ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓެއް -- ފޮޓޯ: މިހާރު
29 ޑިސެމްބަރ 2025 - 11:56
ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ރެންޓް ޓު އޯން ނުވަތަ މަހުން މަހަށް ފައިސާ ދައްކަން ޖެހޭ އުސޫލުން ފްލެޓަށް ކުރިމަތި ލެވޭނީ އާމްދަނީ 60،000ރ. އަށް ވުރެ މަދުން ލިބޭ މީހުންނަށް ކަމަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައި ބުނެފި އެވެ.
މިއީ، ބޯހިޔާވަހިކަމެއް ގަތުމުގެ ތަަނަވަސްކަން ނެތް މީހުންނަށް ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށް ހުޅުވާލާ ކެޓަގަރީ ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މޮޑެލް އެވެ.
ހައުސިން މިނިސްޓްރީން އާންމު ކުރި އެ އުސޫލުގައިވާ ގޮތުން ފްލެޓްގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިންމުމުން ބޯހިޔާވަހިކަން ލިބުނު މީހާ އަށް އެ ތަން މިލްކު ކުރެވޭނީ އާމްދަނީ ވަކި މިންގަނޑަކަށް ވުރެ ދަށް މީހުންނަށެވެ.
އެ އަށް ވުރެ އާމްދަނީ މަތި ނަމަ ފްލެޓް ލިބޭނީ ސަބްސިޑައިޒް އަގެއްގައި ބޭންކަކުން ނުވަތަ ފައިނޭންސިން އިދާރާއަކުން މާލީ އެހީތެރިކަން ހޯދައިގެންނެވެ.
ރެންޓް ޓު އޯން މޮޑެލްގައިވާ ގޮތުން ބޯހިޔާވަހިކަން ދޫކުރާ މީހާ އާއި ބޯހިޔާވަހިކަން ލިބޭ މީހއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާ މެނޭޖްމަންޓް ފީ އާއި އެހެނިހެން ފީތަކާއި ޗާޖުތަކެއް ނުހިމެނޭނެ އެވެ. އަދި ފްލެޓުގެ މިލްކުވެރިކަން ބަދަލުކޮށްދޭނ،ީ އެއްބަސްވުމުގެ ދަށުން އެންމެ ފަހު ކުލި ދައްކައި ހައުސިން ޔުނިޓުގެ ފުރިހަމަ އަގު އަދާކުރުމުން ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.
އެ އުސޫލުގެ ދަށުން އާމްދަނީ މިންކުރުމުގައި ވަޒީފާގެ ތަފުސީލާއި މުސާރައާއި އިނާޔަތްތަކުގެ ޖުމުލަ އަދަދާއި އަމިއްލަ ވިޔަފާރިން ލިބޭ އާމްދަނީ އާއި 12 މަސްދުވަހުގެ ބޭންކު އެކައުންޓް ސްޓޭޓްމެންޓާއި އާމްދަނީ ކަށަވަރުކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީން ހުށަހަޅަން އަންގާ ހުރިހާ ލިޔެކިއުމެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.
މި މޮޑެލް އަށް މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.
ފްލެޓްތައް ދިނުމުގައި 11 ކެޓަގަރީއަކަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.
އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ބަލާ، އެކަނިވެރިމައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތަކާއި އަލަށް ކައިވެނި ކުރާ ފަރާތްތަކާއި މާލޭގައި ދިރިއުޅޭ ޝަރުއީ ދާއިރާގެ އާއިލާތަކާއި މާލޭގައި އުޅޭ ޓެކްސީ ޑްރައިވަރުންގެ އާއިލާތަކާއި ޓޫރިޒަމް ދާއިރާގައި އުޅޭ ފަރާތްތަކުގެ އާއިލާތަކާއި މަސްވެރިންގެ ދަފުތަރުގައި ހިމެނޭ އާއިލާތަކާއި ވެށިފަހިމާލެއާއި ހިޔާ މަޝްރޫއު އިން ފުލެޓް ލިބޭނެ ކަމުގެ ލިޔުން ލިބ،ި އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައި ނުވާ މީހުންނަށް ވެސް ހިމެނެ އެވެ.
