މިލަންދޫ ކައިރިއަށް ލޯންޗު ބަންޑުން ޖަހާލާފައި: އެންމެން ވެސް ވަނީ ސަލާމަތްކޮށްފައި.-- ފޮޓޯ: އަހުމަދު އަޒީމް | ފޭސްބުކް
30 ޖެނުއަރީ 2025 - 19:38
ރ. އުނގޫފާރުން 15 މީހުން ގޮވައިގެން ށ. މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ.
އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު، "މިހާރު" އަށް ވިދާޅުވީ ބަންޑުން ޖަހާލި ލޯންޗުގައި ހަތަރު އަންހެނުންނާއި ހަތަރު ކުޑަކުދިން ވެސް ތިބި ކަމަށެވެ.
މިލަންދޫ އާއި މާކަނޑޫދޫ ކައިރިން އެ ލޯންޗު ބަންޑުން ޖަހާލީ މިއަދު ހަވީރު 5:30 ހާއިރު ކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯންޗުން ތަންގަނޑެއް ނައްޓައިގެން ގޮސް އަޑިއަށް ދިޔައީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ މިލަންދޫ ކައުންސިލުގެ ރައީސްގެ ފަރާތުން،"
ބަންޑުން ޖަހާލީ އުނގޫފާރު އަންހެނަކާ ކައިވެނިކޮށްގެން އުޅޭ މިލަންދޫ ފިރިހެނަކު ދުއްވި ލޯންޗެކެވެ. ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި އަންހެން މީހާގެ އާއިލާގެ ބަޔަކާ އެކު އެމީހުން މިލަންދޫއަށް ދަތުރުކުރީ މާދަމާއަކީ ބަންދު ދުވަހަކަށް ވާތީ އެވެ.
މިލަންދޫ ކައިރިއަށް ލޯންޗު ބަންޑުން ޖަހާލާފައި.-- ފޮޓޯ: އަހުމަދު އަޒީމް | ފޭސްބުކް
ބަންޑުން ޖަހާލި ލޯންޗުގައި ތިބި އެންމެން ވެސް ވަނީ ސަލާމަތްކޮށްފަ އެވެ.
އޭގެ ތެރެއިން ބައެއް މީހުންނަށް މިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދޭން ޖެހުނީ އެ ހާދިސާއާ ގުޅިގެން ނަފްސާނީވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަންހެނުންނާއި ކުޑަކުދިންނަށް އެކަހަލަ ކަމެއް ވީމަ ވަރަށް ކަންބޮޑުވާނެ. އެހެންވީމަ ގޯސްވެދާނެތީ އެމީހުން ސިއްހީ މަރުކަޒަށް ގެންދިޔައީ. މިހާރު އެމީހުން ރަނގަޅު ކަމަށް މައުލޫމާތު ލިބެނީ." އުނގޫފާރު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫން
01 February 2025
މިހާރު ލޯންޗު ދުއްވާ ގިނަ މީހުންނަކަށް ނޭންގެ ރަނގަޅަށް ދުއްވާކަށް. ވަރަށް ރިސްކީކޮށް ތިމަންނަ މާމޮޅު ކަމަށް ހިތާ ދުއްވަނީ.
ސާފު
30 January 2025
އަޑި ސާފުކޮށްލަން ރަނގަޅު ދަނޑިވަޅެއް.
ދަށުކެޔޮޅު
30 January 2025
ކަރުދާހުން ހަދާފަ އިން ތަންގަނޑެކޯ ފޯ ވެގެން ނެއްޓުނީ ކައްޕި އެބަ ބުނޭ
މިވަރެއްނެތް
30 January 2025
ލޯންޗު ދުއްވާ ގިނަމީހުން ތިބެނީ ހަމައަކު ނޫން. ތިބެނީ އަރާ "ގަހުގަ". ދެން މިކަހަލަ ހާދިސާތައް ނުހިނގާނެ ގޮތެއް ނޮއޮންނާނެދޯ؟ ދުވަހުވެސް ތިއިން އެއްޗެއް ދުއްވަން ހުންނަ މީހަކު ރަލަށް ނުވަތަ މަސްތުވާއެއްޗެއް ޓެސްޓްކުރަން ފުލުހަކަށް ނޭގޭނެ. އެކްސިޑެންޓެއްގެ ރިޕޯޓްކުރުމުން ކޮޕީޕޭސްޓް ކޮށްފަ ރިޕޯޓެއް، އަހަރު ދުވަސް ފަހުން ހަދާލާނެ. އެނިމުނީ! ގާނޫނު ތަންފީޒުވީ! ފުލުހުންގެ ޒިންމާ އަދާވީ! މަހު މުސާރަ ހަލާލުވީ!
ހަމީކް
30 January 2025
ރަނގަޅު ވާހަކައެއް..ކަންކަން ކުރާގޮތް.
މަޒީން
31 January 2025
ބަރާބަރު ވާހަކައެއް އަހަރެންނަކީވެސް ފުލުހެށް މި ވަރަށް ދޯހަޅި ތަނެން
ގަބު
30 January 2025
މީހަކަށް ގެއްލުމެއް ނުލިބުނުކަން ނަސީބެންނު.
ޒަބާން
30 January 2025
ކަނޑުގަދަވެގެންބާ ނޫނީ ފުއްޓަރު ރާޅެއްގެ ސަބަބުންތަ؟؟ވީގޮތެއް ނޭންގުނު.
އެ ރާޅު
30 January 2025
ތަހުގީގު ކުރިޔަށް ދަނީ...