އަމީނީ މަގު: ކާރެއް ކޮންޓްރޯލް ނުވެ ގޮސް ސައިކަލުތަކަކަށް ވަނީ ގެއްލުންވެފައި --- ފޮޓޯ/މިހާރު
23 ފެބުރުއަރީ 2025 - 10:48
މާލޭގައި ކާރެއް ކޮންޓްރޯލް ނުވެގެން ހިނގި އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުންވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހެނދުނު 7:50 ހާއިރު އަމީނީމަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ގޮސް އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގަިއ އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ހަ ސައިކަލާއި ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފާ
23 February 2025
އުހު! ނޫން! އަދިވެސް މާލެއަށް ކޮންކުރީޓު، މީހުން، ވެހިކަލް ގިނަކުރޭ! ދެން ވެރިންގެ ގެ 15 ބުރިއަށް ހިއްލާ!
ބޮވިއްޖެ
23 February 2025
ދުއްވަން ހުރިމީހާ ހުރީ ހަމަހޭގަތޯ ބަލައިފިބާ؟
ނޮންފަންޖިބްލް
23 February 2025
ކިހިނެއްބާ ހަ ސައިކަލް ޕާކްކޮށްފައި އޮތީ؟
ސެލީން
23 February 2025
ޕާކު ކޮއްފަ ހުންނާނީ ސައިކަލު.
ނޯ ވޮރީޒް
23 February 2025
ނޯ ވޮރީޒް. ތަރޑް ޕަރސަން އިންޝޫރަންސް އޮންނާނެ.
ޝޭމް ރިޕޯޓަރސް
23 February 2025
ގެއްލުމާއި އަނިޔާ، މިއީ އެއް މާނައެއްވާ ދެ ބަސް ތޯ؟ މީހަކަށް ގެއެލުމެއް ނުލިބޭނެ ދޯ 6 ސައިކަލު އަދި 1 ކާރަށް އަނިޔާ ވި އިރު!
ދައިގަންނަގުރާ
23 February 2025
މާލެއަކީ އެއްވެސް އެއްޗެއް ކޮންޓްރޯލްނުވެގެން ޖެހޭވަރަށް ބާރަށް ދުއްވޭ ޖާގަ އޮތްތަނެއްވެސް ނޫން. ދެން މިކަހަލަ މީހުންނާހެދި އުނދަގޫ ނުވާގޮތަކަށް ވާނެ ދުވަހެއް ފެންނަން ބޭނުމީ.