ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަން ވަނީ ހަމަޖެހިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ފެބުރުއަރީ 2025 - 11:58
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތު ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ހަވާލުކުރައްވައިފަ އެވެ.
އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކްސަބާ ރައީސް ޝްރީ އޯމް ބިރްލާގެ ދައުވަތަކަށެވެ.
އިންޑިއާގެ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މަޖިލީހުގެ ވަފުދަކާއެކު އަަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.
މިއީ އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް ބުނެފައިވެ އެވެ.
މިއީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
10 February 2025
ނަމަނަމަ ހިސާބުބަސް ނޫން އެހެން ބަހަކުން ވާހަކަފުޅު ނުދައްކަވާތި
މެޑަމްސާޖި
10 February 2025
އަދުރޭ ވަޑައިގަންނަވާއިރު މަޖިލިސްގެ ރައީސްކަން ގެއްލުންގާތް...
އިބުރާހިމް ވަހީދު
10 February 2025
އަނެއްކާ އަނެއް 25 އަހަރުން 50 އަހަރައް އަޅުވެތިވީ އިންޑިޔާ އަތްދަށުން މިގައުމުސަމަތްވިޔަކަނުދޭނެ
ހުގެބޮ
10 February 2025
ނަމަނަމަ ކަލޭވާހަކަ ނުދައްކާތި އަންޑިޔާގަ
ބަރުބާދު
10 February 2025
ޒިންދަގީކީ ނަޓޫޓޭ ލަޅީ ، ޕިޔާރުކަރުލޭ ގަޅީ ބޯގަޅީ.
ޑރ ވާންޗޯ
10 February 2025
މަބުނާނެ ވާހަކައެއްނެތް، ރަނގަޅަށް ތެރަޕީ ހަދައިގެން އަންނާތި.
އެންމެން ހެޕީ
10 February 2025
އިންޑިޔާ އައުޓް ޖަހާފަ އިން ރަތް ޓީޝަރޓް ލައިގެން ދާތި......މަބުނާނެ ވާހަކަ އެއް ނެތް.
ކަކުނިބޯ
10 February 2025
ޥަރަށް ނުރައްކާ ރައްޔިތުން ވިސްނާ ސިޔާސީ ހަމަޖެހުން މިޤައުމުގައި އޮންނަން ނޭދޭނީ ކޮންބައެއް. މިޤައުމު ހަސަދަވެރިންގެ ކިބައިން ސަލާމަތްކުަރައްވާށި ...ޓްރާންސްފަރ މާރކެޓްވެސް ހުޅުވެނީ ފަންޑު ރަނގަޅުކުރަންޖެހޭ...
ގުދުގުދުލީބެއްޔާގެ ތެދުބަސް
10 February 2025
ބައްދަލުނުވިއަސް އެކޮއިގެ ސަލާން ސިލްޕާއަށް ރައްދުކޮށްދޭތި ގުޅައިގެންނަމަވެސް.
ކޮސް
10 February 2025
ޒިންދަގީ ކީ ޞަފަރު ..... ކަހަލަ ލަވައެއް އެމީހުންނަށް ކިޔާދީފަ އާދޭ.