ނައްތާލުމަށް ގެންދާ އުޅަނދުތަކެއް.
10 މާޗް 2024 - 11:34
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ހުރި 281 ވެހިކަލް ނައްތާލައިފި އެވެ.
މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ މިދިޔަ މަހުގެ 17 ގަ އެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ، "ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް 281 އުޅަނދު ނައްތާލާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ނައްތާލި އުޅަނދުތަކުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެގެން ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ކާރުތައް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ މަގުތަކުގައި ގިނަ ދުވަސް ވަންދެން، ގަވާއިދާ ހިލާފަށް ބަަހައްޓާފައި ހުރި ވެހިކަލްތަކެވެ.
ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ވަނީ ނައްތާލެވިފައި.
— Ministry of Transport and Civil Aviation (@MoTCAmv) March 10, 2024
1/2 pic.twitter.com/NbPlFoBbcS
އެއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މާލޭގެ މަގުތަކުގައި، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން މާލޭގެ ތޮއްޖެހުން ބޮޑުވެ، ޝަކުވާ އިތުރުވެ މިހާރު އަންނަނީ ވެހިކަލްތައް ޓޯކުރަމުންނެވެ. އެކަމަކު ވެސް މާލޭގެ މަގުތަކުގައި ހިތުހުރި ގޮތަކަށް ދަނީ ޕާކުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީވެސްނުވޭ
11 March 2024
އަދި މަގުމަތިން ބާ ވެހިކަލް މަދުވިހެން ހީވެސް ނުވޭ.
އަލިހޮއްކޮ
10 March 2024
މީގެ ކުރިން ނައްތާލާ ސައިކަލްތަކަށް ހަދާހެން ނަހަދާ ތި ކާރުތައްވެސް ނައްތާލައިފިއްޔާ ރަގަޅު. އެހެން ނޫނިއްޔާ ދުވަސްކޮޅަކުން ފެންނާނީ ބަންގާޅީންތައް ތި ކާރުތައް ހަދައިގެން މަގުތަކުގަ ދުއްވާތަން. ނައްތާލި ސައިކަލްތައް އަލުން ރަޖިސްޓަރީ ހައްދައިގެން މިހާރު މަގުތަކުގަ ބަންގާޅީން ދުއްވާނަގަނީ. ބަޔަކަށް މަންފާތަކެއް ކުރާނެތާ!!
ޒަވިޔަނި
10 March 2024
ތިކަހަލަ 281 ކިތައް ވެހިކަލް އަދި އޮންނާނެ. ދެން ތިނިމުނީއޭ.
ހަސަނު
10 March 2024
ވެހިކަލް ނައްތާލުމުން އެ ނިމުނީކީ ނޫން.. ތިޔަ ތާ ގިނައީ ހަލާކުވެގެން މަގުމައްޗަށް އެއްލާލާފައިހުރި ބާ ކާރު ތައް.. އެކާރު ތަކުގެ ވެރިން ހޯދާ އެމީހުން ޖޫރިމަނާ ކޮށް އެ ކާރުތައް ނައްތާލަން ދިޔަ ހަރަދު އަތުލާންޖެހެ...
ހާލިދު ގަނީ
10 March 2024
ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި އަދިވެސް. އަޑުއިވޭ ގިނަ ކާރު ތަކަކީ ސިފްކޯ ލޯނުން ގަނެފަ ހުރި ބައެއް ކާރުތަކޭވެސް. މިހެންވެޔޯ ޓޯނުކުރެވިގެން އުޅެނީ. ކޮބާހޭ އިސްޓިކާރޖެހުން!!!!!!!!!!!!!!!!!!!!!!!!!!
ހިއުމަން ޓްރެފިކް
10 March 2024
ދެން ކުރަންވީ ކަމަކީ މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ވަޒީފާއެއް ނެތި އަޗާ ތަޅަން އައިސް އުޅޭ ރަށް ރަށު މީހުންވެސް އެބައަކު ނިސްބަތް ވާ ތަނަކަށް ފޮނުވާލަން ވީ. އަދި އިންޓަރނަލް މައިގްރޭޝަން ރެގިއުލޭޓް ކޮށްފަ އެމީހަކު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރާނަމަ ކޮންމެވެސް ޕްރޮސީޖާރ އެއްގެ ތެރެއިން އެކަން ކުރަން ވީ. އެހެން ނޫން ގޮތަކަށް މާލެ ވެސް ހަމައަކަށް ނޭޅޭނެ.
