ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ހުޅުމާލޭގައި އިމާރާތްކުރާ ޓަވަރުތައް.-- ފޮޓޯ: މިހާރު
01 މާޗް 2025 - 15:39
ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ނިންމާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް، މި ސަރުކާރުން މިދިޔަ ހަފުތާގައި އާންމުކުރި އާ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން އާންމުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި މަހުގެ 31 ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
އުސޫލު ނަންބަރު 20-ޖީ / 2022 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު) ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓްއާއި ގުޅޭhttps://t.co/jWyZLUvVJL pic.twitter.com/I8uqZegQ5J
— Ministry of Construction, Housing & Infrastructure (@MoCImv) February 27, 2025
ފޯމު ހުށަހަޅާފައިވާ މީހެއް ނަމަ، އެ މީހެއްގެ ފޯމާ ގުޅޭ ޝަކުވާ "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ލިސްޓުގައިވާ މީހަކާ ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް މެދުވެރިކޮށް ނުވަތަ މިނިސްޓްރީ އަށް އެޑްރެސްކޮށް ސިޓީއަކުން ހުށަހެޅޭނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 4004911 އަދި 4004910 އަށް ގުޅޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުން ރިވިއު ކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ. އަދިި ފްލެޓަށް އެދުނު މީހުން ޝަރުތު ހަމަނުވާ ސަބަބުތައް ވެސް މި ލިސްޓުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްސަދުު
02 March 2025
މާލޭ ރަޖިސްޓްރީ އޮންނަ މީހުން ނުޖެހޭ މާލޭގަ އުޅުނުކަން ސާބިތު ކޮށްދޭން. ރާއްޖެ ތެރޭ މީހުން އެބަޖެހޭ މާލޭގަ ދޫލާގެން އުޅުނުކަން ސާބިތު ކޮށްދޭން
ނަފާ
02 March 2025
އެތައްބަޔަކު ފުލެޓުލިސްޓުން ސަރުތު ހަމަނުވާތީ އަލުން މިސަރުކާރުން ފުލެޓަށް ކުރިމަތި ލެވޭގޮތައް ހުޅުވާ ލައްވާ! އެމްޑީޕީސަރުކާރުން އިންސާފުވެރި ނުވާނެ ކަމަށްބަލާ ކުރިމަތި ނުލާއެތައްހާސްބަޔަކުއެބަތިބި އެމީހުންނަން ފުރުސަތު ދެއްވާ!
ވަލީދުބެ
02 March 2025
ކުރިމަތި ނުލާމީހުނަށް 60000 ފުލެޓު މުއިއްޒު އަޅުއްވާނެ
ގުއްދޫސް
02 March 2025
އަސްލުވެސް އަލުން ހުޅުވާލުން ކަންނޭގެ މީގަ އެންމެ އިންސާފުވެރި ގޮތަކަށްވާނީ އެހެންޏާފަހެ ދުވަހަކު ކައިވެނި ނުކޮށް ދަރި އެއްވެސް ނެތް މީހަކު އެބައިން 3 ބެޑް ރޫމަށް ޝަރުތުހަމަވެފަ ދެން ކީކޭ ބުނާނީ
ގެދޮރުވެރިޔާ
02 March 2025
އަސްލު ހުރިހާ ފޯމެއް އިވެލުއޭޓް ނުކޮށް ފްލެޓް ލިބޭމީހުން ކަނޑައެޅުމަކީ ހެދި ވަރަށްބޮޑު ގޯހެއް. އެހެނީ 75 ޕޮއިންޓް ހަމަނުވެޔޭ ކިޔާފަ އިވެލުއޭޓް ނުކޮށް ފޯމުތަކެއް ދޫކޮށްލާފަ ވާއިރު, 66 ޕޮއިންޓް ލިބުނު މީހަކަށް ފްލެޓް ދީފައިވާކަން ވެސް ފާހަގަ ވި. ބޮޑަށް ހީވަނީ ޝަކުވާހުށައެޅުމުގެ މާބޮޑު ބޭނުމެއް ނެތް ހެން ހަމަ. އެކަމަކު މިފަހަރު ކޯޓު މަރުޙަލާއަށްވެސް ދާނަން އިންޝާ ﷲ. އެއީ ޕޮއިންޓް ލިބި ލިސްޓުން ކަޓުވާލާފަ އޮތީމަ.
ދައްތަ
01 March 2025
ކޮން އިރަކުތޯ, ފުލެޓް ހަވާލު ކުރަނީ, ތިންމަސް ކުރިން އެބަ ޖެހޭ އުޅޭތަނަށް ނޯޓިސްދޭން.
ހަސަނު
01 March 2025
މުއްސަދިންނަށް ފުލެޓް ދޭކަށް ނުޖެހޭ, އޭނަ ނަމުގައި ގޯތި ގެސޮރު, ފިހާރަ, އޮޑިފޯނި ފަހަު ހުރި މީހަކަށް ދޭކަށް ނުޖެހޭ,
ހަސަނޭެ
01 March 2025
މިނިސްޓަރު ވިދާޅުވީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފަވާނީ އެމީހަކު ފޯމުގަ ލޮޔެފައިވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމަށް ބަލައިގެނޭ. ޔައުނީ ތެދުކަން ކަށްވަރު ކޮށްފަ ނުވާނެޔޭ. މިއީ ވ ބޮޑު ބޭއިންސާފެއް.
ގޯތި އާދަނު.
01 March 2025
ޝަކުވާ ހުށަަހެޅިޔަސް ނުވާނެ ނުލިބޭނެ އެކައްޗެއް ވެސް؟ އެއީ ކީއްވެ؟ އެއީ އަދި ކަރަފުޝަނު މީހުން ވަންނާނެ ވަދެ ލިބުނު މީހުން އަތުން ވެސް ނަގާނެތީވެ، އެހެންވީމާ ޝަކުވާ ހުށަހެޅުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ފެންނަނީ.
އައިސާ ދިޔަ.
01 March 2025
މިވީގޮތުން ކުރިން ލިބުން އެގުރިމެންޓްގަ ލިބިފައި ހުރި ފެލެޓް ލިބިފައި ހުރިތަނުން ލިބޭނެ ކަމަށް މިހާރު ނޭގޭ. ދެރައެއްނޫން. އަނެއްކާ ގުރު ލާނީ ތޯއްޗެއް.
ދޮންބޭ.
01 March 2025
ހުރިހާ ޝަކުވާ ރަނގަޅަށް ބެލުމަށް ގޮވާލަން, ދެން އެއްމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް ފުލެޓް ވީހާވެސް އަވަހަށް ފުލެޓް ފިނުމަށް އެދެން. އަދި މިހާރު ފްލެޓް ލިބިފަްިވާ ފަރާތްތަކަށް އޭންގެ ނަމުގައި ގެޔެއް އަދި ފެލެޓެއް ނެތް ނަމަ. ވީހާވެސް އަވަހަށް ފުލެޓް އެގުރޫމެންޓް ހަދާ ތަން ހަވާލު ކުރުމަށް ގޮވާލަން.
ޢައްޔަބޭގެ ކާސިމު
01 March 2025
ބޭކާރު ކަމެއް . ފުލެޓަކީ ހިތުހުރިމީހަކަށް ރައީސް މީހާ ބޭއިންސާފުން ބަހާއެއްޗެއް. ނުދޭނެ.