ހުޅުމާލޭ ރައުންޑްއެބައުޓްތަކުގައި ގަސް އިންދާފައި.
16 ފެބުރުއަރީ 2025 - 11:16
ހުޅުމާލޭގައި ހަދާފައިވާ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ހެދުމުގެ ބަދަލުގައި އެ ތަންތަނުގައި ގަސް އިންދަން ފަށައިފި އެވެ.
ހުޅުމާލޭގެ ޓްރެފިކް ފްލޯ އަށް ފަސޭހަ ކުރުމަށް މަގުތަކުގައި ހަދަމުންދާ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރުގެ މެނޭޖުމަންޓުގެ ސިޔާސަތުގެ ދަށުން މުބާރާތަކަށް ހުޅުވައިލި އެވެ. އެކަމަކު، އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މެނޭޖުމަންޓުން މުބާރާތުން އެއްވަނަ އަށް ހޮވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިންތަކެއް ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކުރުމުން އެކަން އެޗްޑީސީން ބަލަން ފެށި އެވެ.
ނަމަވެސް ފަޒުލްގެ އިސްތިއުފާއާ އެކު، އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލް އައްޔަން ކުރެއްވި ފަހުން ވަނީ މޮނިއުމެންޓްގެ ބަދަލުގައި ރައުންޑްއެބައުޓެއްގައި ގަހެއް އިންދައިފަ އެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު އިބްރާހިމް (ޕޮކްމޭން) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ހެދުމަށް ނިންމި ނިންމުން އާންމުންގެ ފާޑުކިޔުމާ ހުރެ ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް ރައުންޑްއެބައުޓުގައި މިހާރު ގަސް އިންދާފައިވާއިރު އެ ގަސް ރަނގަޅަށް ހެދި ފޯވެ، މާތައް އެޅުމުން އިތުރު ރީތި ކަމެއް ލިބޭނެ ކަމަށެވެ.
We revisited our initial plans to build concrete monuments inside the roundabouts in Hulhumale following public outrage. Today, we completed the greenscaping of the pilot roundabout island. This island will look even more stunning once the trees begin to grow and the flowers are… pic.twitter.com/xnNPawRBVI
— Pokman 🇲🇻 (@PokmanMV) February 14, 2025
ގަސް އިންދަން ނިންމި ނިންމުމާ އެކު، އެ މުބާރާތަށް ދެން ވާނެ ގޮތަކާ މެދު "މިހާރު" އިން ސުވާލުކުރުމުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރު މުހައްމަދު ސިރާޖު މިއަދު ވިދާޅުވީ، އޭއައި ޑިޒައިނަކަށް ވަނަ ލިބުމުން އާންމުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް އޮތް ކަމަށެވެ. އެހެންވެ، އޭރު މައްސަލަ ބަލަމުންދިޔަ ނަމަވެސް އެކަން މިހާރު އޮތީ މަޑުޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުބާރާތުން ވަނަ ލިބުނު ފަރާތަށް އިނާމު ވެސް ހަވާލެއް ނުކުރެ އެވެ.
"ކުރިން ވެސް އޮތީ އިނާމު ދޭނީ ޕްރޮޖެކްޓްގެ ޑީޓެއިލް ޑްރޯވިންއަކާ ހަމައިންނޭ. އެކަމަކު އެ ހިސާބަކަށް ނުދޭ،" ސިރާޖު ވިދާޅުވި އެވެ.
ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމެންޓްތަކުގެ ޑިޒައިން ހެދުމަށް ހުޅުވާލީ "ދިވެހިންގެ ރާއްޖެ" ތީމަށެެވެ.
އެ މުބާރާތް ކާމިޔާބުކުރާ ބަޔަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ހަތް ފަރާތަކުން ޑިޒައިން ހުށަހެޅި އެވެ.
އެ ހުށަހެޅުންތަކުގެ ތެރެއިން ވަނަ ހޮވާފައި ވަނީ އެ ކަމަށް ކަނޑައެޅި ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށް ފަހު، ކަމަށް އެޗްޑީސީން ބުންޏަސް އެއް ވަނަ ލިބުނީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކަކަށް ކަމަށް ބުނެ، އެ ކުންފުންޏަށް ވެސް މީހުން ޝަކުވާ ހުށަހެޅި އެވެ.
އެހެންވެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ލިބުނު ފަރާތް އިއުލާންކުރުމަށް ފަހު ވެސް އޮތީ މަޑުޖައްސާލައިފަ އެވެ.
އެ މައްސަލާގައި އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މުބާރާތް ބޭއްވީ ހުޅުމާލޭގެ ތަރައްގީ އަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ހިޔާލާއި ވިސްނުން ހިމެނުން ކަމަށެވެ. އެފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަށް އެ ކޯޕަރޭޝަނުން އަމަލު ނުކުރާނެ ކަމަށާއި އަދި ރައްޔިތުންނާ ގުޅޭ އެފަދަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާވިންޢަލީ
16 February 2025
އަޅެ ސަޅިކޮށް މިތަންތަން ހަދާލިނަމަ. މައުމޫން އިރު އިސްލާމީ މަރުކަޒުކައިރި ހުރި ފައުންޓަން ގޮތަށް. ޒަމާން ކުރިއަށް ދާވަރަކަށް ސަޅިވާން ޖެހޭނެ އެއްނު ތަންތަން.
