ކުދިންތަކެއް ފަޅު ރަށަކަށް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައެއް ސޯޝަލް މިނިސްޓްރީ އާއި ފުލުހުން ދަނީ ބަލަމުން.
03 ފެބުރުއަރީ 2025 - 10:44
ކުޑަކުދިންތަކެއް ފަޅު ރަށަކަށް ގެންގޮސް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ހަތަރު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށްވެ އެވެ.
އެ މައްސަލާގައި ފުލުހުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
އެކަމަކު ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން "މިހާރު" އަށް ވަނީ ފުލުހުންނާ ގުޅިގެން އެފަދަ މައްސަލައެއް ބަލަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުދިންނަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލާގެ ތަފްސީލެއް އެ މިނިސްޓްރީން ނުދެ އެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިއަކް33
03 February 2025
މާލޭން ޗުއްޓީ ހަދަން އެރަށަށް ވަޑައިގަތް ބޭފުޅެއްކަމަށް ވަނީ..
ލަބީދު
03 February 2025
ޢެއްޖިންސުގެ ކަންތައް ހާދަ ގިނަ ވެއްޖޭ ދޯ
މައިކްރޯ ވޭވު
03 February 2025
އުތުރުގައި އޭގެ މީހުން ގިނަ ކަމަށް ބުނެ އުޅޭ! 24 އަހަރު މީހާގެ ފޮޓޯ ބުނީމަ އުތަ ޖަހަނީ؟
ސަހަރޯއޭ
03 February 2025
24 އަހަރުގެ ފިރިހެން މީހާގެ ފޮޓޯ ޖަހާ. އެހެންނޫނީ އެހެންމީހުންނަށްވެސް ނުރައްކާ ވެދާނެ.
ހެހެ މާބޮޑުކަމެއް؟؟
03 February 2025
އުތުރުބރަށެއްގެ ފިރިހެން ކުއަޖަކު ރޭޕްކުރިނމައްސަލައެއް ހުށަހަޅައިގެން މައްސަލަ ޝަރީޢަތަށް ފޮނުވާފައި ވަނިކޮށް އެމްޑީޕީ ސަރުކާރުގެ ބާރުހުރި ޕާޓީ ރައީސަކުގެ ބާރުން މައްސަލަ އަނބުރާ ޕީޖީއަށް ގެންގޮސް އެއޮތީ ފޮރުވާފައި ވީޑިޢޯ އެކު ޕޮލިހަށް ދިނީ. ޢެކަމަކު ނުހިނގާ. މިބުނި ރައީސަކީ ޚިޔާނާތުގެ މައްސަލައެއްގެ ޙުކުމްކޮށް ޑޮކްޓަރ ސެޓްފިކެޓަކަށް ބޭސްފަރުވާއަށް މިނިވަންކޮށް ހުކުމްނތަންފީޡުވެސް ނުކޮށް ދޫކޮށްލާފަ ހުންނަ ޕާޓީއެއްގެ އަތޮޅު "ޅަ"އީސެއް.
22 ކަންމަތީ ޗޯކޭ
03 February 2025
ހއ ހޯރަފުށި ކަމަށް ވާނީ. ދީނީ ކަންކަން ހަދާންނެތި ދުނިޔެވީ ފާފަތަށް އާމުވެ ހަމަމަގު ގެއްލިފަ އޮތް ރަށެއް.
ސަލީމު އިދުރީސް
03 February 2025
ބަލަ އެއީ ދީނީކަންތައް ހަދާން ނެތިގެއް ވާކަމެއްނޫން ކުރިންވެސް ތިފަދަ ކަންތަކުގަ މިސްކިއްތަކުގެ އިމާމުންވެސް ބައިވެރިކަމައް މިނޫހުގަ ޖަހާފަ އޮއްވަ ދެކުނީން
ޒައިކް24
03 February 2025
ދީނީ ބަޔަކު އުޅޭތަ މި ރާއްޖޭގަ؟؟ ތިމާގެ އަމިއްލަ އެދުމެއް ނޫނީ ތިމާއަށް ވުރެއް އެހެން މީހަކުު ކުރިއަރަގެން ދަންޏާ ދީނޭ ދީނޭ މިއްލަތޭ އުންމަތޭ ކިޔާނި... މުޅި ރާއްގޭގަ އޮތް ކަމެއް ހުރިހާ ރަށަކުވެސް އޮންނާނެ
ލިކްޒައިކް
03 February 2025
އެކަމު އެއީ އެރަށު މީހެއް ނޫން.. މާލޭން ޗުއްޓީއަކަށް ވަޑައިގަތް ޝާހީ ބޭފުޅެއް ކަމަށް ވަނީ..
ދަލޭކަ ދައިތަ
03 February 2025
ކުޑަކުއްޖާއަށް 18ވާން ބާކީ އޮތީ ކިތަށް ދުވަހޯ؟ ބޮޑުވާން 24ގަޑި އިރުވެސް އޮވެދާނެ އެއްނު.
ކިމް
03 February 2025
މި ހަބަރުން އެެއީ ފާހަގަވީ ކަމަކީ؟ އުމުރެއް ނޫން އެ އަމަލު އިޓްސްފް ގޯސް
ދަޅޭކަ
03 February 2025
ރޯދަމަހުގަ އިރުއޮއްސެން ބައި ގަޑިއިރަށް ވެފައިވަނިކޮށް ކައިފިއްޔާ ރޯދަ ގެއްލޭނެ.