަށް މަޝްރޫއު ކުރިއަށް ދޭތޯ ބެލުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށާއި އަދި އެޗްޑީސީ އާއި ރިއަލް އެސްޓޭޓް ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި އެކަން ހައްލު ކުރެވޭނެ ނިޒާމެއް ބަޔާންކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. ނަމަވެސް ޖާހު ކުންފުނީގެ ފްލެޓްތަކުގެ މައްސަލާގައި އެގޮތަށް އަމަލުކުރަމުން ނުދާތީ އެ ސިޓީގައިވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޗްޑީސީން އޮކްޓޯބަރު، 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.
އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފެލްޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އާބަންކޯ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާއިރު، މަސައްކަތް ވެސް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންރަހާ
28 January 2025
މީ ކޮންކަހަލަ ވާހަކައެއް. މިއޮތީ ކުރިގާ ބުނި ގޮތް: https://mihaaru.com/news/125109 28އޯގަސްޓް 2023): ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓަކު ހޯދަނީ، ... ނުނިމި ދިގުލައިގެން ގޮސްފައިވާ "ދަ ގާޑަން" ފްލެޓްތައް ނިންމުމުގެ މަސައްކަތް އާބަންކޯ އިން މިހާރު ކުރަމުން އަންނައިރު އެ މަސައްކަތް ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް މިނިވަން ކޮންސަލްޓަންޓަކު ހަމަޖައްސަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ"
ލޮލް12
28 January 2025
ކޮބާ މަންޑޭ؟ ކޮބާ ކޭޕާކް؟ ދެން ލަލަލަ
ވޯލް
28 January 2025
މަންޑޭ ހިންގީ ވްރޯޑެއް، އެ ފްލެޓެއް އެތަކެއް ބަޔަކަށް ވިއްކި. މިހާރުވެސް މަންޑޭ ފެނޭ ހަމަ ޖެހިލާފައި މަގުމަތުން ދާތަން. ވަގުން ތިބެންވާނީ ޖަލުގައި މައްސަލަ ނިމެންދެން. ދެން ބުނާނެ މަންޑޭ އާއިލާ ނިކަމެތިވާނެނެތީއޭ، ބަލަ މަންޑޭ ވަގަށް ފައިސާ ހޯދި އައިލާތަކަށް ނިކަމެތިކަ،މެއ ނުލިބޭބާ؟ އެ އާއިލާތަކުން ފައިސާ ގިނަވެގެން ކުރާނެ ކަމެއް ނެތިގެން މަންޑޭ ވިއްކި ފުލެޓްތައް ގަތީ.
ސައި
28 January 2025
މަންޑޭ ގެ އަންހެނުން އުޅެނީ އެމްޕީއެލްގަ ވަޒީފާގަ މިހާރު..
ޖާނޭ
28 January 2025
މިޖާހު، ޖައުޒާ ޖައުފަރަކީ ސަރުކާރުގެ ވެރިންގެ ޖީބު މުއްސަނދި ކުރަން ނެރެފައި ހުންނަ އެޖެންޓެއް ނޫންބާ؟ މިއޮތްހާދުވަހު މީނާ މިތަންތަން ނުނިންމާ ރައްޔަތުން އަތުން ލާރިނަގާ ކައި ހުސްކުރި އިރުވެސް، މިކަމަށް ހައްލެއް ސަރުކާރު ތަކުން ހޯދައި ނުދިނުމަކީ ބޮޑު ސުވާލެއް އުފެދޭ ކަމެއް. މިސަރުކާރުން ވީ އެންމެ އަވަހަކަށް މިކަމަށް ހައްލެއް ހޯދައި ދިނުމަށް ގޮވާލަން.
ޖޭޖޭ ޖާހް
28 January 2025
ޖައުސާ ޖައުފަރު ކުރަންވީ ކަމަކީ އަވަހަށް ތިތަން ނިންމަންވީ. އެރުން ހުރިހައި ކަމެއް ނިމުނީ.
ޖޭޑްސްކް
27 January 2025
ކޮބާ އިންވެގެން ހުރި އައްމަޓީ ގެ ކޭޕާކް. އެތަނަށް އަދިވެސް 5 ވަރަކަށް އަހަރު އިތުރުކޮށްދީ 2 ބިން ފޭސް 2 އަދި 3 އިން ހަމަ ޖައްސަންވީނުން
ވޯލް
28 January 2025
ކޭޕާކް އަކީ އެއުޅޭ މަންޑޭ ސަންޑޭގެ ވައްކަމުގެ ބޮޅު
ވާނުވާގަ
28 January 2025
ކޮއްކޯ އައްމަޓީ އެއްނޫން ކޭޕާކު ޖަރީމާ ހިންގީ... މަންޑޭ ކިޔާ ބުރޯއެއް.. އައްމަޓީ ހިނގީ އެހެނ ޖަރީމާއެއް.
ޤާނޫން
27 January 2025
މަންޑޭ ހައްޔަރުކޮށް ތަހުގީގު ކިރެވުނު ދެން ވީއްވެތަ ޖާހްގެ އެމްޑީ ހައްޔަރުކޮށް ނުވަތަ އެންމެ ކުޑަމިނުން ސުވާލެއްވެސް އެއްވެސް އިދާރާއަކުން މިކަުގައި ޖާހްގެ އެމްޑީ އާ ނުކުރެވެނީ؟ ޖައުފަރު ގެ ނުފޫޒު ކުރީ ސަރުކާރުގަ ވަރަށް ގަދަ ދެއްތޯ؟ ޢެއީތޯ ސިއްރަކީ؟ 5 އަހަރުދުވަހު އެތައް ބައެއްގެ ހައްގައް އަރާގަނެގެން ޖާހްގެ އެމްޑީ އުޅޭއިރު އެއްވެސް ތަހުގީގެއް ނުކުރޭ. ޕޮލިސްއަށް މައްސަލަ ލާފަ އެބައޮތް އޭސީސީއަށް އޮތީ މައްސަލަ ލާފަ. މިހާރުނޫހުން ބަލާލަބަލަ މިކަން
ވޯލް
28 January 2025
މަންޑޭ ހިންގީ ވްރޯޑެއް، އެ ފްލެޓެއް އެތަކެއް ބަޔަކަށް ވިއްކުން.
ފެއާރީ
27 January 2025
ތިހެން ނުބުނެގެން ތިބީ. ދެން ތި ނިންމީ!!
ވެރިން
27 January 2025
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނަށް ހީވަނީ މި ތިބެނީ ވަރަށް އިއްޒަތުގަ ބޮޑުވެފައޭ. އެކަމަކު ހަގީގަތުގަ ތިބެނީ ކޮންމެވެސް ކުންފުންޏެއްގެ މަޅިގަނޑު ކަރަށް މަހާލައިގެން އާދެ އާދެ ކިޔަން ސައިިޒުގަ.
އަދުރޭ ޕްލަސް
27 January 2025
45 ދުވަސް ގުނަނީ މަހަކު 1 ދުވަސް ލައިގެން. އެހެންވީމަ އަދި 3 އަހަރު ތިހެން އޮންނާނެ ތިކަން.