ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލާގައި މީހަކު ހޯދަނީ
03 ފެބުރުއަރީ 2025 - 13:04
ފިހާރަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި ހޯދަމުން ދަނީ މިދިޔަ މަހު ވިލިމާލޭގައި ހުންނަ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ޓްރާންސްފާ ކުރިކަމުގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލާގައި ތުހުމަތު ކުރެވޭ މީހެކެވެ.
އެ މީހަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާ ފިހާރަ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނަށް އަންގަން ފުލުހުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަން ގެ އަހާ
05 February 2025
ތީ ވަރަށް ގިނައިން މީހުން ކުރާ ކަމެއް. ތިމީހާގެ ިޑިއޯ ލިންކް ވެސް ޚަބަރުގައި ޖަހާލިނަމަ ވަރަށް ފައްކާވީސް.
ދަތުރުވެރިއް
03 February 2025
ތައިލޭންޑްގައި ހުންނަ ސިސްޓަމް ތަޢާރަފް ކުރަންވީ. ސްލިޕްގައި ކިއުއާރު ކޯޑު ސްކޭން ކޮއްލުމުން ފެންނާނެ ސްލިޕް. އޭރުން ފިހާރައިގެ ސޭޓު އޭތި ސްކޭން ކޮއްލުމުން އެނގޭނެ އެއީ ފޭކު ސްލިޕެއްތޯ ނޫންތޯ. އޭރު ސްލިޕް ވައިބާ ނުކޮއްވެސް ވާނެ.