ސްނޯކެލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް
13 ފެބުރުއަރީ 2025 - 20:53
ސްނޯކެލިން އަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފިރިހެން ޓޫރިސްޓެއް ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެ މީހާއާ ގުޅޭ މައުލޫމާތެއް އަދި އެ މީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން އާންމެއް ނުކުރެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް، ސްނޯކެލިން އަށް ދިޔަ ރިސޯޓެއްގެ މުވައްޒަފަކު ގެއްލިފައިވެ އެވެ. އިފުރު އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވަނީ އެ ރިސޯޓްގައި ޝެފެއްގެ ވަޒީފާގައި އުޅުނު އިންޑިއާ މީހެއް ކަމަށްވާ އަފްތާބް ޚާން އެވެ.
އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުނީ
17 February 2025
މިދެން މިހާރު އާއްމު ކަމަކަށް ވެއްޖެދެއްތޯ؟ ކަމާއި ބެހޭ ފަރާތްތަކާއި ވުޒާރާތަކުން މިކަމަށް ކޮން ހައްލެއްތޯ ހޯއްދަވަން ނިންމަވާފައި އޮތީ؟؟
ދޮންބެގެ މަންޖެ
15 February 2025
ސްނޯކްލިންއަށް ދާ މީހުން ގެއްލުމާއި، ނިޔާވުންފަދަ ހިތާމަވެރި ހާދިސާތަށް ތަކުރާރުވުމަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ގައިޑެޑް ސްނޯކްލިންގ ޚިދުމަތް ނުލިބުމާއި، ލައިފް ގާޑްގެ ޚިދުމަތް ދިނުމުގައި އިހުމާލުވުމާއި، އޮން އެރައިވަލް ބްރީފިންގައި ދޭންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި ސްނޯކުލިންއާ ގުޅިގެން ދޭންޖެހޭ މަޢުލޫމާތު ހިމެނިފައި ނެތުން ހިމެނޭ. އަދީ މީގެ އިތުރުން ފަތަން ނޭނގޭ މީހުންނަށް ގައިޑަކާ ނުލައި މޫދަށް އެރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް.
މުލޭ
14 February 2025
ސްނޯކްލިން އަށް ދާ މީހުން ގެއްލެނީ އިހުމާލު ވެވޭތީ. ޓޫރިސްޓުން ގެއްލޭ މައްސަލައަށް ނިމުމެއް ގެންނަން އެބަޖެހޭ. ކަމާބެހޭ އެންމެން ގުޅިިގެން ޙަެްލުކުރަންޖެހޭ ކަމެއްމިއީ. ހަމައެކަނި ޑޮލަރުކޮޅު ލިބުނީމަ ނިމުނީއެއްނޫން. ސީރިއަސް މައްސަލައެއްމިއީ.
ނަގޫ
14 February 2025
އެމީހުން ގެންދަނީ ހަންމަތަ ނުކުރެވޭވަރަށް ބައިބޯކޮށްކަމަށް ވާނަމަ ވަރަށް ދެރަކަމެއް. ސްނޯކްލިން ކުރުމަކީ ވަރަށް އާދައިގެ ކުޑަކަމަކަސް ދޫކޮށްލައިގެން ނުވާނެ.
ކޮން
14 February 2025
ކޮން އަތޮޅެއްގައި އޮންނަ ރިސޯޓެއްކަން ޖަހާލި ނަމަ
މުލޭ
14 February 2025
ސިނަމަން ދޮންވެލި އެއޮތީ ތަނބުރުދޫއާ ޖެހިގެން އިރުމައްޗަށް. އެއީ މާލެ އަތޮޅު.