ފްލެޓަށް އެދި ކުރިމަތިލާ މީހާގެ މިލްކުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި އޮވެގެން ނުވާނެ އެވެ. އަދި އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭބައި 400 އަކަފޫޓަށް ވުރެ ބޮޑުވެގެން ވެސް ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
31 December 2025
މައްސަލައަކީ އެންމެފަހު ވަގުތު ކަން ނިމޭއިރު ދިމާ އިދިކޮލަށް ކަނަކަން ނިމޭތީ
ރަންނަ
30 December 2025
ކޮންތާކު ހުރި ފްލެޓެއްތޯ؟ އިސްކަންދޭބައި ކިޔާލީމަވެސް ކެންޕޭންކަން ސާފު
ވެނލާ
30 December 2025
މާލެ ސަރަހައްދުގައި ސަރުކާރުން އާންމު ރައްޔިތުމީހާއަށް މިދޭ ސޯޝަލް ހައުސިން ޔުނިޓެއް އެވްރެޖުކޮށް އުޅެނީ 2.5 މިލިއަނަށް. 25 އަހަރުން ކުލި ދައްކާ ނިމޭއިރު އެތަން އޮންނަނީ ވީރާނާވެފައި. އެ އިމާރާތް ވެސް ހުންނަނީ ތަޅާލަންޖެހިފައި. މިވަރުގެ އަގެއް ނަގައިގެން މިދެވެނީ އެންމެ އިންސާފުވެރި ހިދުމަތެއްބާ؟
ާއަހައްމަދާ
29 December 2025
60 ހަސް އާމްދަނީ ލިބެންޏާ 3 މިލިއަން ރުފިޔާގެ އެޕާރޓްމެންޓްވެސް ކޮމާރޝަލް ރޭޓްގަވެސް ނެގޭނެ. ބީއެމްއެލް އިން ވެސްނެގޭނެ. ތިހަދާ އެފޯރޑަބަލް ތަންތަން އެހެންވީމަ އަސްލު އެފޯރޑަބަލް އެއް ނޫން. ޢެހެންނޫނީ އެފޯރޑަބަލް ނަމުގަ ބޭންކުން ބޮޑު ފައިދާނަގަނީ
ބުރަތޭރީ
29 December 2025
ސަރުކާރުގެ ކޮންމެ ކަމެއްގައި ފަރަންޖީ ސުރުޚީއެއް ތިޔަ އަޅުއްވަނީ ދިވެހި ބަހަށް ދެއްވާ އަހުމިއްޔަތު ކަމުންތޯ. " ކުލިދެއްކުމުން އަމިއްލަވުން" ފަދަ ސުރުޚީއެއް ދެއްވިނަމަ ޢުމުރުން ދުވަސްވީ ބޭފުޅުންނަށް ތަންކޮޅެއް ސާފުވީސް.
ޖދޖޖޖސޖސ
29 December 2025
މިއީ ވަރަށް ބޮޑު އާމްދަނީއެއް ރާއްޖޭގެ ނިސްބަތުން. މި މުސާރަ ލިބޭ މީހުނަށް ގަނެވޭނެ ފްލެޓް. ކީއްވެ ސޯޝަލް ހައުސިން
ދެރަ
29 December 2025
"މި މޮޑެލް އަށް މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ." މި 15 މިއަށް ވުރެ ކުޑަވާނެ ގޮތެއް ނެތްތަ؟ 10 އަހަރު ވަރު ިޔަަް
ލާވާ
29 December 2025
ހަމައެކަނި މާލޭގައި ދިރިއުޅޭ ރައްޔިތުން ނަން އެކަނިތޯ ލެވެންވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ލެވެންޖެހޭނެ ވޯޓު ލާން ބޭނުންވީމަ ތޯ ހަމައެކަނި ރަށް ތަކުގައި ދިރިއުޅޭ ރައްޔިތުންގެ މަތިން ހަނދާން ވަނީ .
އިސްހާގު
29 December 2025
މެދު ނުކެނޑި މާލޭގަ އުޅޭތާ 25 އަހަރު ވީ ހިދުމަތެއްނުލިބޭ ރަށުގަ 500 އަކަފޫޓުގެ ވާރުތަ ބިންކޮޅޭއް އޮތީމަ ސަރުތު ހަމަނުވި . މުޅިއުމުރު ހޭދަކުރން މިޖެހެނީ ކުލީގެ އަޅުވެތިކަމުގަ
ނިކޫ
29 December 2025
ރަށުން ލިބުުނު 400 އަކަފޫޓުގެ ބިން ދޫކޮއްލިޔަސް ނުލެވެނީތަ ކުރިމަތި ތީ ހާދަހެއްވާ އުސޫލެކޭ