ފަހި ފްލެޓުތަކުގައި ބަޔަކު ދިރިއުޅެނީ: ފަހި ފްލެޓުގެ ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް ވަނީ އާންމުކޮށްފައި..-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޑިސެމްބަރ 2025 - 12:09
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް، މިހާރު ދައްކަން ޖެހޭ މިންވަރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އާންމުކުރައްވައިފި އެވެ.
ހުޅުމާލޭ 2 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ އިއުލާނު ކުރައްވައިފަ އެވެ. އެ މަނިކުފާނު މިގޮތަށް ނިންމެވީ އެ ފްލެޓްތަކަށް ނަގާ ޑިޕޮސިޓާއި ސޯޝަލް އެހެން ސްކީމްތަކާ އަޅާބަލާއިރު ކުލި ބޮޑުކަމަށް އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެންނެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި ވަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެއް އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހަކު ދައްކަން ޖެހެނީ 8،000ރ. ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި އެ ތަނުގެ ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ.
ތިން ކޮޓަރީގެ ފްލެޓް ދޫކުރަން ނިންމީ މެއިންޓެނަންސް ފީއާ އެކު 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.
އެކަމަކު ސަރުކާރުން މިއަދު ގެނެސްފައިވާ ބަދަލާ އެކު، މިނިސްޓަރު މުއްތަލިބު ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މެއިންޓެނަންސްއާ އެކު 7،000ރ. ކަމަށެވެ. އަދި އެ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަކީ 6،000ރ. ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހު ކުއްޔަށް ދައްކަންޖެހެނީ 10،000ރ. އެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
- ދެ ކޮޓަރި - މަހު ކުއްޔަކީ 6،000ރ. އަދި މެއިންޓެނަންސްގެ ގޮތުގައި 1،000ރ. - ސެކިއުރިޓީ ޑިޕޮސިޓް 6،000ރ.
- ތިން ކޮޓަރި _ މަހު ކުއްޔަކީ 8،500ރ. އަދި މެއިންޓެނަންސް ފީއަށް 1،500ރ. - ސެކިއުރިޓީ ޑިޕޮސިޓަށް 8،500ރ.
ފްލެޓުތަކުގެ ކުއްޔަށް ބޮޑު ބަދަލެއް ގެނައި އިރު އެ ފްލެޓުތަކުގައި ބައެއް މީހުން ދަނީ ދިރިއުޅެމުންނެވެ. އެ މީހުން މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ދައްކަމުން އައިސްފައި ވަނީ ކުރިން ކަނޑައަޅާފައިވާ އަގުތައް ނަމަވެސް މި ބަދަލާ އެކު އެ މީހުންނަށް ލުއި ލިބޭނީ މަހު ކުލިން ކަމެއް އަދި އާއްމެއް ނުކުރެ އެވެ.
ހުޅުމާލޭ 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި ގޮތުގައި މި ގެނައި ބަދަލާ އެކު އާ އެއްބަސްވުންތައް ހެދިގެންދާނެ އެވެ.
މި ސަރުކާރުގެ ކުރީކޮޅު ވަނީ ހިޔާ ފްލެޓުތަކުގެ ކުލި ވެސް ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވާތީ އެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭޑް
19 December 2025
މީ އެއްވެސް އިންސާފެއް ނޫން. ކޮބާ އޯލްރެޑީ ޑެޕޮސިޓް ދެއްކި މީހުންގެ ހައްގު. ހިތަށް އެރީމާ ބިތަށް އަރާ އުސޫލުން ކަންކަން ނުނިންމޭނެ އިގޭތޯ
އަލީމްގ
19 December 2025
250000ރ ޑިޕޮސިޓްގެ ގޮތުގައި އަމިއްލައައް ކަނޑައަޅައި ފަހުން 8500ރ އައް ބަދަލުކުރުމަކީ ހެޔޮފުޅު ކަމުން ކޮއްދެއްވާ ކަމަކައް ހަދައި އަހަރުމެން މޮޔަ ހައްދާނެ ކަމެއް ނެތް
ޓިނު
19 December 2025
ފޭސް 1 ގެ މީހުންނާއި ބައްދަލުކުރާއިރަށް އެމީހުން ބުނާނެ ކުލިކުޑަކުރާ ވާހަކަ އަނެއްކާއެވީ ކުލިކުޑަކުރަން . އެންމެފަހުން ބައްދަލުވުންތްށް ނިމޭއިރު ކުލި ނުނަގާގޮތަށް ނިމިދާނެ.
