ސިނަމާލެ ބްރިޖުގައި ބަޔަކަ ޓްރެފިކް ލައިޓަށް މަޑުކޮށްލައިގެން ތިބިއިރު ފުލުހަކު އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަނީ.
10 ފެބުރުއަރީ 2025 - 08:45
ގާނޫނާއި ގަވާއިދުތަކުން ލާޒިމް ކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވާނެ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ހެލްމެޓް އެޅުން ލާޒިމް ނޫން އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި، ބަލައި ފާސްކުރާނެ ކަމަށެވެ.
"މިއީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އެ ފިޔަވަޅު އަޅަން ބުނިގޮތުގައި، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމް ނޫން ސަރަހައްދުތަކުގައި، ކާކުކަން "ވަންހަނާކޮށް" ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަން މިހާރަކަށް އައިސް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފަ އެވެ. އެފަދަ މީހުން ވިޔަފާރިކުރާ ތަންތަނާއި އެކިއެކި ހިދުމަތް ދޭ ތަންތަނަށް ވަދެ އުޅޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގަވާއިދުގައިވާ ގޮތުން އުޅަނދު ދުއްވަން އިންނަ މީހާ އާއި އޭނާގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމް ވަނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ސައިކަލް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހއްދުތަކުގަ އެވެ. މާލެ ސަރަހަައްދުގައި ނަމަ އެއީ ސިނަމާލެ ބްރިޖާއި ބްރިޖުގެ ހައިވޭ އެވެ.
"އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރު މިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
މާލޭގައި މި ދުވަސްވަރު މާރާމާރީތައް އިތުރުވެފައިވާއިރު އޭގެ ސަބަބުތައް ފުލުހުން އަދި ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
11 February 2025
ވަރަށް ރަނގަޅު ނިންމުމެއް
ދަގަތްފާނު
10 February 2025
މިރަށު ދޯނިފަހަރު މަސްވެރިން މަހަށްގޮސް އައިނުތެރޭ ދޮށިއުކަނީ އެތިބެނީ ހެލްމެޓުއަޅައިގެން، ދެން އެސޮރުމެނާ ސުވާލުކުރިއްޔާ އެސޮރުމެން ބުނާނީ ވަކި ކީކޭ.
މުޑަހަންޖާ
10 February 2025
އެހެންވީމަ ކ.މާލެއާއި ސ.އައްޑޫއާއި ލ އަތޮޅު ފިޔަވާ އެހެން ހުރިހާ ރަށެއްގަ ހެލްމެޓުއެޅުން ޒާތަކަށް މަނާވީތަ.
ރަސްތަ
10 February 2025
މޫނުބުރުގާ އަޅައިގެން ކުށްކުރަންފެށީމައި މޫނުބުރުގާ މަނާކުރާނިތޯ؟ ކަމެއްކުރާއިރު ެކަމުގެ އެކޮޅުމިކޮޅު ބަލައިފަ ކުރާނަމަ. މިގައުމަކީ މަގުމަތީ ހިނގާމީހުންވެސް ހެލްމެޓް އަޅަންޖެހިފަ އޮތް ގައުމެއް. މީހަކު އަމިއްލަ ރައްކަލަކަށް ކުރާކަމެއް ހުއްޓުވިގެން ނުވާނެ. ކުއްކުރާމީހުން ހުއްޓުވަން އެހެން ކޮންމެވެސް ކަމެއް ކުރުން ރަނގަޅުވާނީ.
އަލީބެ
10 February 2025
ދިވެހި ފުލުހުން މީ ކޮންކަހަލަ ބައެއް. ހިތައް އެރީމަ ގަވާއިދެއް ނެތަސް އެކަމެއްކުރޭ. ވަކިތަނެއްގަ ހެލްމެޓް އެޅުން މަޖުބޫރު ވުމަކީ ދެންހުރި ތަންތާގަ މަނާވާކަމެއްނޫން. ކުށްވެރިން ހިފަން ނޭނގޭތީ ތިކަހަލަ ކަންކަން ކުރަނީ. ވަރިވުމަށްފަހު ޚަރަދު ނުދޭތީ އާއިލާއާ ބެހޭކޯޓުން ކައިވެނިކޮށްދިނުން ހުއްޓާލަންވީތާ. ފުލުހުން ތިކިޔަނީ ރަނގަޅު އެއްޗެއްނޫން. ސީސީ ކެމެރާއަށް ނާރާތީ ފަޓުލޫނު ނުލައި ބޭރަށް ނިކުންނަ މީހުން ހިފާ ހައްޔަރުކުރިއްޔާ މާތާހިރުވާނެ.
