މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ނަގަނީ.
16 ފެބުރުއަރީ 2025 - 11:51
މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި 200 އަށް ވުރެ ގިނަ ވެހިކަލް އިއްޔެ ޓޯކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އިއްޔެ ކޮށްފައިވާ ކަމަށާއި އެ މަސައްކަތުގެ ދަށުން 235 ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ޓޯކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދާއި ތިން ބައިސިކަލެވެ.
މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ނަގަނީ.
މާލެ އާއި ހުޅުމާލޭގެ މަގުތަކަށް އުކާލާފައިވާ ބާވެ، ގިނަ ދުވަހު ނުދުއްވާ ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވެ އެވެ.
މިދިޔަ އަހަރު ވެސް ރޯދަމަހާ ދިމާކޮށް ފުލުހުން ވަނީ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނައްތާލައިފަ އެވެ. އެ ފަހަރު ވެސް 280 އަށް ވުރެ ގިނަ ވެހިކަލް ނައްތާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
17 February 2025
ހާދަ ރަގަޅޭ, ކަންމަތީ ޕާކުކުރާ އުޅަނދުތައް ނަގަންފަށާނީ ކޮންއިރަކުންބާ, ހާދައުދަގޫވޭ
ނާޑުވާ
17 February 2025
ޓޯކުރާ ވެހިކަލް ނައްތާލަނީ. އަތުލައިގަންނަ މަސްތުޗާ ތަކެއްޗާ ބަނގުރާ ނައްތާލަނީ. އަތުލައިގަންނަ ފައިސާ ނައްތާނުލެވެނީ ކީއްވެތޯ. އެ ފައިސާ ބޭނުންކުރާނަމަ. ވެހިކަލް ތައްވެސް ނީލަން ކިޔައިގެން އާމްދަނީ ހޯދަން ވީ ނޫންތޯ? ބަނގުރާ ވިއްކަން ހުއްދަ އޮންނަ ރިސޯރޓް ތަކަށް އެތަކެތި ވިއްކަން ވީ ނޫންތޯ. ނައްތާލަންޏާ ހުރިހާއެއްޗެއްވެސް ވާނީ ނައްތާލަން.
އަޑަބެ
16 February 2025
ތީ ކޮންމެވެހިކަލަކުން ދިހަހާސްރުފިޔާ ހޯދުމަށް ހިންގި ހަރަކާތެއް.
ގާނޫނުހިނގަނީ ވަކި ބަޔަކަށް.
16 February 2025
ދިވެހި ރާއްޖޭގެ ގާނޫނު ހިނގަނީ ހަމައެކަނި މާލެއަށް ކަމަށް ގަބޫލުކުރަން މަޖްބޫރު ވެއްޖެ. ހުޅުމާލޭ މަގުތަކުގައި ދެއަހަރުވަންދެން ގުޑުވާނުލައި ޕާކްކޮއްފަ ހުންނަ ވެހިކަލްތަކާ ހެދި ނުރައްކާތެރި އެތައް ހާދިސާތައް ހިނގާއިރުވެސް ފެންނަބަޔަކު ނެތް. އަދި ހާއްސަކޮށް ފޭސްއެކެއްގެ ބީޗް އޭރިޔާ އެބަޔަކު ހިތުހުރިގޮތަށް ބޮޑެތި ބިލްޑިންގްތައްހަދައިގެން ރެސްޓޯރަންޓްތަކާ ގަރާޖްތައް ހަދަން ދޫކޮއްލާފަ އަޅާނުލާ ތިބެނީ އެއީ ދިވެހި ގާނޫނު ނުހިނގާ ތަންތަންތޯ؟
ކޮރަލް
16 February 2025
މާލެ، ހުޅުމާލެ ހައިވޭ ތަކުގަ 4 ފުރޮޅުލީ ވެހިކަލް ތައް ގަވާއިދާ ހިލާފައް ވ ގިނަ އިން ވަނީ ޕާކް ކޮށްފަ އެވެ. ގިނަ ވެހިކަލް ސައިކަލް ލައިން ގަ ޕާކް ކޮށްފަ އެވެ.
ހަސަން ކުރުސީ
16 February 2025
ހުޅުމާލޭގެ ކާރު ޕާކިން ޒޯންތަށް އަނެއްކާ ފުރިއްޖެ ރަޖިސްޓްރީ ނުކުރާ ކާރު ތަކުން. ވެރިކަން ފެއިލް
ސުހާނާ
16 February 2025
ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އެއްޗެއްކަން ކަނޑައަޅަނީ ނުވަތަ އެކަން އެނގެނީ ކިހިނެއްބާ؟
މަހޭން
16 February 2025
މީ ދެން އަޖައިބެއްނޫންތަ، ކަލޭމެންނަށް ކިހިނެއްތަ އެނގުނީ ގިނަދުވަސްވެފަ ހުރި އެއްޗެއްކަން. ހޮޓަލަށް ވަދެ ސާ ބޮއެގެން ނިކުންނަ ވަގުތު ކޮޅު ތެރޭ އެޓޯ ކޮއްލަނީ
ވިމާލެ މީހާ
16 February 2025
ބުރާސްފަތި ދުވަހު އޮފީސް ނިމިގެން ވިލިމާލެއަށް ގޮއްސަ އާދިއްތަ ދުވަހު އޮފީހަށް ދާން މާލެ އައި އިރު ގިނަ ދުވަސްވެގެން ބޭނުން ނުކުރާތީ ސައިކަލު ވަނީ ޓޯ ކޮށްފަ.
ބިއްލެ
16 February 2025
ޓޯކުރާނެ ގަވާއިދާ ޚިލާފަށް ޕާކްކުރަންޏާ. އަބަދު އެއްތާކު ޕާކް ކުރުމަކީވެސް ޓޯ ކުރެވިދާނެ ހާލަތެއް. އެއީ އަބަދު އެއްތާކު އުޅަނދު ހުންނަންޏާ އެ އުޅަނދަކީ ބޭނުން ނުކުރާ އުޅަނދެއް ކަމުގައި ބެލެވޭނެެ ފުރުޞަތުއެބައޮތް.
މާލެ މީހާ
16 February 2025
ތި ސައިކަލާ އެއްޗެހި ދޮވެގެން ގެންގުޅެ ބަލަ. ތިޔަށް ބަލާލަން ވެސް ނުކެރޭ
ދާއިން އަލީ
16 February 2025
ނައްތަންވީ ހުރިހާ އެއްޗެސް. އަބަދުވެސް މިކިޔަނީ އޭ،ބީ،ސީ ގެ ހުރިހާ ސައިކަލެއް ނައްތާލާށޭ. ދުނިޔޭގެ އެހެން ގައުމު ތަކުގަ ވިއްސަކަށް އަހަރު ވެފަ ހުރި ވެހިކަލްތައް ނައްތާލާނެ. އެނޫން ގޮތަކަށް ނޫނީ މި މާލޭ ސަރަހައްދުގަ މަގުތައް އަމާނެއް ނުވާނެ. ބާރުބޮޑުކަން ހުއްޓުވޭނީ މިހެން
ރަޓުގެ މީހާ
16 February 2025
މާލެ ތޮއްޖެހުން ކުޑަވާނެ ކަލޭވެސް ކަލޭގެ އާއިލާގޮވައިގެން ރަށަށް ދިޔައީމަ….