ހިތަދޫ މެދު ދާއިރާގެ މެންބަރުން އަހުމަދު އަޒާން-- ފޮޓޯ: މަޖިލިސް
26 ފެބުރުއަރީ 2025 - 12:19
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުނުކުރީ އެއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށާއި އެކަމަކު އަދިވެސް ހުންނެވީ މި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރެއްގެ ގޮތުގައި ކަމަށް ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބަލައިގަތުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފައިވަނިކޮށް، އެ ބިލަށް ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު މާލޭގައި ހުންނަވައި އެ ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި ކަމަށް ވިދާޅުވާ މި ބިލު މިއަދުގެ ޖަލްސާގައި ވަނީ 68 މެމްބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ. ބިލަށް ތާއީދު ކުރެއްވީ ޕީއެންސީގެ މެމްބަރުން އެކަންޏެވެ.
އެކަމަކު، ބިލަށް ވޯޓަށް އެހި ވަގުތު، ވޯޓު ނުދެއްވާ މަޖިލީހުގެ ތަޅުމުން އަޒާން ނުކުމެވަޑައިގަތީ އެވެ.
އެ މައްސަލާގައި އަޒާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އަދިވެސް ހުންނެވީ ސަރުކާރާ އެކު ކަމަށެވެ. މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ ކުރިމައްޗަށް ނުކުންނެވީ ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު އިސްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވަން ނިންމެވީ މަގާމަށް އިންތިހާބުކުރި ރައްޔިތުންނާއި ރާއްޖޭގެ ގާނޫނީ ދާއިރާގައި އުޅޭ ވަކީލުންނާއި ކުރީގެ ފަނޑިޔާރުން އަދި ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ބައެއް ވަޒީރުންގެ ފަރާތުން ލިބުނު މަޝްވަރާގެ މަތިން ކަމަށެވެ.
ދިވެހި ގައުމަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅުން ވެސް ދެއްވި މަޝްވަރާއަކީ އެއީ ކަމަށް އަޒާން ވިދާޅުވި އެވެ.
"މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރެއްވުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ،" އަޒާންގެ ބަޔާނުގައިވެ އެވެ.
އަޒާން ވިދާޅުވީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އުޅޭ ނަމަ ޖުޑިޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވިދާނެ ކަމަށެވެ. އެކަމަކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، އެ މަގު އިހްތިޔާރު ނުކޮށް، ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބަޔާނުގައި އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަމުންދަނިކޮށް، ފަނޑިޔާރުން މަގާމުން ވަކިކުރަން އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާތަކާއި ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،" އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އެ ރައްޔިތުންނަށް ވައުދުވި ގޮތަށް އަދާނުކުރައްވައި، އަނެއްކާ ވެސް ރައްޔިތުންގެ ގާތަށް ވޯޓު ހޯއްދަވަން ވަޑައިގަންނަވާ މެމްބަރަކަށް ވާން ބޭނުން ނުވާ ކަމަށެވެ.
ސަރުކާރާ އެކު ހުންނެވި ކަމަަށް އަޒާން ވިދާޅުވިއިރު ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އޭނާ ބައިވެރިވެވަޑައި ނުގަތުމުން ވަނީ ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން ވެސް ވަނީ ނެރެފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
27 February 2025
މީނަ އަތުގައި ސަރުކާރު ބޮޑުން ބްލެކްމޭލް ކުރެވޭނެ ވަރަށް ސާމާނު އޮންނާނެ. ޕާރޓީން ކަނޑާކަށް ވެސް ނުކެރޭނެ. ރައީސް ވެސް ސައިޒްވާނެ.
