19 އޯގަސްޓް 2025 - 15:32
ސަރުކާރު ހިންގާ ޕީއެންސީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާއްލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަކިކުރި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އަނބުރާ އެ ކޮމިޓީތަކަށް މިއަދު އައްޔަންކޮށްފި އެވެ.
އެ ކޮމިޓީތަކަށް އަލުން އައްޔަންކުރިކަން އަޒާން ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖެއްސި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އައިފާން އާއި 241 ކޮމިޓީއަށް އައްޔަންކުރި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިހާރު ވަނީ އެ ކޮމިޓީތަކުން ވަކިކޮށްފަ އެވެ.
އެ ދެ ކޮމިޓީގެ ބަދަލުގައި އަޒާން ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށް އައްޔަންކުރި އެވެ.
އެ ކޮމިޓީތަކުން އަޒާން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލަށް ވޯޓަށް އެހި ވަގުތު އެ ވޯޓުގައި އަޒާން ބައިވެރިވެވަޑައިނުގަތުމުންނެވެ.
އެ ބަދަލާ ގުޅިގެން އަޒާން އޭރު ވިދާޅުވީ، އެއީ ބައެއް ބާރުގަދަ ފަރާތްތަކުގެ މަސްލަހަތު އޮންނަ ކޮރަޕްޝަންގެ މައްސަލަ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން މަސައްކަތް ކުރާތީ، އެ މީހުންގެ ނުފޫޒުން ގެނައި ބަދަލެއް ކަމަށް ބެލެވޭ ކަމަށެވެ. ކޮމިޓީން ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމެންޓުތައް ދިރާސާކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ވެމްކޯގައި ފާއިތުވީ އަހަރު އެކަނި ކުއްޔަށް ތަކެތި ނަގަން 65 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް އަޒާން އޭރު ވިދާޅުވި އެވެ.
އަޒާން ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތައް ބަލަން ފެށުމުން ނުބެލުމަށް އެކި ފަރާތްތަކުގެ ބޮޑެތި ޕްރެޝަރުތައް އަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީލް
19 August 2025
ތިޔަ ޕްރެޝަރކުރުން އަތޯޅުގައިވެސް އާންމުވެއްޖެ. އައްޑޫގައި މިވަގުތު ތިބި މޭޔަރުންނާއި ޑެޕިއުޓީމޭޔަރުން ރައްޔިތުންނަށް ފައިދާހުރި އެއްކަމެއްވެސް ނުކުރާކަން އެއްމެނަށްވެސް ސާފު. ރައްޔިތުންނަށް ތިޔަބުނާކަހަލަ ޕްރެޝަރ ކުރުން މިމީހުންގެ 24ގަޑިއިރުގެ މަސައްކަތަކީ.
ހިތަދޫ
19 August 2025
އަލުން ނުކުރަންވީ ކަންތަކުގެތެރޭގަ އައްޑޫގެ ޑެޕިއުޓީ މޭޔަރުން ނާއި މޭޔަރުން ހިތުހުރިގޮތަކަށް ކަންތައް ކުރިޔަދީގެންނުވާނެ.
ބާޒާ
19 August 2025
މެޓްރިކްސް ހުސެއިން މިހާރު ހަމަ ކުރިމަތި ލައްވަންތޯ.
އޮނަރަބްލް އަފީފު ދީދީ
19 August 2025
ރިޔާސީ އިންތިޙާބާއި މަޖިލިސް އިންތިޙާބުގެ ވޯޓްހޯދުމަށް ޕީއެންސީގެ ފަރާތުން އައްޑޫ ރައްޔިތުނަށް ވިއްކި ހުޅުމީދޫ ހިތަދޫ ގުޅާލާ "އައްޑޫ ކޯއްޓޭ ބްރިޖް މަސައްކަތް" ޑރ މުއިއްޒު ވަޢުދުވިގޮތާއި އެއްގޮތަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނުފައްޓާ އަދި އެކަމަށް އެއްވެސް މަސައްކަތެއް ކުރުމެއްނެތި 1000 ދުވަސް ނުވަތަ ވެރިކަމުގެ ދައުރުގެ 2 ބައިކުޅަ އެއްބައި ހޭދަކޮށްފައިވާތީ، އައްޑޫ މެންބަރު ކުރި އިހްތިޖާޖަށް އައްޑޫ ޕީއެންސީމެންބަރުން އަދިވެސް ތާއީދު.
