ތ. ވިލުފުށި: އެ ރަށު ކެފޭއަކަށް ސިހުރު ހެދި މައްސަލައެއް ފުލުހުން ދަނީ ބަލަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ފެބުރުއަރީ 2025 - 15:46
ތ. ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ވިލުފުށީގައި ހުންނަ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް ރިޕޯޓުކުރީ ރޭ މެންދަމު ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ޕޯސްޓުތަކުން އެނގޭ ގޮތުގައި ކެފޭއަކަށް މީހަކު ސިހުރު ހަދާ މަންޒަރު، އެތަނުގެ ކައިރީގައި ހުންނަ ފިހާރައެއްގެ ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ. އެހެންވެ، އެ މީހާ ހައްޔަރު ކުރުމަށް ސޯޝަލް މީޑިއާގައި އެރަށު މީހުން ދަނީ ގޮވާލަމުންނެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް، ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ. ދާދިފަހުން ވެސް ސިހުރުގެ މައްސަލައެއްގައި ރ. އަލިފުއްޓާއި ރ. މީދޫގެ ގެތަކަކަށް ފުލުހުން ވަދެ، ފާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއީ ޙަޤީޤަތް
12 February 2025
އަޑުއިވޭގޮތުގައި ރ. އަތޮޅަކީ ސިހުރުހާހޫރު ހެދުމުގައި ނިކަން ކުރީގައި އުޅޭ އަތޮޅެއް. އެ އަތޮޅުގެ ބައެއް ރަށްރަށުގައި އެއްވެސް މީހަކު އަނެއް މީހާއަށް އިތުބާރުނުކުރާކަމަށްވަނީ. ކިތަންމެ ގާތްކޮށް އުޅުނަސް އޭނާގެ ފަރާތުން ތިމާއަށް އެފަދަކަމެއް ކޮށްފާނޭކަމުގެ ބިރުއޮވޭ. މިދަރަޖައިގައިހުރި ރަށްތައް ރާއްޖޭގައި ނުހަނުގިނަކަމަށްވަނީ. މިފަދަ ކަންތައް ކުރާމީހުންނާމެދު ދީނީގޮތުން ދޭންއޮންނަ އަދަބުދޭނަމަ މިކަންތައް ކުރިއަރައި ހިނގައިދާނެކަމަކަށްނުބެލެވޭ.
އެކޮއި
12 February 2025
ސިހުރު ހާހޫރުގެ މައްސަލަ ރާއްޖޭގައި އިންތިހާއަށް އޮތްއިރު މިކަމުގައި ސަރުކާރަށް އެޅޭނޭ އެއްވެސް ފިޔަވަޅެއްނެތް. އަދި ޤާނޫނުއަސާސީއަކުންވެސް އެޅޭނޭ ފިޔަވަޅެއްނެތް. އެކަން ކުރާމީހާއާއި ކުރުވި މީހާ ހޯދޭނޭގޮތެއް ނުވަތަ ސާބިތުކުރެވޭނޭގޮތެއްނެތް. މީ ކިތަންމެ ކަންބޮޑުވުންތަކެއްހުރި ކަމަކަށްވިއަސް މިކަންކުރާމީހުންނަށް އެއްވެސް ހުރަހެއްނެތް، މީހުންގެ ދިރިއުޅުން ހަލާކުވެގެންއެބަދޭ މި ނޭދެވޭ ޢަމަލުގެ ސަބަބުން.
ބުލީ
12 February 2025
ސިހުރެއް ނުޖެހޭނެ މީހުންްނަކަށް. ކިހާ ދެރަކަމެއްމީދެން
ސިހުރަކީ ހަގީގަތެއް
12 February 2025
މިތާ ކޮމެންޓު ކުރާ ގިނަ މީހުންގެ ކޮމެންޓުތަކުން ހީވަނީ ސިހުރަކީ ހަގީގަތެއް ކަމަށް ގަބޫލުނުކުރެވޭހެން. އެހެން ވަނީނަމަ ތިޔަ އިންކާރު ކުރެވެނީ ޤުރުއާނުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމަކާ. ސިހުރަކީ ކޮބައިކަން ކޮންމެވެސް ވަރަކަށް ދިރާސާކޮށްލަން ތިޔަ އެންމެނަށް އިލްތިމާސްކުރަން.
