ހުޅުމާލެ ޕޮލިސް ސްޓޭޝަން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
09 ފެބުރުއަރީ 2025 - 14:40
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހި ހާލު ދެރަވި ކަމަށް ބުނާ މައްސަލަ ރިވިއުކޮށް، އެއްވެސް އިހުމާލެއް ވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގެ އަރިމައްޗަށް އަރައި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ.
ފުލުހުން ބެލި ބެލުމުން އޭނާ ދުއްވި އުޅަނދު ހުޅުމާލެ ފޭސް ދެއަކުން ފޭސް އެކަކަށް ދަތުރުކުރަމުން ދަނިކޮށް ބްރިޖު ޑިވައިޑާގައި ޖެހުނު ކަން ވެސް އެނގުނު ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނު 10:34 ގައި ކަމަށާއި ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމަށް ފަހު ނެގަޓިވް ވުމުން ހަވީރު 05:28 ގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އާއިލާ އިން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ސްޓްރޯކެއް ޖެހި، އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ހާލު ގޯސްވެފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު އަމަލު ކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާ ނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިވިއު
10 February 2025
މަވެސް ތިކަން ރިވިއު ކުރަނީ؟ މީދެން ބޮޑުވަރު، ފުލުހަށް މީހަކު ގެންގޮސްފިނަމަ، އެމީހުންގެ ކުރިމަތީގައި އެއީ އެއްވެސް އިޙުތިރާމެއް ގަދަރެއް އިންސާނީ ކަރާމާތެއް ހުރިމީހެއް ނޫން. މަގުމަތިން ކަމެއް ދިމާވިޔަސް ވަރަށް ފުއްޕާފައި އުޅޭތަން ފެންނަނީ. މިއީ އެކަމަކު ދިވެހިންގެ ހިމާޔަތުގައި ތިބޭ ބައެއް، ބޮޑުކަމެއް ލައިގަތަށް ވާކަމެއް ހަރާމުން ހަރާން
ސުނޫޒު
10 February 2025
ޖެހޭ ކޮންމެ ކަމެއްގައި ފުލުހުން ކުށްވެރިކޮށް ފުލުހުންގެ ބޮލަށް ކަންކަން ކަނޑަންފެށީ އަންނި ކިޔާމީހަކު. މިހާރު މި ބލ ވެރިކަން މިއޮތީ އަނެއްކާވެސް އިތުރުވެފައި. ފުލުހުންގެ އަގެއް ނެތް. ކުށްވެރިންނާ ސަރުކާރު ޖެއްސުމަށް ކޮންމެމީހަކަށްވެސް ވެދެވެންހުރި ހުރިހާ އެހީއެއް މިބައިގަނޑު ދޭނެ. ޤައުމުގެ ހަލާކު
ފަހުދު.
10 February 2025
ތިތާ ގިނައީ ގަަމާރުން
އޮނަރަބްލް ކުރުސީ ބެއްޔާގެ އަފީފު ދީދީ
09 February 2025
ތަހުގީގު ކުރަނީ ، ރިވިޔު ކުަރަނީ ކުަރަނީ ކުރަނީ މި ފަހަރު ވެސް ހައުސިން މިނިސްޓްރީ " އަލިފާ ތަހުގީގު އެޗްޑީސީ ގޯތި ތަހުގީ" ކުރަން ބުނިހެން ބޮލަށް ޗިޕެއް ޖަހަން ހަބަރެއް ހަދާފައި ބޯ ދަމަގަތީ .