ޝައުފާ މުހައްމަދު
27 February 2025
މީނަ ވެރިކަމަށް ލާން އުޅޭ ގޮތަށް މިއުޅެނީ މިހާރުއްސުރެ. ވަރަށް ދެން އެގިގެން އުޅޭ މީހެއް. ފޫހިވެއްޖެ މިހާރު
ެއެއްލާލާ
27 February 2025
އަޒާން ޕީއެންސީން ވަކިކުރޭ ޕާރޓީ އަށް ހަރާމްކޯރު ވެއްޖެ މީހަކު ދެން ރައްޔިތުންނަށް ހަރާމްކޯރުވާން ފަސް ނުޖެހޭނެއޭ ވަކިކޮށް ނަގާ އެއްލާލާ އެއްލާލާ އެއްލާލާ ސައިޒުން ކަނޑާތިރި ކުރޭ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ
ހުނަފީ
27 February 2025
އަޒާންއަކީ ހިއްވަރުގަދަ މީހެއް.65 މީހުންނާ ދެކޮޅަށް ނިކުތުމަކީވެސް ވަރަށް ހިއްވަރު. 500 މީހުންއެއްކޮޅުގަ ތިއްބަސް ހައްގުގޮތް ބަދަލެއްނުވާނެ.އިސްތިއުފާ ދޭކަށް ނުޖެހޭ.ގޯހެއްހަދަން އުޅޭއިރު ދެކޮޅު ނުހެދޭނެ ވިޕެއް ނުނެރެވޭނެ ހައްގަށްނަސްރުދޭ މީހަކަށް.މާދަމާ ގާނޫނުއަސާސީ އަންދާލަން ވިފެއްނެރުނަސް މުއިއްޒު ބުނީތީ ވޯޓުދޭންވީ؟އަޒާނަށް ހަމަ ސެލިއުޓް.ގޯހެއް އެއީ ރަނގަޅަކަށް ނުވާނެ އެންމެން އެއްކޮޅަކަށް އެރިޔަސް.ރަނގަޅެއް ގޯސްކަމަކަށް ނުވާނެ އެކަނި ހުއްޓަސް
އަދުއްރާ
27 February 2025
ބަޢާވާތްކުރަންއުޅެ ނާކާމިޔާބުވީމަ ދެން ތިހެންކިޔާ...
ރުންކުރު
26 February 2025
މީނަ ބޭނުންވަނީ ފޯވަޑަށާ ޑިފެންސަށް އެއްފަހަރާ ކުޅެން. އެހެން ކިހިނެއް ކުޅޭނީ. ސަރުކާރަށް ތާއީދު ކުރާނީ ނޫނީ ތާއީދެއް ނުކުރަމޭ ރީތިކޮށް ބުނާނީ. އޭގެ ބަދަލުގަ މީނަ ބޭނުންވަނީ ދެފުށްކެހެރިއެއްގެ ގޮތުގައި ހުންނަން!!!
ސާސަ
26 February 2025
ރަނގަޅު. އުފާކުރަން. އަޒާން ތިގޮތުގައި ހުރުން އެދެން. ބަޔަކު ގެންނަ ކޮންމެ އެއްޗަކަށް ވޯޓްދޭކަށްނޫން އަހަރުމެން މަޖްލީހަށް މެމްބަރުން ހޮވަނީ.
އޮނަރަބްލް އަހަންމާބޭ
26 February 2025
އަޒާނަކީ އެއް އެެއްވެސް ނުފޫޒަކަށް ތަބާނުވެ ރައްޔިތުޔިތުންގެ ހައްގު ތަކަށް ވަކާލާތު ކުރާ ހަގީގީ މެމްބަރެއް . އަދި ވެސް ވޯޓުދޭނީ އަޒާނަށް
ރޯހިތު
26 February 2025
އަވަހަށް ފޮށިތަންމަތި ރެޑީކޮށްލާ! މާދަމާވެސް ރަށަށް ފުރަންޖެހިދާނެ! ޕާޓީން ވަކި ކުރީމާ ގޮޑިވެސް ގެއްލުނީ
ކޮސް
26 February 2025
މި އަޒާނަށް އޮތީ އެންމެ ގޮތެއް . މުއިއްޒު ކުރިމަތީ " މަޢާފަށް އެދި " , ބުނިގޮތަށް ހަދަން.