ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން. ފޮޓޯ: ނިޝާން އަލީ | މިހާރު
25 ފެބުރުއަރީ 2025 - 19:59
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގު ބައިވެރިވެ ވަޑައިނުގަތުމުން، ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން އޭނާ ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބަލައިގަތުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް އޮތީ ނެރެފަ އެވެ. އެކަމަކު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޕީއެންސީގެ 11 މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވާއިރު އޭގެ ތެރެއިން 9 މެމްބަރަކު އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ފަލާހު ވިދާޅުވެ އެވެ.
އެނގިފައިވާ ގޮތުގައި އަޒާން ވޯޓުގައި ބައިވެރިވެ ވަޑައިނުގަތް ނަމަވެސް ހުންނެވީ މާލޭގަ އެވެ. އޭނާއަކީ އެ ބިލާ ދެކޮޅަށް ޕީއެންސީގެ ޕީޖީ ގްރޫޕުތަކުގައި ވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ.
އޭނާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވެސް މި ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު އޭނާ ގްރޫޕުން ބޭރު ނުކުރާ ކަމަށްވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީޖީ ލީޑަރު ފަލާހު ވަނީ ޕާޓީގެ ވިޕާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖުގައި، ވަކި ގޮތަކަށް ވޯޓު ދޭން ވިޕްލައިނެއް ކަނޑައެޅުމުން އެއާ ހިލާފުވުމަކީ އެއްވެސް އިރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދުކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު އެ ބިލް ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް މެންދުރު ފަހު ފޮނުވުމާ އެކު އޭގެ ދެތިން ގަޑިއިރު ފަހުން ކޮމިޓީގެ ބައްދަލުވުން ބާއްވައި ކޮމިޓީން ވަނީ އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަސް
26 February 2025
ހުރިހާ ބާރަކާއިއެކު، ދެންތިބިމީހުން އަޅުވެތި ކޮށްގެން ނޫނީ ވެރިކަން ނުކުރެވެނީބާ؟
އިސްމާލި
26 February 2025
"އޭނާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވެސް މި ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު އޭނާ ގްރޫޕުން ބޭރު ނުކުރާ ކަމަށްވެ އެވެ." އެހެންތާ ވާނީ ނަސީރު އަކީ ވިޔަފާރިވެރިއެއް. ނަސީރު އަތުން ލިބޭ ފައިސާކޮޅުގެ ބޭނުމުގައިވެސް ބަހައްޓާނެ. އެކަމު ތިޔަ މަޖްލީހުގައި ރައްޔިތުން ތަމްސީލް ކުރަން މިވަގުތު ތިބީ އަޒާން އާއި ނަސީރު އެކަނި. މިއީ ހަގީގަތް. މުއިއްޒު އެ ހުރީ ޚުދުމުހުތާރު ކަމަށް މިސްރާބު ހިފާފައި.
ޙަސަންޓޭ
26 February 2025
ކޮން ގާނޫނެއްގަ ބާ އޮތީ މި މެންބަރުން ތަމްސީލްކުރަން ޖެހޭނި ސަރުކާރޭ؟ ގާނޫނާ ހިލާފް ވާހަކަ ނުދެއްކުމަށް ފަލާހު އަށް ހަނދާން ކޮށްދެން.
އަހުމަދޭ
26 February 2025
މުއިއްޒުއަށް ހީވާ ކަހަލަ އަހަރެމެން އޭނާ ހޮވީ އޭނާ މާ މޮޅު މާތް މީހަކަށް ވެގެންނޭ! އެއްގޮތަަކަށްވެސް އެހެންނެއް ނޫން! ގައުމު އޭރު އޮތް ހާލަތުން އަރައިގަންނަން ބަދަލަކަށް މަޖުބޫރުވެފަ އޮތީމާ ދިން ވޯޓެއް އެއީ. އެހެންވީމާ މިއަދު ތިމާ ވަރު މީހަކު ނެތްކަމަށް އެއްގޮތަކަށްވެސް ހީ ނުކުރާތި! ވައްޓާލަން ޖެހިއްޖެއްޔާ އަހަރެމެން ނިކުންނާނަން ވައްޓަން.
އަހުމަދޭ
26 February 2025
ބަލަ މިއީ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް ނޫނޭ! މިއީ "ރައްޔިތުންގެ މަޖިލިސް"! ރައީސް ބުުނާ ގޮތަކަށް ނުޖެހޭ ވޯޓު ދޭކަށް!
ނަގޫ
26 February 2025
ތިކަހަލަ ވެޕް ނެރުމަކީ ރައްޔިތުން ފޭރުން.
