މެމްބަރު ސިނާން: އޭނާގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
24 ޖޫން 2025 - 13:43
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން މާދަމާ ފަށަން ހަމަޖައްސައިފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް ހުކުމާ އެއްގޮތަށް ނުދެއްކެވި ކަމަށް ބުނެ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ ޣާލިބު ސަލީމް ކިޔާ މީހެކެވެ.
އެ މައްސަލާގެ ޝަރީއަތް މާދަމާ ހެނދުނު ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވާއިރު، އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
މިއީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާ ފުރަތަމަ ފަހަރެވެ.
ގާނޫނު އަސާސީ ބުނާގޮތުން ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންދައްތާ
24 June 2025
މިއީ ޕީއެންސީ ގޮނޑީގައި އިނަސް އެމްޑީޕީ މީހެއް.. އެމްޑީޕީ މަތީފަޑީގެ މީހުންނާ ގާތްގުޅުމެއް އޮވޭ. އިހުލާސްތެރިކަމެއްނެތް. މިހެންވެ ޕީޕީއެން ޕީއެންސީ ބަލިވަނީ
ކޮރަލް
24 June 2025
ގާނޫނު އަސާސީ ބުނާގޮތުން ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ. ކޯޓް އަށް ނުދިޔައަސް ގޮނޑީ ގެއްލެން ވާނެ އެވެ.
ގެއްލުނު ގޮނޑި
24 June 2025
މިފަހަރު ގައިމުވެސް ކޮންމެވެސް އެއް ގޮނޑިއެއް ގެއްލޭނެ. މެންބަރުގެ ގޮނޑި އެހެންނޫނީ ގާޒީގެ ގޮނޑި.
އަސްލު ބަކަރި ކޮށި
24 June 2025
ގޮނޑި ހަލާކުވީތަ؟
ޥޏޫދު
24 June 2025
ދީބާނާޒް ފަހުމީ ޕީޖީ އޮފީހަށް ދައްކަންޖެހޭ ހަލައްކަ ރުފިޔާގެ ދަރަނި އޮއްވާ އޭނާއަށް ފަނޑިޔާރު ކަމުގަ ހުރެވޭ ސަބަބެއް އަޅެ ކޮންމެވެސް ގާނޫނީ ވަކީލެއް ބުނަލަ ދީބަލަ. އެ ފައިސާ ދަރަންޏަކަށް ނުވަނީތޯ
ވާނުވާ ބަލާ
25 June 2025
ގައިމު ޕީޖީ އިން ބުނި ނެތޯ ދަރަންޏެއް. ވާނުވާ.
މީއޭ ހާލަކީ
24 June 2025
އަނެއްކާ ސްޕްރީމް ކޯޓުން ފަޑިޔާރުންތަކެއް ބޭރު ކުރަން ޖެހެނީބާ؟
89898989898989898989898989898989898989
24 June 2025
ސްޕްރީމް ކޯޓު އިން މިމައްސަލަ ރަގަޅަށް ބަލައިފިނަމަ މެންބަރު ގެ ގޮޑި ގެއްލޭނެކަން ލިޔަންކިޔަން ދަންނަ އެންމެހައި މީހުންނަށް އިނގޭނެއެވެ. މިއަދު ބާރުގެ ބޭނުންކޮށްގެން ކޮންމެ ގޮތަކަށް ގޮޑި ދިފާޢު ކުރެވިދާނެކަން ގަބޫލުކުރެވޭނެއެވެ. އަދި ސްޕްރީމް ކޯޓުގައި މިވަގުތު ތިބި ފަނޑިޔާރުންނަށް އޮތީ ގޮޑި ނުގެއްލޭ ގޮތަށް ހުކުމް ކުރުން ނުވަތަ ފަނޑިޔާރުގެ ގޮޑި ގެއްލުވާލުން!
ބޮރިސް
24 June 2025
ވެރިކަން ކުރާޕާޓީގެ ސޮރަކަށްވީމަ ޕާޓީތެރޭން ތިކަން ހަމަޖައްސާނަކަމަށް ބެލެވޭ.
އަހުމަދުބޭ
24 June 2025
މިފަދަ މައްސަލަތަކަކީ އަވަސްގޮތެއްގައި ބަލަންޖެހޭ މައްސަލަ، އަހަރު ދެއަހަރުން މައްސަލަބަލައިނަމަ ކޯޓަށް ދާއިރު މެންބަރ އޮންނަނީ ކޮންމެވެސް ގޮތެއްހަދައިގެން ފައިސާދައްކައިފަ،
މހއމ
24 June 2025
ފައިސާ ދެއްކިޔަސް ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަންޔާ ވާނީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް. އެހެންވީމާ ފައިސާ ދައްކާ ނިންމިޔަސް ހުކުމާ އެއްގޮތަށް ތޯ ދެއްކީ ނޫނީ ނޫން ތޯ ބަލާ.