ބަލާތި
19 December 2025
ރާއްޖޭގެ ވިޔާފާރީގެ މަރުކަޒަކީ މާލެ ސަރަހައްދު ކަމަށްވާއިރު މާލެ ސަރަހައްދުގައި ހުރި ކަންކަމަށް ހައްލު އަތުވެއްޖެނަމަ ފުރަތަމަ ވެސް އިންފްލޭޝަން ދަށަށް ދާން ހިފާނެއޭ އިންފްލޭޝަންގެ ވަރަށް ބޮޑު ރޯލެއް ކުޅެދޭ އެއްޗެކޭ ތަންތަނުގެ ބޮޑެތި ކުލި އަދި ސަރުކާރުގެ އެކި އެކި އިދާރާތަކަށް ދައްކަން ޖެހޭ ބޮޑެތި ފީސް ތަކާއި ޖޫރިމަނާ ތައް މިކަން ހައްލު ވެއްޖެނަމަ ރާއްޖެ އަށް އަންނަ ފަތުރުވެރިން ވެސް އިތުރުވާނެއޭ އަދި ރާއްޖެ އަށް އެޓްރެކްޓް ކުރާ ވިޔާފާރިވެރިން
އަފްރާސިޔާބު
19 December 2025
މިއީ އިދިކޮޅު ޕާޓީއެއް އޮތުމުގެ ފައިދާ. އެމީހުންބ2028 ގައި ވެރިކަމަށް އައިސް ފްލެޓްތަކުގެ އަގު ކުޑަކުރާނެ ކަމަށްވަނީ ބުނެފައި. އަދި މިއީ ރައީސްގެ ހެޔޮފުޅުކަން ދައްކަން ރޭވިގެން ހިންގި ކަމަކަށްވާނީ. އެއީ ޑިޕޮޒިޓް ފައިސާ އެންމެން ދައްކާ ނިމުނީމާ ކުލި ކުޑަކުރަން ރޭވިފައި އޮތީ. ޑިޕޮޒިޓަށް އިތުރަށް ނެގި ފައިސާ އަނބުރާ ނުލިބޭނެ ކަމަށާއި އެބައި ކުލީގެ ތެރެއިން އެޖަސްޓް ކުރާނީ ކަމަށް.
ލައިޓްރޭ
19 December 2025
މުއިއްޒު އާންމު ރައްޔިތުންނާއި ކޮންމެ ހަފްތާ އަކު ބައްދަލުކުރަންވީ ބައްދަލުކުރުން ތައް ބަހާލާނީ ސެޓްސް ތަކެއްގެ ގޮތުގައި 100 ބައްދަލުވުން އެއީ ސެޓެއް ކަމަށް ހަދާ މާލޭގައި އުޅޭ ހުރިހާ ބާވަތެއްގެ ވިޔާފާރިކުރާ ރައްޔިތުންނާއި އަދި ހުރިހާ ވައްތަރެއްގެ ރައްޔިތުންނާއި ބައްދަލުކޮށް ހަދާ އެ ބައްދަލު ކުރުން ތަކުގެ ވީޑިއޯތައް ޔޫޓިއުބް ޗެނަލެއް ރައީސް އޮފީހުން ހަދާ އެ ޗެނަލް އަށް ލާންވީ މިންގަނޑަށް ފެތޭ ކޮންސްޓްރަކްޓިވް އައިޑިއާސް ކޮންޓެއިންޑް ވީޑިއޯސް
ކުރެވޭނެއޭ
19 December 2025
ހުޅުމާލޭގައި އެބަޖެހޭ މުއިއްޒުގެ ސަރުކާރުން 4 ކޮޓަރީގެ 1 ލައްކަ އެޕާރޓްމެންޓްސް ހިމެނޭ ސްކެއަރ ބިލްޑިންގްސް ތަކެއް އަޅަން އަޅާނީ އެމްއޭސީއެލްގެ ސީޕްލޭން ޓާރމިނަލް ހުރިގޮތަށް އިމާރާތުގެ މެދު އެއީ ބިލްޑިންގް ސާރވިސެސް އަދި ލިފްޓް ސާރވިސް ދޭ ގޮތަށް މިކަން ކުރަން ޗައިނާ ސަރުކާރުގައި މުއިއްޒު އެދިއްޖެނަމަ ހިފެހެއްޓުމެއް ނެތި ލޯންދޭނެއޭ މިކަމަށް މިކަމަށް ހިއްކާނީ ހުޅުމާލޭ އިރުން އޮތް ބޮޑު ފަޅު އެއީ މުއިއްޒުވެރިކަމުގެ ނިޝާން ކަމަށް ހަދާނީއޭ މިކަން
ދަލޭކަ ދައިތަ
19 December 2025
ހަގީގަތުގައި ފަހި ފުލެޓަކަސް ހިޔާފުލެޓަކަސް ހުޅުމާލެއިން ގޯތިކަމުގައި ވިޔަސް އެންމެން އެންހަމަޔަކުން ހިލޭ ދިނުން ނުވަތަ މިލްކް ކުރެވޭތަނަކަށް ދަށްކަމުންދާ ފީ އެންމެންނަށް އެއްވަރަކުން ދިނުމަކީ އަދުލުވެރި ގޮތެއްނޫން. ތަނަވަސް މީހުންނާ އަމިއްލަ އެޕާރޓްމެންޓް ގަނެގެންއުޅޭ މުސްސަނދިމީހުންނަށްވެސް މި ލިބިގެންދަނީ އެއްހަމަޔަކުން. ލޯނުނަގައިގެން އެނުދެއްކިގެން އަނެއްލޯނުނަގަންޖެހޭ ގައުމުތަށް އަމިއްލަފައިމަށްޗަށް ތެދުވާން އުޅުމަށްވުރެން ވޯޓު ބޭނުންވަނީ.
ރަތަފަ
19 December 2025
ރާއްޖެތެރޭމީހުންނާ ބައްދަލުކުރާއިރު ހާދަފޯރިއެއްހުންނާނޭ. ރައީސްފަކީރަށް ހިފާއްޓާލެވޭބާ؟
ލާރިލާރި
19 December 2025
އަނެއްކާ ކުލިކުޑަކޮއްފައި އަހަރު ދަންމާލިބާ ދެން ކުރިން 25000 އެޑްވާންސް ދެއްކި މީހުންގެ އެޑްވާންސް ފައިސާ ކޮޅު ހުދު ކާފޫރައްވީބާ ދެން އެޔައްވާނެގޮތެއް ސާފެއްނުވޭ