އަހްމަދް
09 February 2025
ފުލުހުންގެ ތެރެއިން ފެންނަނީ ގޯސް ހެދި އެގޯސް ފޮރުވަން އުޅޭތަން. އަދި އެގޯސް ހެދި މީހުން ސަލާމަތް ކުރަން ބަހަނާ ދައްކާތަން. އެހެންވީމަ ގޯސް އަބަދުވެސް ތަކުރާރުވާތަން މިފެންނަނީ. ގޯސް ގޯހުގެ ގޮތުގަ ބަލައިގަނެ އިހުމާލުވާ މީހުނަށް ފިޔަވަޅަކަށް ވާކަހަލަ ގިޔަވަޅެއް އެޅޭތަނެއް ނުފެނޭ. ބޮޑު ވެގެން ދޭ އަދަބަކީ ވަޒީފާއިން ވަކިކުރުން. އެވެސް މަދު ފަހަރަކު. އެއީ އަދަބެއްތަ އެވަރުގެ އިހުމާލަށް. ޖަލު އަދަބުވެސް ދޭންޖެހޭ. އެހެން ނަހަދާތީ އަބަދު ތަކުރާރު މިވަނީ
ދޫލަ
10 February 2025
މިމީހުން މަގުމަތީގައި ޑިއުޓީގައި ތިބޭއިރު ކުރިމަތީން ގަވާޢިދާ ޚިލާފަށް އެތައް ކަމެއް ކުރާއިރު އެކުރަނީ ކުށެއްކަން ގޯހެއްކަން ބުނެއެއް ނުދޭ. ބާރުބޮޑު މަގުގައި މަގުހުރަސް ކުރާތާގައި ޓެކްސީ މަޑުކޮށްގެން ދެދޮރުފަތް ހުޅުވައިގެން އުޅޭއިރު ކައިރީގައި ދެފުލުން ތިބި އިރު ހޭވެސް އަހާނުލާ.
ރަނާވަތު
09 February 2025
ފުލުހުންގެ އީގޯގަނޑު ބޮޑުކަމުން ކޮމަންސެސް އަދި އިންސާނީ ހައްޤުވެސް އެމީހުންނަށް ފަހުމް ނުވޭ
އާޑު
09 February 2025
އަބަދު ރިވިޔު ކުރަނީ. ތަހްގީގު ކުރަނީ. އެއްްކަމެއްވެސް ނުނިމޭ. ހަދާ އެއްޗެއް އޮންނަނީ ފުލުން ގޮސްފައި. ކީއްކުރަން ބޮޑު މުސާރައާއި އިނާޔަތާއި ، ފްލެޓްތަކާއި ، ކެއުންދޭ ބައެއް. ފުލުހުންގެ އިދާރާ އުވާލާ މަދަނީ ފުލުހުން އުފައްދާ
މުސްތަރްސީ
09 February 2025
މާތްކަލާކޯ؟ މިހިރީ ދިވެހި ފުލުހުންގެ ކިބުރުވެރިކަމާއި ގޮތްދޫނުކުރުމުގެ ސަބަބުން ވާހާ ގެއްލުން. ސިސްޓަމެޓިކަލީ ރައްޔިތުންނާ ދުރު ހިދުމަތެއްކަން އެނގެނީ މިކަމުން. އެސްއޯޕީ ފޮލޯ ކުރިތޯ ރިވިއު ނުކޮށް އެސްއޯޕީތައް ބަދަލުކުރަންވީ. ރައްޔިތުން ހަނާވެދާނެ ތި އެސްއޯޕީތައް ފޮލޯ ކުރަން ހަދާއިގެން
ޖަމީލް އުސްމާން
09 February 2025
ފިޔަވަޅު އެޅީމާ ލިބުނު ގެއްލުން ރަނގަޅުވޭތަ؟
ށިހާމް
09 February 2025
ކިހިނެތް ހެޔޮވާނީ!! ހަ ގަޑިއިރު ހިފަހައްޓާލީ އެމީހާ ފުލުހުންނަށް އެއްބާރުން ނުދެޔޭ، ޔޫރިން ނުދިނޭ، ފޯމްގަ ސޮއި ނުކުރިޔޭ، ވާހަކަ ނުދެއްކިއޭ ކިޔައިގެން. ގަމާރު ކަމާއި ޖާހިލު ކަމުގެ ނަމޫނާ. މިހާރު މީ މިބާވަތުގެ ދެވަނަ ކޭސް.
ޏެކްސްޓް
09 February 2025
ކޮންމެ މީހަކަށްވެސް ދުއްވާ އެއްޗަކަށް އެރުނީމަ ގަވާއިދެއް ނޯވޭ ހިތު ހުރިވަރަކަށް ދުއްވަނީ. ޕޮލިހުން ހިފޭއްޓީމަ ގޯސްވީ. ޞަލި ކުއްޖާއަށް ފަރުވާ ނުދީ ހާލު ދެރަވާނެ.