މާރުކޭޜުގައި ވިއްކަން ހުރި ކަރާތަކެއް. ކަރާ ކިލޯއެއް ލިބެން ހުރީ 25ރ. އަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
24 ފެބުރުއަރީ 2025 - 13:49
އަންނަ ހަފުތާގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް އއ. ތޮއްޑޫގައި 500-600 ޓަނާ ދެމެދުގެ އަދަދަކަށް ކަރާ ހައްދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، ތޮއްޑޫން ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް 114 ދަނޑެއްގައި ކަރާ ހެއްދުމުގެ މަސައްކަތް ކުރި ކަމަށާއި ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކަރާގެ ފުރަތަމަ ސްޓޮކް މާލެ ގެންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ ވިއްސާރަ މޫސުމާ ގުޅިގެން ބައެއް ކަރާ ދަނޑުތަކުން ކަރާ ލިބުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް ރޯދަމަހަށް ބޭނުންވާ ވަރަށް ކަރާ ލިބޭނެ ކަމަށެވެ. ތޮއްޑޫގައި 2.4 މިލިއަން އަކަފޫޓުގެ ސަރަހައްދެއްގައި ދަނޑުވެރިކަން ކުރެ އެވެ.
ލޯކަލް މާރުކޭޓުގައި މިވަގުތު ކަރާ ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ. އެއީ އިންޑިއާ ކަރާ އެވެ. މި ފެށޭ ހަފްތާގައި ރަށްރަށުން ކަރާ ގެންނާނެ ކަމަށް ވިޔަފާރިވެރިން ވެސް ލަފާކުރެ އެވެ. ބައެއް ވިޔަފާރިވެރިން ބުނީ، ރަށްރަށުގައި ހައްދާ ކަރާގެ އަގު 30ރ. އަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއީ މިހާރު ވެސް، މަދުން ލިބެން ހުންނަ ކަރާގެ އަގު އިންޑިއާ ކަރަލަށް ވުރެ ބޮޑުވުމުން ކަމަށް އެ މީހުން ބުންޏެވެ.
ރޯދަމަހު ދިވެހިން އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތަކީ، ކަރަލެވެ. ކޮންމެ ރޯދަމަހަކު ވެސް ބާޒާރުގައި އެންމެ ބޮޑަށް ޑިމާންޑު އުފުލެނީ ވެސް ކަރަލުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތީޖާ ނުކުންނާނެ. އިންޝާ ﷲ
24 February 2025
ދަނޑުވެރިކަން ކުރަން ޝައުގު ހުރި މީހުނަށް އަސްލު ރަނގަޅު ފުރުސަތު ތަކެއް ދޭން ވެއްޖެ.
ކެމިކަލޭ
24 February 2025
ތިހުރިހާ އެއްޗެއް ހެއްދީ ކިތައް ޓަނުގެ ކެމިކަލް ޖަހައިގެން ކަން ވެސް ލިޔެލަދޭތި
ހަސަނު
24 February 2025
ރާއްޖޭގާ ހެދޭ އަދި ހައްދާ ބާވަތްތައް ބޭރުން އެތެރެ ކުރުން ހުއްޓާލަންޖެހޭ.. ހާއްސަކޮށް އެ ބާވަތްތަކުގެ އަގު ކުޑަ ކުރުމުގެ ނަމުގާ ސަރުކަރުން އެ ބާވަތްތައް އެތެރެ ކުރުން ހުއްޓާންޖެހެ.. ރާއްޖޭގާ ހައްދާ ކަރަލާ، ކާއްޓާ ފަޅޮލާ އެހެނިހެން ތަކެތީގެ އަގު ބޮޑުވާނަ އެއީ ވާނެ ފައިދާއެއް ކަމަށް ބަލަންޖެހޭ...
ނަކަތް
24 February 2025
އެއީ ފައިދާއެއްނޫން. ރައްޔިތުންނަށް ލިބޭ ގެއްލުމެއް އެއީ.