ނަވައިމާ ޔޮޓު.-- ފޮޓޯ: ޓްރިޕްއެޑްވައިޒާ
07 ފެބުރުއަރީ 2025 - 15:29
ރީތިރަށް ރިސޯޓު ކައިރިން އޭޑީކޭ ގުރޫޕްގެ ލަގްޒަރީ ބޮޑު ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރީތިރަށް ރިސޯޓު ކައިރިން ފަސް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެ ޔޮޓު އަޑިއަށް ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ވަގުތު އޭގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު ދިވެހި ފިރިހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް އަފްއާލް ވިދާޅުވި އެވެ.
ނަވައިމާއަކީ އޭޑީކޭ ގްރޫޕުން ހިންގާ ޔޮޓެކެވެ. މީގެ 17 އަހަރު ކުރިން ބަނދެފައިވާ އެ ޔޮޓަކީ 26.25 މީޓަރު ދިގު އުޅަނދެކެވެ.
އެ ހާދިސާ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
08 February 2025
އަންދާލާފަ އިންޝުއަރަންސް ފައިސާ ގަނަން
މުރައި
08 February 2025
. ސަރުކާރުގެ ދީލަތި އެހީގެ ދަށުން ކުޑަކުލި ދައްކައިގެން ރައްޔިތުން އަތުން ބޮޑުއަގު ޑޮކްޓަރަށްދީގެން މުއްސަދިވެގެން ރިސޯޓް ހުޅުވަުގެން
ޢިބިމިޢާ
08 February 2025
ކޮބާ ތި ޔޮޓުގެ މަގުމަތީ އަގު ކިހާވަރެއް ؟
އާންމުމީހާ
07 February 2025
ތިއީ އާންމު ރައްޔިތުމީހާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ލަފާ ކުރެވޭ. މާދަމާ ކަންނޭގެ ހޮސްޕިޓަލުގެ ފީތައް ބޮޑުކޮށްލާނީ ތި ގެއްލުން ފޫބައްދަން.
އިޒަކޭ
07 February 2025
އޯގާ އާރޓް އޯޕަން ކޮމިއުނިޓީ އައް ސްޓާފް ފެރީ ތި ކެންސަލްވީ ތޯއްޗެ
އެލައިޑް
07 February 2025
މިފެންވަރުގެ އެއްޗެއްވިއްޔާ ހަމަ އަޑިއަށޭދަނީ މުޅިންވެސް.
ހެޕީ
07 February 2025
ކޮން އިރަކުބާ އަލިފާނުގެ އިންޝޫރަންސް ކުރީ؟ އިންޝޫރަންސް ކުންފުންޏަށް ވިއްކާލީތަ؟
ޖެލިފިޝް
07 February 2025
ކޮބާ އީޕީއޭ!!! ތިމާވެއްޓަށް ވީ ގެއްލުން ހޯދާ ބަލަ ފިޔަވަޅު އަޅަން ޖެހޭނެ. އަދި އަޑިޔަށް ދިޔަ ބައި ކަނޑުން ނަގަން ސެލްވޭޖް އޮޕަރޭޝަން ހިނގަން އަންގަންވާނެ. ހަރަދު ބޮޑުވާނެ. މިކަންކަން ކުރެވޭނެ ގާބިލު ދިވެހި ސެލްވޭޖް ކުންފުނި އެބަހުރި.
ގުރޭޓު
07 February 2025
ތިބެފުޅާގެ ކޮމެންޓު ސަރުކާރަށް ފެންނައިރަށް ކަން ކުރަންވީ ގޮތް އެންގި މަސަތްކަޔް ފަށައިފިކަމަށް ދަންނަވާލަން.
ނަވައިމް
07 February 2025
ވަޓް އަ ބިގް ލޮސް..
ހަމްދާ
08 February 2025
ނޯނޯނޯ