ލާރި ބެހުން
16 February 2025
ކޮބާ ތިޔަ މޮނިއުމެޓްތައް ހަދަން އިއުލާނުކޮށްގެން ވަކި ބަޔަކަށް ބަހާލި ލާރިތައް?
މަހާ
16 February 2025
އާރޓިކަލް ކިޔާލިންތޯ؟
ގަސް.
16 February 2025
ދެން އަނެއްކާ ވައިބާރު ދުވަހެއްގަ ވަޔާ ދާތީއޭ އާންމުންނަށް އާންމު އުނދަގުލަކަށް ވާތީ އޭ ކިޔާފަ ކަނޑާ ފެންވަރުގެ ގަހެއްނޫން އިންދާނީ
ޙަސަން އަޙްމަދު
16 February 2025
އަޖައިބެއް ފަހެ ނުވާނެ! އެއަށް ދިވެހި ބަހުން ކިޔަނީ ބުރު! އަޑު އަހަންތަ ގަޑި ބުރު، ބިސް ބުރު މިކަހަލަ ނަންނަން ކިޔާ އަޑު؟ އެޗްޑީސީން ބަޔާންދޭ ބަޔަކަށް ދިވެހި ބަހުން ކިޔާ ނަން ނޭނގުމަކީ ދިވެހި ބަހުން ނޫސްވެރިކަން ކުރާ ބަޔަކު ގުރައެއް ހެން އެހެން ކިޔަންޖެހޭ ކަމެއްތަ؟ ގައުމިއްޔަތު ވުޒާރާއެއް ހެދިފަހުން މިކަންތައްވީ ބޮޑު.
ކެނެޑީ
16 February 2025
ގައުމުގެ މިސްރާބު ހުރިގޮތް ވަރަށްސާފު، ބޮޑެތި ބޮޑެތި އިދާރާތަކުގެ އިސްވެރިންނަށް ތިޔަހުރީ ކިޔާނަންނަން ޕޮކްމޭން އޭ؟
އަހައްމަދޫ
16 February 2025
ގަސްއިންދީމަ މާރީތިވެފަ ނަލައެއްނު. އަދި ބޮޑެތިބޮޑެތި އިނާމުތައްވެސް ދޭކަށްނުޖަހާނެ
ސނފކލނ
16 February 2025
ސަރުކާރުގެ ބަޖެޓަށް ލޯޑް ކުޑަ ކުރަން މި ވަތް ބުރު ވިޔަފާރި ކުރާ ފަރާތްތަކަށް ދީ އެޗްޑީސީ އިން ކަނޑައަޅާ ޤަވާއިދާ އެއްގޮތަށް އެތަންތާ އެވިޔަފާރި އިސްތިހާރު ކުރަން ބޭނުން ކޮށް އޭގެ ބަދަލުގަ އެތަންތާ ގަސް އިންދާ ރީތި ކޮށް ބަލަހެއްޓުން އެއީ އެބަޔެއްގެ މަސައްކަތަކަށް ހެދުން ރަނގަޅު. އަދި އެޗްޑީސީ އިން ޤަވާއިދާ އެއްގޮތަށް އެތަން ބަލަހައްޓާތޯ ބަލާ ވީރާނާވާން ދޫކޮށްލައިގެން ވެސް ނުވާނެ
ބުރު
16 February 2025
ތިޔަމޮނިއުމަންޓް ތަކަށްވުރެން ތިޔަ ރައުންޑްއަބައުޓް ކަންތައް މާބޮޑެންނު،. ކާކު އެންޖިނޭރަކީ. މީ މަގުގެ ފުޅާމިނާ، ޓްރެފިކްފްލޯއާ އަދިވެސް އެހެން ފެކްޓަރސް ބޭނުންކޮއްގެން ބައިވަރު ހިސާބުތައްް ހަދައިގެން ކުރާޒާތު ކަންކަން. ފެންވަރެއްނެތް ތަނެއްދޮރެއް ނުދަންނަ ބަޔަކު ތިޔަ އެޗްޑީސީ އައް ވެއްދުމުން މުޅިތަން ހަލާކުކޮއްލައިފި. މާއި މިކަންތައްތައް ހައްލު ކުރާނެކަމަށް އުންމީދުކުރަން.
ވަށްބުރު ހަތަތެސްކަންބުރު
16 February 2025
ކޮން ރައުންޑްއެބައުޓްތަކެއްތޯ?ތިޔަށްކިޔަނީ "ވަށްބުރު" މާރީތިވެފައި ފަސޭހަނޫންތޯ.މާފަބްނު ވަށްބުރެކޭ ކިޔާތަނެއްވެސް އޮތް. ހަމަ އެހެންކިޔާލާއިރަށް އެނގޭ އެއީ ކޮންތާކު ކިހިނެއްއޮތް ކޮންސިފައެއްގައި އޮތް އެއްޗެއްކަން.
ބިސްބުރު
16 February 2025
މާފަންނު ބިސްބުރު
ކޮން
16 February 2025
ދޮގެއް ނޫން. މީހަކު އެއްޗެއް ކިޔައިފިއްޔާ އެ ނިމުނީ... ދެން ނުހުއްޓޭނެ. މީ ގުރާތަކެއްނޫނިއްޔާ..
ފިކުރޭ
16 February 2025
މުއީޒު އާ މޮނިއުމަންޓް ކަމަކު ނުދޭ. ގަސް އިންދުން ކަމުދޭ.