ދޮގުވާނީދޮގަށް
12 February 2025
ސައިންޓިފިކް މެތަޑް ބޭނުންކޮށްގެން ފުދޭވަރަކަށް ކުރިން. އަދި ސަގާފީ ގޮތްތޮތުންވެސް ބެލިން. އެނގުނު އެއްޗަކީ ހަގީގަތެއް ނޫންކަން
ބޮލަށް ބޭސްކުރޭ
12 February 2025
ސައިންޓިފިކް މެތަޑޭތޯ؟؟ އަޅެފަހެ ކީރިތި ޤުރްއާނަކީ މާތްﷲގެ ވަޙީ ބަސްފުޅު. ބަސް ބުނުމުގަ ﷲއާ ރަސޫލާއަށްވުރެ ތެދުވެރިކަން ބޮޑީ ފަހެ ކާކުހޭ؟؟
ދދފެއގެގރރެ
12 February 2025
ސިހުރާ ޖިންނި ޝައިތާނުންނަކީ ހަގީގަތެއް. މުސްލިމުން ގަބޫލުކުރަންވާނީ އެގޮތަށް. އަހަރުމެން ކޮންމެ ދުވަހަކު ނާސް ސޫރަތް ހެދުނާ ހަވީރު ކިޔަންޖެހެނީ އެހެންވެއެއްނު..ކޮމެންތްތައް ފެނިފަ ހަމަ ހައިރާން ވެއްޖެ. ޖޯކު ޖަހާ ވަރުކަމެއް ނޫން ތީކީ. އަމިއްލައަށް ދިމާވީމަ ނޫނީ ތީގެ ވޭނެއް ނޭގޭނެ.
ހޭލާށޭ އަދި ހޭލައްވާށޭ
12 February 2025
ކެފޭ މިއަދު އުޅުނު ކުޑަކޮށް ހީކަރުވާތި އަދި ބޮލުގަ ރިހޭތީ. ހީވަނީ ކެފޭއަށް ތި ސިހުރުގެ އަސަރު ކޮށްފިހެން. ވ ދެރަ
ސިހުރު އެއީ ބިލާހެއް
12 February 2025
އަޅެ ސަރުކާރުން ތި މީހާ ލައްވާ އެތިފަހަރެއް ހަދަންވީނިން މި އުޅޭ ޓްރަމްޕާ ނަތަންޔާހޫ އަށް. ގައިމު އޭރުން ތީގެވެސް ރަބގަޅު ބޭނުމެއް ހިފުނީނުން
ސިހުރު ހާހޫރަ ޕޮލިސް ސްކޮޑް
12 February 2025
ފުލުހުންގެ ސިހުރު ސްކޮޑެއް ޤާއިމުކުރަން ފެނޭ. ހަމަ ވިސްނުމެއްގަ ތިބި ބަޔަކު ތިތާ ތިބިއްޔާ ތިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަން ކުރުން ހުއްޓާލާ. އެއްވެސް އުޞޫލެއް ތަމްރީނެއް ނޫނީ އެސް.އޯ.ޕީ އެއް ފުލިހުންގެ ތެރޭގަ އޮވޭތަ ސިހުރު ތަޙުޤީޤު ކޮށް ސިހުރު ހެދިކަން ކަށަވަރުކުރާނެ. ފުލުހުންގެ ކޮމްޕީޓެންސީގަ ހިމެނޭ ކަމެއްތޯ މިއީވެސް
އިސްމާލު2.0
12 February 2025
ސިހުރެއްގައި އަޅައިގަނެގެން ދައުލުތަގު ވަސީލަތްތައް ބޭކާރުކުރާނެ ކަމެއް ނެތް. 17 ވަނަ ގަރުނުގައި ވިލާތުގައި ތިޔަ ސިހުރަކާއި ހެދި އެތައްބަޔަކު ދިރިތިއްބާ އަނދާލި. ދިވެހިންގެ ރާއްޖެއަށް އަދިކިރިޔާ މިއުޅެނީ 17 ވަނަ ގަރުނު އައިސްގެން.
މުކާރިއީސަ
12 February 2025
މަދުންނަމަވެސް ބޯދާ ސަގާފަތް ގެންގުޅޭ ގައުމުތަކުގަ އެންދުމުގެ ކަންތަ އަދިވެސް އެބަހިނގާ. ދިވެހިރާއްޖެވެސް މިވަނީ މިހާރު އެގުރޫޕްތެރޭގަ ހިމެނިފަ
ރަށު ކައުންސިލަރ
11 February 2025
އެ ތަނަށް ހެދި ސިހުރު ޖެހުމުގެ ކުރީގައި ކައުންސިލުންވަނީ ޙިކުމަތްތެރި ކަމާއި އެކީ އެ ސިހުރު ނުޖެހޭ ގޮަތަށް ފިޔަވަޅު އަޅާފައި
ދަގަތްފާނު
11 February 2025
މިހާރު ގިނަ ދިވެހިންނަށް ގަބޫލުކުރެވިފަ އޮންނަނީ ކާއްޓެއް ކަހަލަ އެއްޗެއްގައިވިއަސް އަރަބިބަހުން ލިޔެފިއްޔާ އެއީ ސިހުރު. އިނގިރޭސިބަހުން ލިޔެފިއްޔާ އެއީ ސުވެނިއާ ނުވަތަ އާޓު.
ދިރާސީސިހުރު
12 February 2025
އާއްމުކޮށް ސިހުރު ލިޔެއުޅެނީ ފާރިސީ ބަހުން.