ޖިންސީގޯނާއާ ދެކޮޅަށް ގިނަ ބަޔަކު ނުކުމެ ކުރި މުޒާހަރާއެއްގައި އަންހެނަކު އަޑުއުފުލަނީ. -- ފޮޓޯ: މިހާރު
24 ފެބުރުއަރީ 2025 - 11:32
ސްކޫލެއްގެ ފިރިހެން ދަރިވަރަކު ގްރޫމްކުރި އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފި އެވެ.
އެ ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކު ގްރޫމްކުރި މައްސަލަ ޕޮލިހަށް ހުށަހެޅީ މިދިޔަ މަހުގެ 21ގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ޓީޗަރު ކިޔަވައިދޭ ސްކޫލުން މައްސަލަ ބެލުމަށް ފަހު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ކުއްޖާގެ ބެލެނިވެރިޔާ ވަނީ މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ. އެހެންވެ މިނިސްޓްރީން ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގްރޫމްކުރުމަކީ ޖިންސީ ގޯނާގެ އަމަލެއް ހިންގަން އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެ ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމެވެ.
އެ ހާދިސާ ހިނގީ ދެކުނުގެ ރަށެއްގަ އެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.
ގްރޫމްކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، މިދިޔަ އަހަރު ވަނީ ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ނަމަވެސް އެ ޓީޗަރަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ކުއްޖަކު ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމްކުރުމުގެ ކުށްކުރަނީ އެ ކުއްޖާ އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިދުބެ
25 February 2025
ގްރޫމް ކުރުމަކީ ކޮބާކަމެއްނޭނގޭ. ސްކުލް ނިމޭއިރު ރޫމަކަށް ނުދާ ކުއްޖެއް ދައްކާލަބަލާށޭ. މައްސަލައަކީ ޓީޗަރެއްނޫން. ޓީޗަރަކީވެސް ކޮންމެވެސް މީހެއްގެ ދަރިއެއް. ހަގީގަތް ގަބޫލުކުރޭ. މީހުނާދިމާލަށް އެއްޗިސް ނުކިޔާ ތިމާގެ ގާތްމީހުނަށް ހެޔޮބަހެއް ބުނުމުގެ ހިތްވަރު ދައްކަމާ ބަހީ.
އައިމިނާ
25 February 2025
ވިސްނޭގޮތުގައި ދެފަރާތުގެ މައްސަލަ އޮންނާނެ.
ކެންގަރޫ
25 February 2025
ވަރަށް ވިޔާނުދާ ކަމެއް. އަމުދުން އެހާ ޅަ އަންހެންކުއްޖަކު އެފާޑަށް އުޅެފާނެކަމަށް ގަބޫލުނުކުރެވޭ.
ރިނަމަން
25 February 2025
ކޮން މާއްދާއެއް ކިޔަވާދެނީ؟ އެހެން ނޫނީ ހުރޭ ޖަހާފަ ކިޔަވައިދޭ މާއްދާ
ވަހސިް2ުި
24 February 2025
ޤުރުއާނާ ބެހޭ މަރުކަޒުގެ މުދައްރިސެއްނޫން ކަން ޔަޤީން. އަދި އެއްވެސް ދުވަސްވަރެއްގައި ޤުރުއާން އަދި އިސްލާމް ކިޔަވައިދިން މުދައްރިސެއް ވެސް ނޫންކަން ޔަޤީން. އެހެން ނޫން ނަމަ އޮންނާނެ ކިޔަވައިދިން ކަން އެނގެން
ދޮންބީފާނުގެ ކުދު ދިއެ
24 February 2025
ކުޑަކުއްޖަކު ބޮޑުމީހަކު ގްރޫމް ކޮށްފިއްޔާ ދެނޯ
ކަނބިލި
24 February 2025
ގުރޫމްކުރީ ކުއްޖާތޯ ޓީޗަރުތޯ. ޚަބަރު ލިޔެފައި އޮތް ގޮތުން ހީވަނީ ޝިކާރައަކަށްވީ ޓީޗަރުހެން. ކުއްޖާހެން ކުއްވެރިއަކީ
ރިއަލިޓީ
24 February 2025
ކޮން މާއްދާއެއް ކިޔަވޭ ޓީޗަރެއް؟ ގުރުއާން އިސްލާމް ކިޔަވަދޭ ޓީޗަރެއް ވިއްޔާ މާއްދާ ބުނޭ. އެހެން މާއްދާއެއް ވީމަދޯ އަންހެން ޓީޗަރެކޭ ބުނެފަ ނިންމާލީ. މިހިރީ ޑަބަލް ސްޓޭންޑަރޑް ހުންނަ ހިސާބު.
މެޓްލެބް
24 February 2025
މެތުސް ޗެމިސްޓުރީ ކިޔެވީމަ ހިތް އަލިވެޔެވޭ ނުބުނޭ
ހައްޕު
24 February 2025
ދެކުނުގަ ތިކަހަލަ ކަންތައް ގިނަވާނެ. އަންހެނުންވެސް ފިރިހެނުންނަކަ އިންޗިއެއްވެސް ދުލެއްނުކުރާނެ...
ޑެކުނު ބެއްޔާ
24 February 2025
ރ ނ އޮންނަނީވެސް ދެކުނުގަ ދެއްތޮ!
ޅަފަތުގާ
24 February 2025
ތިޔަޓީޗަރަކީ ފިރިހެނެއް ނަމަ ޝަރީއަތް ނިމެންދެން ބަންދުކުރާނެ ކަން ޔަގީން.
ސަމާހަތް
24 February 2025
ހުޅުމާލޭގައި ކުދިންނަށް ބެހުނު ފިރިހެން ޓިޗަރެއް މިހާރުވެސް ދޫކޮށްލާފަ އެބަހުރި. ހަބަރުގަ ޢެބައޮތް ދޫކޮަށްލާފަ ހުރި އެހެން ޓީޗަރެއްގެ ވާހަކަވެސް. ފެނުނީ ހަމައެކަނި އަންހެން ޓީޗަރު ދޯ