ފފދފދގދ
10 March 2024
މިއީ މިނިވަން ގައުމެއް. ރާއްޖޭގެ ހަމަ ކޮންމެ ރައްޔަތަކަށް ކޮއްމެ ރަށަކަށް ދެވެންޖެހޭ. ރާއްޖެތެރޭ މީހުންގެ ޓެކުސް ފައިސާއިން މާލެ ތަރައްގީކޮއްފަ ދެން އެރައްޔަތުންނަށް މާލެ އެރެންވީ "އިންޓަރނަލް މައިގްރޭޝަން ރެގިއުލޭޓްރީ ފީ" ދައްކައިގެން؟
އެރަށު މީހާ
10 March 2024
ބަލެ ތިބޭފުޅުން ގޭގެއަށް ކުލި ހޯދަން މޭހުން ގިނަކުރަނީ. ދެން މަދެއް ނުވާނެ
ސަންފަދަރި
10 March 2024
ރާއްޖެތެރޭ މީހުންގެ ޓެކްސް ފައިސާއިން މާލެ ތަރައްގީކޮއްފަ، މާލޭ މީހުންގެ ޓެކްސްފައިސާއިން ރާއްޖެތެރޭ ހުރިހާރަށެއްގަ ބަނދަރުހަދާދީ، ފުޓްސަލްދަނޑު އަލާދީ، އެއަރޕޯޓް އަޅާދީ، ފެނާ ނަރުދަމާ، ކަރަންޓްލާދީ، ހިލޭ 4000 އަކަފޫޓްގެ ގޯތިތައްދީ،... ލަދުކޮބާތޯ؟
ދީމުގުރާތުސް
10 March 2024
ފްލެޓް މައްސަލާގައި، އޭސީސީން އިސްނަގައިގެން ހައުސިން މިނިސްޓްރީއަށްވަދެ، ފްލެޓް ދިނުން ހުއްޓުވި. ހަމަ އެއުސޫލުން ގަރާޖު ސިޓީ ކަންތައް ނުބެލިގެން އުޅެނީ ކީއްވެ؟ ނުކިއްސަރު ގަރާޖު ސިޓީ ތަކުގެ ވާހަކަ ނޫސްތަކުގައި ލިޔޭ، ސޯޝަލް މީޑީއާތަކުގައި ލިޔޭ، މީހުން އެވަރަށް އެވާހަކަ ދައްކާ. ފުލުހުންވެސް، އޭސީސީވެސް، ދައުލަތްވެސް ހަމަ ކަހާތަން ހިރުވާވެސްނުލާ.
ޖޮނީ
10 March 2024
ކުޅޭ ކުޅޭ ކާރުތަކަކާ ވައްތަރީ. އަސްލު ކާރު ވެއްޖިއްޔާ ރަނގަޅުވާނެ ކަނޑަށް އަޅާލަން. ދެން ޑައިވް ސްޕޮޓަކަށް ހަދައިގެން މަނީ ކްރިއޭޓު ކުރެވޭނެ.
މަޖާ
10 March 2024
އެްއްވެސް މަޖަލެއް ނޫން ޖޮނީ
އީސަދަރި
10 March 2024
ޖޮނީ ތިބުނީ ވަރަށް ރަގަޅު ވާހަކައެއް، އެ ކާރުތައް ކަނޑަށް އަޅާލުމުން އެ ހަދާދެވުނީ މަސްމަހާ މެހީގެ ގެތަކެއް. ކުޑަ ދުވަސްކޮޅެއްގެތެރޭގަ އެ ކާރުތަކުގަ މުރަކަ އުފެދި ކުދި މަސް އާލާވީމަ ފަރުމަސް މަސްވެރިކަންވެސް ރަގަޅުވާނެ. އެކަމަކު މާ ފުން ނޫން އޮއިދެމޭ ތަނަކަށް ވާންޖެހޭނެ.
މިލް
10 March 2024
އަދިވެސް ބައިވަރު އެބަހުރި މާލެ، ހުޅުމާލޭގެ. އެވެސް ނަގާނެ ކަމައް އުއްމީދުކުރަނީ.
ނެކްސްޓް
10 March 2024
ކިހާވަރެއް މިމީހުންނަށް ދޭންޖެހޭނެބާ؟