ރާވެރިބެ
10 February 2025
އަމިއްލަ ހަށިރައްކަލަށް ހެލްމެޓް އެޅުން މުހިއްމު. ކާރުތަކުގަ ސީޓްބެލްޓް ވެސް އަޅަންޖެހޭ. ވަކި މަގުތަކެއްގަ ހެލްމެޓް އަޅަން މަޖުބޫރުވެފަ އެހެން މަގުތްކުގަ ހެލްމެޓް އެޅުން މަނާ ކުރުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ގަވާއިދެއް!
ކަތްދައްތަ
10 February 2025
ހެލްމެޓް އަޅައިގެން ހުރި މީހަކު ވަޅިޖެހިތަން ފުލުހުންނަށް ހިފުނިއްޔޯ؟ ދެން ވަނީ ކޮން ކަމެއް؟ ހަމަ އެކަނި ހެލްމެޓްގެ މައްޗަށް ފިޔަވަޅު އެޅެނީ. މިނޫން ނިޒާމެއް އެބަ ގެންނަންޖެހޭ. ކުށުގެ އަމަލު ހިންގި މީހާއަށް ދޭ އަދަބު އެބަ ވާންޖެހޭ ނުނިޔަތުގައި ހެލްމެޓް އަޅަން ވިސްނާ މީހާއަށް އިބުރަތަކަށް ވާބަރު އަދަބަކަށް.
ބޮޑުވަރު
10 February 2025
ކަންތަށް ބޮޑުނުކޮށް، މާލެ އަދި ރާއްޖޭގަ ޖަރީމާ ހިންގާފަ އުޅެނީ ކޮންބަޔެއްކަންވެސް އިނގޭނެ. އެމީހުނާ ހަމަޔަށް ގާނޫނުތަށް ގެނަސް އެތަންފީޒު ކުރެވޭތޯ ބަލާބަލަ. މުއައްސަސާތަކުގެ ތެރޭގަ ކޯޓްފަޓްލޫނު ލައިގެން މުއައްސަސާތަށް ޕެރަލައިޒް ކުރާ މީހުން ދެނެގަނެ. އެމީހުނަށް ފިޔަވަޅު އަޅާބަލ.
ސަމަރޭ
10 February 2025
މަގުމަތީގެ ހާލަތާ ހޭބަލިވެގެން ދުއްވާ މީހުންގެ ސަބަބުން ކިތަށް މީހުން މަރުވެއްޖެ... ކިތަށް މީހުން ނުކުޅެދޭ ބަޔަކަށް ވެއްޖެ... ކިތަށް އާއިލާ ބިކަވެ ހާލުގަ ޖެހިއްޖެ.. މި ގައުމުގެ މަގުމަތީގެ ހާލަތު އޮތް ގޮތުން މިހާރު ސައިކަލް ދުއްވާ އިރު ހެލްމެޓް އެޅުމާ ކާރުގަ ތިބޭ އެންމެން ސީޓްބެލްޓު އެޅުން މަޖުބޫރު ކުރާ ހިސާބުގަ މިއޮތީ. އެކަން އެހެން އޮއްވަ ތިހިރީ ނެރޭ މޮޅެތި ބަޔާން.. މި ނޫނީ ނޯންނާނެ އަބަދުވެސް އާއްމު ރައްޔިތުން ހާލުގަ ޖެއްސޭނެ ގޮތެއް އޮތްތޯ ބަލާ ގައުމެއް. ކުށްވެެރިންނާ ގާނޫނުން ބޭރުން ކަންކުރާ މީހުން ބޭނުން ގޮތަކަށް އުޅެންވީ.. އަމިއްލަ ސަލާމަތް ހޯދަން އަހަރެން ހެލްމެޓް އަޅާނަން.. އަހަރެން ކުށްކުރުމުގެ ގޮތުން ﷲއިންޝާ އެއްވެސް ކަމެން ނުކުރާނަން. ފުލުހުން ސުވާލު ކުރޭ, ހުރިހާ އެއްބާރުލުމެއް ދޭނަން. ވަރަށް ސަލާން..
އެޗް އެމް
10 February 2025
ވެރިން އަނގައިގެން ހެލްމެޓް ނައަޅާ ދުއްވާފަ ދަނިކޮށް ބޮޑުގެއްލުމެއް ލިބިއްޖެއްޔާ އެންގި ފަރާތްތަށް ދައުވާ ކުރެވޭނެ.