ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުން.
09 ފެބުރުއަރީ 2025 - 20:21
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި އެވެ.
އާ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން އެޖެންޑާކޮށްފައިވާއިރު، މި މައްސަލަ ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފަ އެވެ. އެޖެންޑާގައި ވަނީ ހަރަދު ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހު އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ.
ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ރައީސް ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަވައިފަ އެވެ.
މީގެ އިތުރުން ރައީސްގެ އަމިއްލަފުޅު މުސާރައިން 50 ޕަސެންޓް އުނިކުރުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ރައީސްގެ މިހާރުގެ މުސާރައަކީ 100،000ރ. އެވެ. މި އިސްލާހާ އެކު ރައީސް ދެން ނަންގަވާނީ 50،000ރ. ގެ މުސާރައެކެވެ.
ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ވެރިންގެ މުސާރައިގެ 10 ޕަސެންޓް އުނިކުރަން ރައީސް ނިންމަވައިފި https://t.co/c0bftwWnpi
— Mihaaru (@Mihaarunews) October 23, 2024
• ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.
• ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން.
• މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ހުށަހެޅުން
• ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ހުށަހެޅުން
މާދަމާގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ދެން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މިނިސްޓްރީތަކަށް ގެނައި ބަދަލުތަކަށް ރުހުން ހޯދުމާއި، ޓޫރިޒަމާއި އެންވައިރަމެންޓް އެއްކޮށްލުމާ ގުޅިގެން މިނިސްޓަރު ތޯރިގް އިބްރާހިމަށް ރުހުން ހޯދުމުގެ މައްސަލަ ހިމެނެ އެވެ.
އޭސީސީ އާއި އީސީގެ ނައިބު ރައީސް ކަނޑައެޅުމުގެ މައްސަލަ ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅާ އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްމާން
10 February 2025
މިއަދު ރައީސް މި ގޮތަށް ކަންތައް ކުރަން މި ޖެހުނީ ކުރީގެ ސަރުކާރުގެ ފުރިހަމަ އިހުތިމާލުގެ ސަބަބުންކަން ޔަގީން. އިބޫ ދިޔައީ ގައުމު އެއްކޮށް ދަވާލައިފައި. އަތް ނުބާނާ ތަނެއް ހަމަ ނެތް، މުއިއްޒު މި ކުރާ ކަމަކީ އިބޫ ހޭވި ހަޑި ސާފުކޮށް ގަައުމުގެ މުސްތަގުބަލަށް ފައިދާވާނެހެން ކަންތައް ކުރުން. ފުރިހަމަ އިތުބާރު މުއިއްޒުއަށް އެބައޮތް
ވަސީމް އިބުރާހިމް
10 February 2025
މަަޖިޅލީހުން މިކަމަށް ފުރިހަަމަ ރުހުންދޭންޖެހޭ. އިރާދަކުރެއްވިއްޔާ މިގައުމުގެ އިގްތިސާދު ހަމައަކަށް އަޅުއްވާ ގައުމު ކޮޅަށްޖަހާނީ ރައީސް މުއިއްޒު. މި އެޖެންޑާ ވަރަށްވެސް ފުރިހިމަ
މިންވާލް ސައީދު
10 February 2025
މި ކިޔާލުމުން އެގިގެން ދިޔައީ ރައީސްގެ ކުރިމަތީގައި ހަމަ އެންމެންވެސް ހަމަހަމަކަން. މި އެޖެންޑަގެ ދަށުން ކުންފުނިތަކުގެ މުވައްޒަފުުންގެ އިތުރަސް ވެރިންގެ މުސާރއިންވެސް ބައެއް އުނިވެގެންދާނެ. މިއީ މިކަންތައް އޮންނަން ވާނެ އެންމެ ފުރިހަމަގޮތް.
ގުދުގުދުބެއްޔާ
10 February 2025
ރައީސް ގެ މުސާރަ ކުޑަ ކުރުމުން އޭގެން އިނގޭ އެއްޗަކީ މިސާލު ދައްކަވަން ހުރި ވެރިމީހާގެ އިހްލާސްތެރިކަން
އަލްއުސްތާޒް
10 February 2025
ޢިގްތިސާދީ ގޮތުން އެންމެ ރަނގަޅު ހޮތަކީ މުސާރަތަކާއި ނުކުޅެ ސަރުކާރު އަދި މަޖްލިސް ރައިޓް ސައިޒުކޮށް. ޢިތުރަށް ތިބި މުއައްޒަފުން ނޯޓިސްދީ ވަކިކުރުން. ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްލުން. ޢެކަމަމު ސިޔާސީ ގޮތުން އެންމެ ރަގަޅުގޮތް ރައީސް ހުށަހެޅުއްވީ.
