ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް: މި ފްލެޓްތަކަށް ކުރިމަތިލީ މީހުންނަށް ޝަކުވާއަށް ވަނީ ހުޅުވާލާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
04 މާޗް 2025 - 11:03
މިދިޔަ ބުރާސްފަތިދުވަހު އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 700 އެއްހާ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެެ.
ފްލެޓް ލިސްޓަށް ޝަކުވާއަށް ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މިހާތަނަށް އެ ލިސްޓަށް 675 ޝަކުވާ ލިބިފައިވެ އެވެ. އެއީ ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާ އާއި ދެ ކޮޓަރީގެ ފްލެޓް ލިސްޓަށް ހުށަހަޅާފައިވާ 223 ޝަކުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 31 ގެ ނިޔަލަށެވެ.
ފޯމު ހުށަހަޅާފައިވާ މީހެއް ނަމަ، އެ މީހެއްގެ ފޯމާ ގުޅޭ ޝަކުވާ "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލިސްޓުގައިވާ މީހަކާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އީމެއިލް މެދުވެރިކޮށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީއަކުން ހުށަހެޅޭނެ އެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 4004911 އަދި 4004910 އަށް ގުޅޭ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓުތަކެވެ.
މިހާރު ގާތްގަނޑަކަށް ނިމެން ގާތްވެފައިވާ އެ މަޝްރޫއުއަކީ މާލޭގައި މެދުކެނޑުމެއް ނެތި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ މީހުންނަށް ހުޅުވާލި މަޝްރޫއުއެކެވެ. އެކަމަކު އެ މުއްދަތުގައި މާލޭގައި ނޫޅޭ ގިނަ ބަޔަކު ވަނީ ކައުންސިލްތައް މެދުވެރިކޮށް ދޮގު ލިޔުން ހޯދައިގެން މި މަޝްރޫއު އަށް ކުރިމަތިލާފައި ކަމަށް އޭސީސީ އާއި ހައުސިން މިނިސްޓްރީން ވެސް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދޭ
05 March 2025
ދޮގާއި މަކަރުން ގޯތިގެދޮރާއި ފުލެޓް ހޯދައިގެން އެތަންތާ އަނބިދަރިން ދިރިއުޅެން ހަމަ އެއްވެސް ގޮތަކަށް ޖެހިލުމެއް ނުވަނީތަ؟ ބިރެއްވެސް ނުގަންނަނީތަ؟ އަހަރެމެންނަށް ލާހިކެއް ނޫން ނުހައްގުން އެއްޗެއް ހޯދައިގެން އެތަނެއްގައި ދިރިއުޅުމެއް ބިނާކުރާކަށް
ނަޑީމް
04 March 2025
ދިވެހި ހުރިހާ ރައްޔިތުންނަށް ޝަކުވާ ހުށަހެޅޭގޮތަށްއިން ލިސްޓެއް މީގެކުރިން ނުދެކެން ދުވަހަކުވެސް، އެހެންވީމަ ތިއަދަދު އަދިއަރާނެ ވިހިހާހަށްވެސް
ހުސައިން803
04 March 2025
މާލެއާއި މާލެކައިރީގަ ވާހާ ހުރިހާ ބިންތަކަކީ މާލޭ މީހުންގެ ދަރިފަސްކޮޅަށް ދެމިގެންދާނެ ބިންތަކަކަށް ވެގެންނުވާނެއެވެ. ދެން ރާއްޖޭގެ އެހެންމީހެއް ވިއްޔާ މިޖެހެނީ ވިހި ފަނަރަ އަހަރު މާލޭގައި އުޅޭށެވެ. އެއީވެސް މާލޭމީހާއަށް ބޮޑުކުލިދައްކައިގެންނެވެ. ނޫނީ ފުލެޓަށް ފޯމްގަނޑުވެސް ނުލެވޭގޮތަށް އުސޫލެއް އެބަހަދައެވެ. މިއީ ކޮންފަދަ ތަފާތުކުރުމެއް ހެއްޔެވެ.