އޮނަރަބްލް އަފީފު ދީދީ
19 August 2025
އެމްޑީޕީގެ ވަޒަންކަމުގައި މީގެކުރިން އެޕާޓީގެފަރާތުން ބަލަމުންއައި، އައްޑޫސިޓީގެ ވޯޓް މީގެކުރިން ދުވަހަކުވެސް އެޕާޓީއާއި ދެކޮޅަށް ނުދޭވަރަށް ވޯޓްދީފައި "ޕީއެންސީއަށް އައްޑޫ ރައްޔިތުން ވޯޓްދިނީ ވަކިންޙާއްސަކޮށް އަޒާންއަށް ވޯޓްދިނީ އައްޑޫގެ މުޅި އިޤްތިސޯދު އެކަމަކުން އިންޤިލާބް ކޮށްލާފަދަ ބަދަލެއްގެންނާނެ ކޯއްޓޭ ބުރިޖްގެ ޔަޤީންކަން ޑރ މުއިއްޒު ތަކުރާރުކޮށް އެތައް ފަހަރެއްގެމަތިން އައްޑޫ ރައްޔިތުނަށް ދިނުމުންކަން" މެންބަރު އަޒާނަށް ރަނގަޅަށް އިގޭ.
އޮނަރަބްލް އަފީފު ދީދީ
19 August 2025
މުއިއްޒުގެ "ބޮޑު ވައުދު" އާދެ ހުޅުމީދޫ ހިތަދޫ ގުޅަލާ ބުރިޖް ގެ އިތުރުން އަޒާން އިންތިޙާބަށް ނިކުތް އިރުވެސް އެމްޑީޕީ ސަރުކާރުން އައްޑޫގެ ޓްއަރިޒަމް ތަރައްޤީކުރުމަށް ޗައިނާ އެގްޒިމް ބޭންކުން 130 މިލިޔަން ޑޮލަރުގެ ލޯނު ހަމަޖައްސާ ހަންކެޑެ ޑިވޮލޯޕްމަންޓް ޕްރޮޖެކްޓް ޗައިނާގެ ކުންފުންޏަކަށް ޙަވާލު ކޮށްފައިވާ ކަން އަޒާނަށް ރަނގަޅަށް އެގިވަޑައި ގަންނަވާނެ. އަޒާން ޕާޓީގެފިކުރާއި ދުރަށްދާންޖެހުނީ އައްޑޫ ބުރިޖް އަދި ހަންކެޑެ ޕްރޮޖެކްޓް ކުރިއަށް ނުދާތީ.
އޮނަރަބްލް އަފީފު ދީދީ
19 August 2025
މަޖިލިސް މެންބަރުންނަށް ދޭންޖެހޭ ޙައްޤު ތަކުން އަޒާން މަޙްރޫމް ކުރީ އައްޑޫސިޓީގެ ރައްޔިތުނަށް ޑރ މުއިއްޒު ވަޢުދުވެފައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް މަސައްކަތް ނުކުރާތީ އެވާހަކަ ދައްކައިގެން ނުވަތަ އެކަންކަން ކުރުމަށް ސަރުކާރަށް ބާރު އަޅައިގެން ކަމަށް ވާނަމަ އަބުރާ ތިޔަ ކޮމަޓީތަކުން ފުރުސަތު ދިން ކަމަށް ވިޔަސް އައްޑޫ ރައްޔިތުނަށްޓަކާ އަޒާން ނެންގެވި ސްޓޭންޓް ދޫކޮށްނުލާ ބުރިޖާއި ހަންކެޑެ ޕްރޮޖެކްޓްގެ ވާހަކަ ދައްކަވާނެ ކަމަށް އުއްމީދު ކުރަން.
އޮނަރަބްލް އަފީފު ދީދީ
19 August 2025
އައްޑޫ ތަރައްޤީއަށް ހުރަސްއެޅި އެމްޑީޕީގެ ވަޒީރުންތަކެއް ނަޝީދު އާއި އިބްރާހިމްގެ ވެެރިކަމުގައި ތިބިފަދައިން ޑރ މުއިއްޒު ސަރުކާރުގައިވެސް ހަމައެފަދަ ވަޒީރުންތަކެއް ތިބެގެން "އައްޑޫ ބުރިޖަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް" ވާހަކަ ދައްކާ އެކަމަށްހުރަސް އަޅަމުންދޭ. އަދި އައްޑޫ ހަންކެޑެ ޑިވޮލޯޕްމަންޓަށް ޗައިނާ އެގްޒިމް ބޭންކުން 130 މިލިޔަން ޑޮލަރ ހަމަޖެހިފައިވަނިކޮށް "ހަންކޮޅު ހަން ކަޑުވާލަން" HALAL Tourism އޭ ކިޔަނީވެސް ހަމައެމީހުން އަޑީގައި ތިބެގެން.
ލާލާ
19 August 2025
ތިތާ އިނދެވޭނީ ކައުންސިލް އިންތިހާބް ނިމެންދެން.
ހ.ކުރުސީ
19 August 2025
އަޒާނު ތަފާތު، ހިތުހުރި ގޮތަކަށް އުޅުނީމަވެސް މުއިއްޒު ޖެހުނީ އޭނައަށް އަނބުރާ މަގާމު ދޭންތާ! އެޓިޓިއުޑް ރަނގަޅު، ހުރެގެން ވާނީ!