ބަޔަކު ސްނޯކެލް ކުރަނީ.-- ފޮޓޯ: ލިކުއިޑް ސޯލްޓް
28 ޖެނުއަރީ 2025 - 18:29
ރ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނީ އިންޑިއާ މީހެއް ކަމަށްވާ، އަފްތާބް ޚާން، 25، ކަމަށެވެ.
އޭނާ ގެއްލިގެން ރިޕޯޓްކުރީ އިއްޔެ 3:30 ހާއިރު ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މީހާ ގެއްލުނީ ކޮން ރިސޯޓަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބްސް
28 January 2025
ރިސޯޓުގެ ނަން ހާމަނުކުރެވެނީ ގައުމީ ސަލާމަތަށް ނުރަކަލެއް އޮތީމަ ކަމަށް ވާނީ ...