ކަލީމް
04 March 2025
20، 15 އަހަރު އުޅެފަ ތިބިމީހުންނަށް ވެސް ނުލިބޭ. ދިރިއުޅުމުގެ ހަލަތަށް އެންމެން ދޮގު ހަދައިގެން
ޑަބިޔާދޫ
04 March 2025
ފުލެޓް ލިސްޓްގަ ނުހިމެނޭ އާއްމުރައްޔިތުންނައް ށަކުވާ ހުށަހެޅޭތީ އަދި ތިއައްވުރެ މައްޗައް އަރާނެ
ގެދާނޯމޮސް
04 March 2025
ޝަކުވާއަށް ފަހު އަނެއްކާ އަނެއް އަހަރު ލަސްވެގެން ދާނީ ތޯޢެވެ.!؟ ތިމަރަވެސް ވިރުވި ވިރުވިހެން ދަގުއިބައި ނެގޭ އުސޫލުން ތިކަމަކުން ބަޔަކަށް ސަލާމަތެއް ނެތެއްނޫންތޯޢެވެ. އެބަޔަކު ހުށަހަޅާފަވާ ލިޔެކިއުމަށް ދީފަވާ އެއްޗެއް އާންުމުން ގެ ޝަކުވާއިން ކުރިމަތިކުރުވާ މައްސަލަ ބަލަން ޖެހޭނަމަ ފޯމ،ުވެސް ލައިދޭން ޖެހޭނީ އެބަޔެކެވެ.
ތުނިޔަ
04 March 2025
ޝަކުވާއަށް އެއްޗެސް އެއްޗެއް ހުށަނޭޅޭ. އަނގަމަތީ މަލަންއަޅާފަ ވާހަކަ ދައްކާށޭ ބުނުންފަދަ ކަމެއްތީ.
ދާލު
04 March 2025
އާންމުނަށްވެސް ޝަކުވާ ހުށަހެޅޭ އީމެއިލް އިން، މިއީ ވަރަށް ތާކުންތާކު ނުޖެހޭ ގޮތެއް، ޝަކުވާހުށަހެޅެންޖެހޭނޫ ޕޯޓަލްއިން ފޯމްލާފަތިބިމީހުނަށް އެކަނި، މިހެންވީމަ ތިޝަކުވާ އަދި އެތައްހާހަކަށް އަރައިގެންދާނެ
މުހަންނަދު
04 March 2025
ތީގަ އިން ނަންބަރު ތަކަކުން ފޯނެއް ނުނަގާ، ޕޯޓަލްއަަށް އިތުރު ޑޮކިއުމެންޓެއް ނުއެއް ލެވޭ! އަހަރުމެން ﷲ އާ ވާކުލުކޮށްފިން.
ޑިޖިޓަލް ފުޓްޕުރިންޓް
04 March 2025
މީ ދެހާސް ވިހީގެ އަހަރު ތަކެވެ. ސުމާޓު ފޯނާ ސީސީޓީވީ ކެމެރާގެ ޒަމާނެވެ. އޭޓީއެމް މެޝިނާއީ ކާޑާއި ޕޮސް މެޝިންތަކުގެވެސް ޒަމާނެވެ. ބޮޑެތި ކުއްވެރިންވެސް މިއާލާތްތަކުގެ އެހީގައި ހޯދޭޒަމާނެވެ. ޢެކަމަލު އެެއްކަލަ ޑިޖިޓާލް ރާއްޖޭގައި މިޖެހެނީ ސަކުވާކޮށް އަރާރުންވެގެން ވޭތުވެދިޔަ ތަނުގައި އުޅުނު ތަން ބުނެދޭށެވެ. މީހައްތާވެސް ނުބީހެންޏާ ކަޑާ ހަމަގޮތަށް ކުރެވޭ ވައްކަންތަކެވެ.
ޝަކުވާ
04 March 2025
މިހާތަނަށް ފްލެޓް ދިނުމަށް ހެދި ގަވާއިދުތަކުން ތި މައްސަލަ ހައްލު ގޯސްކޮށް އުސޫލު ހަދާތީ. އަދި މިފަހަރު ހެދި އުސޫލަކީ މީގެ ކުރިން ހެދި އުސޫލުތަކަށް ވުރެ މާގޯސް އުސޫލެއް. ހަމަހަމަ ގޮތެއްގައި ފްލެޓް ލިބޭނީ، 18 އަހަރު ފުރުމުށްފަހު ހޭދަވާ ކޮންމެ އަހަރަކަށް ޕޮއިންޓް، މާލޭގައި ހޭދަކުރި ކޮންމެ އަހަރަކަށް ޕޮއިންޓް، 18 އަހަރު ނުފުރޭ ކޮންމެ ދަރިއަކަށް ޕޮއިންޓް ދީގެން. މި ނޫން ގޮތަކަށް ހަދާ އުސޫލަކުން ޝަކުވާ ހުހެއް ނުވާނެ.