އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ނާހިލް: އޭނާ ވަނީ މި ހަފުތާގައި މަގާމުން އިސްތިއުފާ ދީފަ
30 ޖެނުއަރީ 2025 - 11:35
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ކަމުން ނާހިލް އަހްމަދު ސިއްދީގް އިސްތިއުފާ ދީފި އެވެ.
އެފްއޭއެމްގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ނާހިލް އައްޔަން ކުރީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. ތިން މަސް ވެސް ނުވަނީސް ނާހިލް އިސްތިއުފާ ދިނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެފްއޭއެމް ޖީއެސްކަން ކުރި އެންމެ ޒުވާން ބޭފުޅަކީ އުމުރުން 25 އަހަރުގެ ނާހިލް އެވެ.
އެފްއޭއެމްގެ އޮފިޝަލަކު ވަނީ ނާހިލްގެ އިސްތިއުފާ ސިޓީ ލިބިފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.
އޮފިޝަލް ވިދާޅުވީ އޭނާ އިސްތިއުފާ ދީފައިވާކަން، ފީފާ އަށް ވެސް މިހާރު އަންގާފައި ވާނެ ކަމަށެވެ.
ޖީއެސްގެ މަގާމަށް ދިއުމުގެ ކުރިން ނާހިލް ހުރީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ.
އޭގެ ކުރިން އޭނާ ވަނީ އެފްއޭއެމްގެ އެކި މަގާމުތައް އަދާކޮށްފަ އެވެ.
އެފްއޭއެމްގެ ރަސްމީ ވަޒީފާ އަށް ޖެނުއަރީ 2022 ގައި ވަނުމުގެ ކުރިން އޭނާ ވަނީ އިންޓާންޝިޕް މަރުހަލާއެއްގައި އެ އެސޯސިއޭޝަނުގައި މަސައްކަތް ކޮށްފަ އެވެ. އެއީ ފެބްރުއަރީ 2017 ގަ އެވެ.
ކޮމްޕްޓީޝަން އޮފިސަރުގެ މަގާމުން، އެފްއޭއެމްގައި މަސައްކަތް ކުރަން ފެށި ނާހިލް، މިދިޔަ ފެބްރުއަރީ މަހު އެ އިދާރާގެ ވަޒީފާއިން ވަކިވި އިރު ހުރީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގަ އެވެ.
އޭނާ އެފްއޭއެމުން އޭރު ވަކިވީ ސްޕޯޓްސް މިނިސްޓްރީގެ މަގާމަށް ދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސީނު
30 January 2025
ޓޫރިޒަމް މިނިސްޓަރުކަން އޮފާކުރީމަޔޯ.