ހ2ކ2
10 February 2025
ޚަރަދު ކުޑަ ކުރަން ބޭނުންނަމަ ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޮޑެތި 10 ވަރަކަށް އޮފީސް ބިލްޑިންގ އަޅުއްވީމަ މިހާރު އާއްމުންގެ ގޭގޭގަ ހިންގާ އޮފީސްތަކަށް މަހަކު ޚަރަދުވާ 50 ހާހަކަށް މިލިއަން ރުފިޔާގެ ޚަރަދު ކުޑަވީ. ދައުލަތުގެ ބަޖެޓުން އަހަރަކަށް 6 ބިލިއަން ކުޑަވާނެ.
ހަސަނު23
10 February 2025
މިހާރު ތިޔަ މޑޕ އައްވަނީ..ރައްޔިތުން ފެލައިގެން ގައުމު ހިންގަން ތި އުޅެނީ!
ފެންކާރު
10 February 2025
އިއްޒަތްތެރި ރައީސްއެވެ.! އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ތާއީދުކުރާ ކަމެއްނޫން. މަނިކުފާނުގެ މުސާރަފުޅުން 50% އުނިކުރައްވާކަށް. މަނިކުފާނު މި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ތިޔަ ވެވަޑައިގަންނަވާ ގުރުބާނީއާއި ރެޔާއި ދުވާލު ތިޔަ ކުރައްވާ ބުރަ މަސައްކަތުގެ ބޮޑުކަމާއި ބުރަކަން އަޅުގަނޑަށް އިޙުސާސް ކުރެވޭ. ޚަރަދު ކުޑަކުރެއްވުމަށް ކުރައްވަންވީ އެނޫން ބައިވަރު ކަންކަން އެބަހުރި. އެގޮތުން މިނިސްޓްރީތައް މަދުކުރުން. ސިޔާސީ މީހުން މަދުކުރުން.
ސަރު ކާރު
10 February 2025
އެކިމީހުން މަލާމާތްކުރާނީ އެކިގޮތަށެވެ.
ކަތްދައްތަ
10 February 2025
ބައެއްގެ ލޮލު އަދުން އަޅުވަން ކަމެއް ކުރުމަކީ ގޯހެއް. އަސްލު ބަލި އެގިމެ ބައްޔަށް ފަރުވާ ނުކޮށް މަތިން ބޭސް ބަނަކަސް ޝިފާއެއް ނުލިބޭނެ. ސަރުކާރު އިމެއްނެތްވަރަށް ފުޅާކޮށް ފަލަ ކުރުމަށް ސިޔާސީ މަގާމުތައް ހަދައިގެން މުސާރަ ދޭނަމަ ތިކަމުން ލިބޭނެ ހައްލެއް ނެތް. ދަރަނީގެ މައްޗަށް ދަރަނި އުފައްދާ ކުންފުނިތައް ހަދައިގެން އެތަންތަނަށް ނުކަތާވަރަށް މުސާރަދޭން މީހުން އެބަލާ. ޙުސްނުއްނިޔަތޭ މިކިޔާ އެއްޗެއް އަމުދުން ނެތް.
ޟުހާ
10 February 2025
ސިޔާސީ މީހާގެ މުސާރަ އަމިއްލަ މީހާގެ މުސާރަ ކެޑިދާނެ. އެކަމަކު، ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ނުކެޑޭނެ. އެއީ އިއުލާނު ކުރެވިގެން ވަކި މުސާރައަކަށް ނަގާފަ ތިބި ބައެއް. ވަޒީފާއާބެހޭ ޤާނޫނު ކިޔާބަލަ އެންމެން. އޭގަ އޮންނާނެ މުސާރައިން ކެޑޭނެ ހާލަތް ކިޔާދީފަ.
ފފދސ
10 February 2025
އެހެންވެ އޭ ގާނޫނުން އެކަން ކުރަން އެއުޅެނީ. މޮޔަފުޅުވީތޯ؟