އަޒާންއިޒްދަމޭން
26 February 2025
އެޔޮށް ވަރުގަދަ އެމްޑީޕީ ކުޑަކަކޫ މައްޗައް ތިރިކުރީ އަޒާނު އެކަނި މުއިއްޒު ނުކުރޭ އެއްކަމެއް ވެސް
ލަޔާ އިޒް އަ ލަޔާ
26 February 2025
އަޒާން އެކަންޏެއްނޫން. އަޒާންއާއެކު، ޔުނިފޯމް ބަދަލުކުރި އިންޑިއާގެ 2000 ސިފައިން ތިބޭނެ. ނޯވޮރީސް.
ޚސކސކކސ
26 February 2025
ވަޓްސްއަޕް ގަނެލަން ހިނގާ
އޮނަރަބްލް އަފީފު ދީދީ
25 February 2025
ސަރުކާރު ޒިންމާދާރުކުރުމާއި، ޤާނޫނުހެދުމުގެ ބާރު ޤާނޫނުއަސާސީން މަތިކޮށްފައިވާ "ރައްޔިތުންގެ މަޖިލީހަށް" އެ މަޖިލީހުގައި އައްޑޫރައްޔިތުން ތަމްސީލުކުރުމަށްޓަކާ، އައްޑޫރައްޔިތުން އެމީހުންގެ ގޮނޑިއަކަށް އިންތިޙާބުކޮށްފައިވާ "އެމީހުންގެ މެންބަރު" އަޙްމަދު އަޒާން މަރްޒޫގު ވޯޓް ދިންގޮތާއިމެދު ޕީއެންސީގެފަރާތުން ވާހަކަދައްކާއިރު "ރިޔާސީއިންތިޙާބާއި، މަޖިލިސް އިންތިޙާބުގައި" ޕާޓީގެ ފަރާތުން އައްޑޫރައްޔިތުނަށް ވެފައިވާ ވަޢުދުގެ ވާހަކަ ނުދައްކަނީ ކީއްވެ.؟!
ބަރުބާދު
26 February 2025
އެއީ ހުރިހާ އައްޑޫމީހުން ތިގޮތަށް މާލޭގައުޅޭތީވެ.
ގޫބއޑ
27 February 2025
އައްޑޫ މީހުން މިތަނަށް ކޮފެން ޖެހޭ ގޮތެއް ނުވިސްނޭ. ރަށުގައި ތިބެ ބަލަ އަފީފާ ދީއެ ދިއެ
އޮނަރަބްލް އަފީފު ދީދީ
25 February 2025
ކޮންމެވެސް ސަބަބުތަކަކާއި ހުރެ ރާއްޖޭގެ މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމް ބަލިކަށިވި ވަގުތު ބަލާފައި އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވެރިކަމުގެ ނިޒާމް އެފުށްމިފުށަށް ޖަހާލާ 2008 ގެ ކުރިން ރާއްޖެ އޮތް ޙާލަތަށް މިރާއްޖެ ވައްޓާލާނަމޭ ހިތާ އެކަން ކުރާން ބަޔަކު އުޅުނު ކަމަށްވިޔަސް އެއްވެސް ބަޔަކަށް ދެން އެފުރުސަތު ނުލިބޭނެ ކަމާއި. ރައްޔިތުން ތިބީ އެފަދަ ޖައްބާރު މީހުނަށް މިޤައުމުން ޖާގަދޭން ނޫންކަން ޤަބޫލު ނުކުރާ ބަޔަކު އަދިވެސް މިތާގައި އެބައުޅޭ.
މާލޭ ދީދީ
26 February 2025
2008 ގެ ކުރީގަ ރާއްޖެ އޮތް ޙާލަތަށް އެނބުރި ދާނެ ނަމައޭ މިހާރު ގިނަ ދިވެހި ރައްޔިރތުން ލޭ ކަރުނައާއެކު އެދަނީ ބުނަމުން. އެކަމެއް މާލޭ ދީދީއަށް އަދި ނޭގޭދޯ؟؟ މުޅި މިގައުމު ޖަރީމާތަކާ ކޮރަޕްޝަނާ ލާ އަޚްލާގީ ޙައްޔަކަށް ހަދާނިންމާފަ މިއޮތީ ތިބުނާ މޮކުރަސީއެއް އައިސް.
ފިނދުނާ
26 February 2025
ނާ އަޅެފަހެ 2008 ގަފަހުން އަހަރުން މިއުޅެނީ އުދިހިފަ ބިންމަތީ ފައިވެސް ނުޖެހޭ. އަނގަ އޮތީމަ ކޮންމެ އެއްޗެކޭވެސް ކިޔި ދާނެ.