ޑްރަގު މައްސަލައެއްގައި ހަނިމާދޫން ހައްޔަރުކުރި ދެމައިން.
13 ފެބުރުއަރީ 2025 - 13:51
ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ރަށުން މަންމައަކާއި ދަރިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ދެ އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 56 އަހަރުގެ އާމިނަތާއި އުމުރުން 25 އަހަރުގެ ފާތިމަތު މާޔާ އެވެ. މި ދެ މީހުންނަކީ ވެސް އެ ރަށު، މަޔާ ޕެލަސް ގެއިން ހައްޔަރުކުރި ދެ މީހުންނެެވެ.
އެނގިފައިވާ ގޮތުގައި މިއީ މަންމަ އާއި އޭނާގެ ދަރިއެކެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލާފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެެވެ. އެ ގެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 189.69 ގުރާމް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހަނިމާދޫ މެނިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ އާމިނަތުގެ ބަންދަށް ފަސް ދުވަސް އަދި މާޔާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަގޭ
14 February 2025
އަސްލު ވެސް ތަ؟ އަޅެ އެހާ ރީތި ކުއްޖަކު، ވަރަށް ދެރަވެއްޖެ.
ގުދުގުދާބެއްޔާ
14 February 2025
ޕޮލިހުންގެ މީހަކާ މައްސަލަޖެހިއްޖެނަމަ މިފަދަ ކަންކަން ވާނެ! އެންމެ އަވަހަށް ފެންނާނީ އެމީހެއްގެ ގެއިން މަސްތުވާތަކެތި! ޕޮލިހުންގެ ތެރޭގައި އުޅޭ މީހެއްގެ އަނބި ވަރިކޮއްފަހުންނަ އެމީހަކާ އިންނަ މީހުންނަށް މިފަދަ ހާލަތުކުރިމަތިވޭ! މިއީ އިއްތިފާގެއްބާ؟
ކައުންސެލަރު...
14 February 2025
ކީއްދޯކުރާނީ.... ބޯހަލާކު
ދަގަނޑޭ
14 February 2025
ޑްރަގް އިންޑަސްޓްރީގައި އާއިލާގެ ބައިވެރިވުން އޮތުންވެސް ގޯހެއްނޫން. އެއިރުން ޑްރަގް އިންޑަސްޓްރީ ވެސް ބާރަށް ކުރިއަށް ދާނީ
ޒުއީމު
13 February 2025
ޓިޔަ އަތުވީ 189.ގުރާމު ވީމަ 189 ކިލޯނަމަ އެއްޗެއް ހުރިކަމަށްވެސް ނުވާނެ ސަލާމަތްވެގެން ދެވޭނެ ބައިވަރު ގޮޅި ތިޔަދަލުގަ. ޙުނަނާނެ އަދަދު ކުޑަވީމަ ކުއްވެރި ވުމުގެ ފުރުސަތު ވަރަށް ބޮޑު
ހަސަދައެއް
13 February 2025
ނާކޮޓިކްސް އިންޓެލިޖެންސް އޭ. ހަސަދައެއް ފިލުވާލީ ތިޔަ
އޮނަރަބްލް އަފީފު ދީދީ
13 February 2025
ރާއްޖޭގައި ޑްރަޤްގެ ވިޔަފާރި ފުޅާވެފައިވާވަރާއި، ދިވެހިންނާއި ދިވެހިއާއިލާތަށް މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މިންވަރު މިކަމުން ވަރަށްރީއްޗަށް ސާފުވެގެންހިގައްޖެ. މަންމަ އޭނާގެއަމިއްލަ އަންހެންދަރިއާއިއެކު ޑްރަޤް ބޭނުންކޮށް ޑްރަޤްގެވިޔަފާރި ކުރާހިސާބަށް ދިއުމުން އިގޭ އެއްޗަކީ މިއީ މިހާރު ރާއްޖޭގައި މައްސަލައަކަށް ވާވަރަށްވުރެން ބޮޑަށް އާންމުވެ އެއާއިނުލާ ދިވެހިންގެ ދިރިއުޅުން ހަމަޖައްސާލެވޭވަރަށް ވުރެން ދިވެހިންނަށް މުހިންމު އެއްޗެއްކަން.
ކޮސް
13 February 2025
ފެނުނީ މަސްވާއެއްޗެއް ކަމުގައި ބެލެވޭ އެއްޗެއް. ބަރުދަނުގައި ހުރީ މަސްތުވާތަކެތި...........
ޅޮސް
13 February 2025
ޝޭޚުން ބުނެފަ އޮންނަނީ އަންހެނުން ބުރުގާ އަޅަން، އެހެންވެ އަހަރުމެން އެންމެން މިތިބީ ބުރުގާ އަޅައިގެން. މަސްތުވާތަކެތި އޯކޭ ވާނެ މި ޤައުމުގަ. މަސްތުވާތަކެއްޗާ ދެކޮޅަށް އެއްޗެއް ބުނާނެ ޝޭހަކު ދެކުނިންތޯ؟
އެންމެން ހެޕީ
13 February 2025
ފެމިލީ ބިޒްނަސް އެއްދޯ.....އަނެން ހެން ގޯހެއް ނޫން